ފިނިޕޭޖް

މައުރީން، ބައްސާމްއާ ކައިވެނިކޮށްފި

މަޝްހޫރު ޓީވީ ޕްރެޒެންޓަރު އައިމިނަތު މައުރީން އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ކައިވެނިކޮށްފި އެވެ.

ޖުމެއިރާ ވިއްޓަވެލި ރިސޯޓުގައި މިރޭ ވަނީ ދެ މީހުންގެ ކައިވެނީގެ ރިސެޕްޝަން ބާއްވާފަ އެވެ.

މިއީ މައުރީންގެ އަލަތު ކައިވެންޏެވެ. ބައްސާމް މީގެ ކުރިން ކައިވެންޏެއް ކޮށްފައިވެ އެވެ. އަދި އޭނާގެ ދެ ދަރިން ވެސް ތިބެ އެވެ.

ޕްރެޒެންޓަރެއްގެ ގޮތުގައި މައުރީން މަޝްހޫރުވެގެންދިޔައީ 2016 ވަނަ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ހޮސްޓުކޮށްދިނުމަށްފަހު އެވެ.