(2 އޮގަސްޓް 2018 އާ ގުޅޭ)
"ޔޫ އާ ކްރޭޒީ" އަރްސަލް ހިނިތުންވެލަމުން ޖީބުން ނެގި ޕެކެޓު ބޮނޑި ދައްކާލުމުން ނިމްރާ ބުނެލިއެވެ.
"އައި ނޯ... ރައިޓް ނައު... އައި އޭމް ކްރޭޒީ ފޯ ޔޫ" އަރްސަލް ކުރިއަށް ޖެހިލައި ނިމްރާއަށް އަތްދިއްކޮށްލިއެވެ.
ނިމްރާގެ ކުރިމަތީ ހުރި އަރްސަލްއަކީ މުޅިން ތަފާތު މީހެއް ފަދައެވެ. ދައްކަމުން ދިޔަ ވާހަކަތަކާއި އަޑުގައި ހުރި މަސްތުކަމުގެ އިތުރުން އަރްސަލްގެ ލަސް ބީހުންތަކުން ނިމްރާއަށް އިޖާބަ ނުދީ ހުންނަން ވޭނަކަށްވިއެވެ. ނިމްރާ ނޫނެކޭ ބުންޏަސް އެ އަޑު އަރްސަލްއަށް ނީވޭ ކަހަލައެވެ. އަރްސަލް ތަކުރާރުކޮށް އެދެމުންދިޔައީ އޭނާ ނުހުއްޓުވުމަށެވެ.
"ބޭބީ ޕްލީޒް ޓްރަސްޓް މީ... އައި ވޯންޓް ހާޓް ޔޫ" ނިމްރާގެ ކަރުދޮށުގައި ބޮސްދެމުންދިޔަ އަރްސަލް ބުނެލިއެވެ.
"އަހަރެން ވާހަކައެއް ބުނަން ބޭނުން... ޔޫ ހޭވް ޓު ނޯ" ހާމެވެފައި އޮތް އަރްސަލްގެ މޭގައި އަތްނުލާންވެގެން އޭނާގެ ދެއަތުގައި އަތްއަޅައި ދުރަށްލާން ނިމްރާ މަސައްކަތްކުރިއެވެ.
"ނުބުންޏަސް އަހަންނަށް އެނގޭ... އަހަރެން ކުރިން ވެސް ބުނީމެއްނު އަހަރެން ޖަޖްއެއްނުކުރާނަމޭ، މިހާރު ތީ އަހަރެންގެ މިލްކެއް" ނިމްރާއާ ދުރަށް އެންމެ ފިޔަވަޅެއް ވެސް ޖެހިނުލާ ހުރެ އަރްސަލް ބުނެލިއެވެ. ނިމްރާ ބުނަން އުޅުނު ވާހަކައާއި އަރްސަލް މާނަ ކުރި ގޮތާއި މުޅިން ތަފާތެވެ. އޭނާ މާނަކުރި ގޮތް އެނގުމުން ނިމްރާއަށް ލަދުވެތިކަން އިޙްސާސްކުރެވުނެވެ.
"އިޓް ވޯޒް އަ މިސްޓޭކް... އެކަހަލަ ދެވަނަ މިސްޓޭކެއް ހަދަންވީތަ؟" ނިމްރާ އަހާލިއެވެ. އެހިނދު ނިމްރާގެ ކޯތާފަތުގައި ދެއަތުން ހިފަހައްޓާލައި އެ ދެލޮލަށް މަޢުނަވީ ބެލުމަކުން އަރްސަލް ބަލާލިއެވެ. އަދި އެއްއަތް މޫނުން ދުރުކޮށްލުމާއެކު ނިމްރާގެ އުނަގަނޑުގައި ހިފައި އިހުނަށްވުރެ ގާތްކޮށް ގައިގާ ޖައްސާ ބާރުކޮށްލިއެވެ.
"މީ މިސްޓޭކެއްނޫނޭ... އަދިވެސް އަހަންނަށް އިތުބާރެއްނުކުރަންތަ ސްކާލެޓް، ދުވަހަކުވެސް ރިގްރެޓްވިޔަކަ ނުދޭނަން، އައި ނޯ ޔޫ ވޯންޓް މީ ޓޫ، ސްޓޮޕް ފައިޓިންގް ސްކާލެޓް، ލެޓް ގޯ... އައި ވިލް މޭކް ޔޫ ހެޕީ" އަރްސަލް ބުނެލިއެވެ.
"އަހަރެން ބުނަން އުޅޭ އެއްޗެއް ވެސް އަޑު އަހާލަބަލަ" ނިމްރާ އަނެއްކާ ވެސް އެދުނެވެ. އަރްސަލް ބޭނުންނުވެ ހުރެ ވެސް ބޯޖަހާލިއެވެ.
"ދުރަކަށްނުދެވޭނެ، އަހަރެންގެ އަތުގެތެރޭ ހުރެ ބުނަން ބޭނުންވާ އެއްޗެއް ބުނޭ" ނިމްރާ ދުރަށްދާން އުޅުމުން އަރްސަލް ބުނެލިއެވެ.
"އެއްޗެއް ދައްކަންވެގެން މިއުޅެނީ" ނިމްރާ ބުނެލިއެވެ.
"އޯ!... ދެން ޝޯ މީ... އައި ވޯންޓު ސީ އެވްރިތިންގް" އެއްލޯ މަރާލަމުން ހިނިއައިސްފައި އަރްސަލް ބުނެލިއެވެ. އެހެންވިޔަސް ނިމްރާގެ ފަރާތުން ހިނިތުންވުމެއް ފާޅެއްނުވިއެވެ. އަރްސަލް އޭނާގެ ގައިން ދޫކޮށްލުމުން ނިމްރާ އައިސް ވަނީ ހެދުންތައް ހުންނަ ބަޔަށެވެ.
ތެމިފޯވެފައި ހުރި އަރްސަލް ލައިގެން ހުރި ގަމީސް ގަޔާ ވަކޮށްލަމުން ފާޚާނާއަށް ވަނެވެ. އުނުގައި އޮޅާލި ހުދު ތުވާލީގައި އޭނާ ކޮޓަރިއަށް ނިކުތްއިރު ނިމްރާ ހުރީ ކޮޓަރީގެ މެދުގައި ކަހަލަ ގޮތަކަށް ހުއްޓިލައިގެންނެވެ. އަރްސަލް ފެނުމުން ނިމްރާއަށް ހުއްޓުމެއް އައިކަން އޭނާ ދެނެހުއްޓެވެ. އެހެންވެ ނިމްރާގެ ގާތަށް އައީ އަރްސަލްއެވެ.
"ކޯޗެއް ދައްކަންތަ އުޅުނީ" އެއްއަތުން އަނެއްއަތުގެ މުށުގައި ހިފަހައްޓާލައިގެން ނިމްރާ ހުރުމުން އަރްސަލް އަހާލިއެވެ. އެއާއެކު އަރްސަލްގެ ކަނާތުގައި ހިފައި އުފުލައިލާފައި އެ އަތުގެ ތެރެއަށް ނިމްރާގެ މުށުތެރޭ އޮތް ފަށް ލައިދިނެވެ.
"މީ ކޯޗެއްކަން އަރްސަލްއަށް އެނގޭނެ، އަރްސަލް ބުނީމެއްނު ދުވަހަކުވެސް ހަނދާންނައްތާ ނުލައްޗޭ، އެރޭ ހިނގި އެކްސިޑެންޓުގައި އަހަރެންގެ އަތުގައި އޮތީ، ހޮސްޕިޓަލުން އަހަރެންގެ އެއްޗެހި ދިންއިރު މި ވެސް ލިބުނީ... މިހާ ދުވަހު އަތުގައި ބޭއްވީ އެ އެކްސިޑެންޓްގެ މަތިން އޮޅިގެން ވެސް ހަނދާންނެތުނަ ނުދޭންވެގެން... އަރްސަލް!... ދެން ބުނެބަލަ!... އަދިވެސް އަހަރެން ބޭނުންތަ؟ އައި އޭމް ސްޓިލް ދި ސޭމް ޕާސަން، އަހަރެންގެ ސަބަބުން ހުރިހާކަމެއް ހިނގީ، އަރްސަލްގެ މުޅި ދިރިއުޅުން ހަލާކުވީ" އަރްސަލްއާ މެދު ހިތުގައިވި ޖަޒުބާތުތައް ފޮރުވާލަމުން ނިމްރާ ވާހަކަދެއްކިއެވެ. ލޫންގެ ފަށް އަތުގައި އޮތްކަން އަރްސަލްއަށް އަންގަންވީ ވަގުތު ޖެހިއްޖެކަމުގައި ނިމްރާ ނިންމީ ފަހުން އެކަން އެނގުމަށްވުރެ އެ ދެމެދުގައި ގާތް ގުޅުމެއް ހިނގުމުގެ ކުރީން ހުރިހާ ކަމެއް އަރްސަލްއަށް އޮޅުން ފިލުވައިދޭން ބޭނުންވާތީއެވެ.
އަތުގައި އޮތް ފަށަށް ބަލަން ހުރި އަރްސަލްގެ ނިތަށް ރޫގިނަވެލިއެވެ. މަޑުމަޑުން ނިމްރާއާ ދުރަށް ޖެހިލައި މުށްކަވާލި އަތްތިލަ އަނެއްކާ ވެސް ހުޅުވައި ބަލާލިއެވެ. ލޫން ވަކިވެގެން ދިއުމުން އޭނާގެ އަތުގައި މިހާރު އެ އޮތް ފަށް ހޯދި ހަނދާން އާވިއެވެ. ހަމައެއާއެކު ނިމްރާއާ ދިމާއަށް ކިޔިފައި ހުރި އެއްޗެހީގެ ހަނދާން އާވިއެވެ. ހާސްވެ ކަންބޮޑުވެފައި ހުރި މީހަކު ފަދައިން ހުއްޓިލައިގެން ހުރި ނިމްރާއަށް އަރްސަލް އެނބުރި ބަލާލިއެވެ. ދެން ފެނުނީ އޭނާގެ ދެއަތުގެ ތެރޭ ފަށް ބުރިބުރިކޮށްލި ތަނެވެ. ހައިރާންކަމާއެކު ނިމްރާއަށް އަރްސަލްއަށް ބަލާލެވުނެވެ. އޭރު އަރްސަލް ވެސް ހުރީ ނިމްރާއަށް ނަޒަރު ހުއްޓާލައިގެންނެވެ.
"އައި ވޯންޓް ޔޫ... އެންޑް ޔޫ އާ މައިން، ދެން އިތުރަށް އެއްވެސް އެއްޗެކޭ ބުނެގެން ނުވާނެ" ބުރިބުރިވެގެން ދިޔަ ބައިތަކުން އަތުގައި ބާކީ އޮތް ފަށުގެ ބައިތައް ވެސް ފައިދަށުގައި އޮތް ހުދުކުލައިގެ މަޑުމަޑު ރަގުގެ މައްޗަށް އަރްސަލް އަޅާލިއެވެ. އަދި ކުރިއަށް ދެ ފިޔަވަޅު އަޅާލައި ނިމްރާގެ އަތުގައި ހިފައި ދާމަލަމުން ގެނެސް އެ އަތުގެ ތެރެއަށް ލައިފިއެވެ.
"އަ..ރް..ސަ..ލް" ނޭވާ ހުއްޓުމަކަށް އައި ފަދަ ގޮތަކަށް ނިމްރާއަށް ވައިއަޑުން އަރްސަލްއަށް ގޮވާލެވުނެވެ.
އަރްސަލްގެ އިޙްސާސްތައް ހާމަކުރުމުގައި ލަފުޒުތަކެއް ޚިޔާރުނުކުރާތީ އޭނާގެ ހިތާއި ސިކުނޑީގައިވާ އެއްޗެއް ދެނެގަތުން ނިމްރާއަށް އުނދަގޫވިއެވެ. އަރްސަލް އޭނާ ދައްކާ ވާހަކައެއް އަޑު ނާހާނޭކަން ނިމްރާއަށް އެނގުނެވެ. އެހެންވިޔަސް އަރްސަލްގެ ފަރާތުން ގަދަބާރު ބޭނުންކުރުމުގެ ކުޑަވެސް އަސަރެއް ނުފެނެއެވެ. އޭގެ ބަދަލުގައި އޭނާގެ ބީހުންތަކަށް ނިމްރާއަށް މަރުޚަބާ ކިޔުނެވެ. ހޭލަމުން އައި ހަށިގަނޑާއެކު އަރްސަލްގެ ބާރުގެ ދަށަށް އަމިއްލަ ހިތް ވެސް ނިމްރާއަށް ދޫކޮށްލެވިއްޖެއެވެ. އަރްސަލްގެ ހަރަކާތްތަކުގައި އަވަސްއަރުވާލުމެއްނެތެވެ. ކޮންމެ ހިނދުކޮޅެއްގެ އުފާ އޭނާ ހާޞިލުކުރަން ބޭނުންވެފައި ހުރި ފަދައެވެ. ނިމްރާގެ އުނަގަނޑުގައި ހިފައި އަރްސަލް އޭނާ އުރާލިއެވެ. ނިމްރާގެ ދެއަތް އަރްސަލްގެ ކަނދުރާގައި އަޅުވާލެވުމާއެކު އޭނާގެ އުނަގަނޑުގައި ދެފައި ވަށާލެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. ނިމްރާ ވެއްޓިދާނޭތީ އުޅުނު ގޮތުން އަރްސަލްގެ ގާތަށް ހިނިއައެވެ. މަޑުމަޑުން ނިމްރާ ގޮވައިގެން އަރްސަލް އައިސް އެނދު ކައިރީ މަޑުކޮށްލިއެވެ. އަދި މަޑުތަންމަތީގައި ނިމްރާއާއެކު އޮށޯވެއްޖެއެވެ.
ލޯ މަރާލައިގެން އޮވެފައި ނިމްރާ ލޯ ހުޅުވާލިއެވެ. އުނަގަނޑު މަތީ އޮތް އަރްސަލްގެ އަތް ހިއްލާލުމާއެކު އަތްދަށުން ނިމްރާ ދުރަށް ޖެހިލިއެވެ. އަދި އަރިއަކަށް އެނބުރިލުމާއެކު ނިދިފައި އޮތް އަރްސަލްއަށް ނިމްރާ ބަލާލިއެވެ.
"އައި ލަވް ޔޫ... އައި ރިއަލީ ލަވް ޔޫ" ނިމްރާ ސިއްރުން ބުނެލިއެވެ. އިރުކޮޅަކު އަރްސަލްގެ މޫނަށް ބަލަން ނިމްރާ އޮތެވެ. އަރްސަލްގެ ހޭވިފައި އޮތް އިސްތަށިގަނޑު ނިތްކުރިމަތިން ރީތިކޮށްލަން ނިމްރާ ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާގެ ކުޑަކުޑަ ބީހުމަކުން ވެސް އަރްސަލް ހޭލަފާނޭތީ ހަރަކާތެއްކޮށްނުލާން އޮތީއެވެ.
"އުޑާއި ބިމާހާ ދެ މީހުން ތަފާތު... ހުރިހާ ގޮތަކުން ވެސް، އަރްސަލް ނުބުންޏަސް އަހަރެންނަށް ޤަބޫލުކުރެވިއްޖެ... އަހަންނަކީ އަރްސަލްގެ މިލްކެއް، ދެން ދުވަހަކުވެސް އެހެން މީހެއްގެ ހައްޤަކަށްނުވެވޭނެ، ދުވަހަކުވެސް އެހެން މީހަކަށް މިހިތުން ފުރުޞަތެއްނެތް، ހުރިހާ އެއްޗެއް އަރްސަލް މިލްކުކޮށްފީމު، މިޢުވާނުދެކެ އަހަންނަށް ވެވުނީ ލޯތްބެއްނޫންކަން އިޙްސާސް ކުރެވުނީ އަދިކިރިޔާ... އޭނާގެ ބީހުމުގައި ވެސް ލޯބިވެތި އަސަރެއްނެތް، ހަޤީޤީ ލޯތްބެއް މިވެވުނީ އަދިކިރިޔާ، އަރްސަލްނޫން އެއްވެސް އިންސާނަކު އަހަރެންގެ ދިރިއުޅުމަށް އަންނާކަށް ފުރުޞަތެއްނެތް، ދުލުން ނުބުންޏަސް އަރްސަލްއަށް ޚާއްޞަކަން އެނގިއްޖެ، އެކަން އިޙްސާސްކޮށްދީފި، އިތުބާރުކުރަން... މުޅި އުމުރަށް ވެސް އިތުބާރުކުރާނަން، އައި ލަވް ޔޫ އަރްސަލް، ތީ ޑެވިލްއަށް ވިޔަސް ވަރިހަމަ، އަރްސަލްގެ ހުރިހާ ކަމަކަށް ރުހެވިއްޖެ، ހިތުގެ އަޑިން ރުހެވިއްޖެ... އަހަރެން ވެސް ބޭނުންވަނީ ތީ ހަމައެކަނި އަހަރެންގެ މިލްކަކަށްވާން، އަރްސަލް! ތިހާ ގާތްކޮށް ހުރިހާ ކަމެއްކޮށްދީފައި އަހަރެން ރޮއްވާނުލައްޗޭ، އަހަންނާ ދުރަށް ނުދައްޗޭ" ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ހިނިތުންވުމެއް ނިމްރާގެ ތުންފަތުގައިވިއެވެ.
ރަޖާގަނޑު ހިއްލާލައި ނިމްރާ އެނދުން ފޭބިއެވެ. ފާޚާނާއަށް ވަދެ ދޮރުލައްޕާލައިފައި އަތްދޮންނަ ތަށި ކައިރީ ހުއްޓިލިއެވެ. ކުރިމަތީ ހުރި ބޮޑު ލޯގަނޑުން ހަށިގަނޑު ފެނުނު ހިނދު ރޭގައި ހިނގައިދިޔަ ހުރިހާ ކަމެއް ލޮލަށް ސިފަވެގެން ދިޔަކަހަލައެވެ. ހިނިތުންވެލުމާއެކު މޫނުގައި ނިމްރާއަށް ދެއަތް އަޅައި ދެފަރާތަށް ބޯހޫރާލެވުނެވެ. އެއްއަތުގެ ދެއިނގިލި ދުރުކޮށްލާ ސިއްރުން ލޯގަނޑަށް އަނެއްކާ ވެސް ނިމްރާ ބަލާލިއެވެ. ތިރީތުންފަތުގައި ބާރަށް ދައިގަނެވުނީ ލަދުންނެވެ. އިރުކޮޅަކު ހުރެފައި މަޑުމަޑުން ދެއަތް ތިރިކޮށްލީ ދެނެވެ. އަމިއްލަ ހަށިގަނޑަށް ނިމްރާ ބަލަންފެށިއެވެ. ވަރުބަލިކަން އިޙްސާސް ކުރެވުނަސް ރޭގައި ހިނގި ހުރިހާ ކަމެއްގެ ސަބަބުން އެ ދެ ލޮލަށް ނިދި ނައީއެވެ. ހުރިހާކަމެއް ހިނގައިދިއުމަށްފަހު އަރްސަލް ކަންތައް ކުރާނޭ ގޮތަކާމެދު ނިމްރާއަށް ވިސްނެނީއެވެ. އަރްސަލް ހޭލުމުގެ ކުރީން އޭނާ ނުފެންނަ ހިސާބަކަށްދާން ނިމްރާ ވިސްނީ އެހެންވެއެވެ.
* * * * *
އެނދުގައި ފެތުރިލަމުން އަރްސަލް ގަޔާކައިރިއަށް އަތްދަމާލިއެވެ. ތުންފަތުގައިވީ ހިނިތުންވުމެކެވެ. އެހެންނަމަވެސް އަތުގެތެރޭ މާމަޑު އެއްޗެއް އޮތުމުން އޭނާ ލޯ ހުޅުވާލިއެވެ.
"ސްކާލެޓް" އަތުގެތެރޭ އޮތް ބާލީހަށް ބަލާލާފައި އަރްސަލް ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. މީހެއްގެ ހިލަމެއްނުވުމުން ފުންމައިގެން އޭނާ ތެދުވިއެވެ. އެނދުކައިރިއަށް ވައްޓާލާފައި އޮތް ތުވާލި ނަގައި އުނުގައި އޮޅާލިއެވެ. އަދި އައިސް ވޯކިންވޯޑްރޮބްގެ ތެރެއަށް ބޯދިއްކޮށްލިއެވެ. އެތަނުން ނިމްރާ ނުފެނުމުން ދެން އައިސް ފާޚާނާ ބެލިއެވެ.
"ވަޓް ދަ... އަހަރެން ހޭލުމުގެ ކުރީން ދިޔައީތަ؟ ވަންނައިޓް ސްޓޭންޑެއްތަ؟... ރިއަލީ ސްކާލެޓް! ޔޫ މޭކް މީ އަ ވަންނައިޓް ސްޓޭންޑް... މެސެޖެއްހާ ހިސާބު ވެސް ނެތޭ" އެނދުގައި ނޯޓުކޮޅެއް ބާއްވާފައި އޮވެދާނޭ ހީވެ އަރްސަލް އެނދުމަތި ބެލިއެވެ. ނިމްރާ އޭނާއާ ކުރިމަތިނުލާން ދިޔައީކަން އަރްސަލްއަށް ޔަގީންވިއެވެ. ލާނެތް ގޮތަކަށް އަރްސަލް ހީނލިއެވެ.
"އައި ވިލް މޭކް ޔޫ ޕޭ، އިޓްސް ނޮޓް އޯވާ، އެންމެ ރެއަކުން ހުރިހާކަމެއް ނިމުމަކަށް އަންނާނެކަމަށްތަ ހީކުރީ، އަހަރެން ބޭނުމީ އެންމެ ރެއެއްގެ އުފަލެއްނޫން، އަހަރެންގެ މަތިން ދުވަހަކުވެސް ހަނދާންނުނެތޭވަރު ކުރާނަން، އަހަރެންނޫން މީހަކާމެދު ސްކާލެޓް ޚިޔާލުކުރިޔަ ވެސް ނުދޭނަން، ތިހާ ފަސޭހައިން އަހަރެންގެ ކިބައިން ސަލާމަތްވެދާނޭ ހީނުކުރޭ" އަރްސަލް ހިތާ ހިތުން ބުނެލިއެވެ. އެނދުގެ އަރިމަތީ މޭޒުގައި ބާއްވާފައި އޮތް ފޯނު ނަގަންވެގެން އައި އަރްސަލްއަށް ތަޅުންމަތީގައި އޮތް ރޭގައި ބުރިބުރިކޮށްލި ލޫންގެ ފަށުގެ ބައިތަކުން އެތިކޮޅެއް ލޮލުގައި އަޅައިގަތެވެ. ފޯނު ނަގައި އެނދުގެ އަރިމަތީ އަރްސަލް އިށީނދެ އަނެއްކާ ވެސް އެ ފަށުގެ އެތިކޮޅަށް ބަލާލިއެވެ.
"އައި އޭމް ސޮރީ ލޫން، އަހަންނަށް ނިމްރާ ދޫކޮށެއްނުލެވޭނެ، އޭނާއާ ދުރަކުވެސް ނުހުރެވޭނެ، އަހަރެންގެ ހިތް މިހާރު އޮތް ގޮތް އެނގޭނެ، އެ އަންހެންކުއްޖާ އަހަރެން ބޭނުން، ހުރިހާ ގޮތަކުން، ދުވަހަކުވެސް މީހަކަށް ބޭނުންނުވާވަރަށް އަހަރެން އޭނާއަށް ބޭނުންވޭ، އަހަންނަށް މަޢާފުކުރޭ މިވަގުތު އަހަންނަށް ލޫންގެ ހަނދާންތަކަށްވުރެ ނިމްރާއަށް އިސްކަންދެވޭތީ، އެ އަންހެންކުއްޖާ އަހަރެން ބަދަލުކޮށްލައިފި، މޮޔަކޮށްފި، އަހަރެމެން ދެ މީހުން ބައްދަލުކޮށްދިނީ ލޫން، އަހަންނާ ވަކިވެގެން ނުދިޔަނަމަ އަދިވެސް އަހަރެންވީހީ ލޫންގެ މީހަކަށް، އެކަމަކު މިހާރު އަހަރެން ނިމްރާނޫން އެއްވެސް އަންހެންކުއްޖަކު ބޭނުމެއްނޫން، މައި ފީލިންގްސް ފޯ ހާ... އިޓްސް ޓޫ ޑީޕް، އިޓް ވޯޒް ނޮޓް ސޭމް ވިތް ޔޫ، އައި އޭމް ސޮރީ ލޫން" އަރްސަލް މަޑުމަޑުން ވާހަކަދެއްކިއެވެ. އޭނާގެ ހަޔާތަށް މިހާތަނަށް އައި އެއްވެސް އަންހެންކުއްޖަކަށްވުރެ ނިމްރާ ޚާއްޞަވެއްޖެއެވެ. އިރުކޮޅަކު ވިސްނުމުގެ ތެރެއަށް ގެއްލިފައި އަރްސަލް އިނެވެ. އޭނާއަށް ސިހުން ގެނުވީ އަތުގައި އޮތް ފޯނެވެ.
"ކޮންތާކު؟ ހެނދުނު ނުނިކުމެގެން ކޮޓަރި ބެލިއިރު ކޮޓަރީގައި ވެސް ނެތް، ރޭގައި ފަހުން ގުޅީމަ ފޯނެއް ވެސް ނުނަގަމެންނު" އަރްސަލްއަށް އިވިގެންދިޔައީ ރާދިންގެ އަޑެވެ.
"ކާރު ތަޅުދަނޑި ގެނެސްދީބާ" އަރްސަލް ބުނެލިއެވެ.
"ދެންމެތަ ތި ހިއްލާލީ، ކޮންތާކަށް ގެންދަންވީ" ރާދިން އަހާލިއެވެ.
"ޕެންޓްހައުސްއަށް" އަރްސަލް އިތުރު އެއްޗެއް ބުނަން ޖެހިދާނެތީ އަވަހަށް ކޯލު ކަނޑާލިއެވެ.
ފާޚާނާއަށް އަރްސަލް ވަންއިރު ރޭގައި އޭނާ ލައިގެން ހުރި އެއްޗެހި ހުރީ މެޝިނަށް ދޮންނަން ލާފައެވެ. ތުވާލިކޮޅާއެކު ނިމްރާގެ ކޮޓަރިން ނުކުމެގެން ތިރީގައި ހުންނަ ގެސްޓްރޫމަށް އަރްސަލް ވަނެވެ. ރާދިން އަންނައިރު ނިމްރާގެ ކޮޓަރީގައި ހުންނަން ބޭނުންނުވާތީއެވެ. ކުރީން ދުވަހު އަރްސަލް ލައިގެން އުޅުނު ހެދުން އެ ކޮޓަރީގެ އަލަމާރީގައި ހުރިކަން ހަނދާންވީ ދެނެވެ. ރާދިން އަންނަންވާއިރަށް އެ އެއްޗެހި އަރްސަލް ލިއެވެ.
* * * * *
"ނިމް!... ހަތަރުވަނަ ކޮފީތީ... ތިވަރަށް ބޯންވާނެތަ" ނިމްރާގެ ހަރަކާތްތައް ތަފާތުހެން ހީވެފައި އިން އީވާ ބުނެލިއެވެ. އެހެން ދުވަސްދުވަހު ނިމްރާ އޮފީހަށް އަންނާނީ އީވާ އަންނަފަހުންނެވެ. އެކަމަކު މިއަދު އޭނާ އައިއިރު ނިމްރާ އިނީ ކެބިންގައެވެ.
"ޔޫ ލުކް ޓަޔާޑް، ބަލީތަ؟" އީވާ އަހާލިއެވެ.
"އައި އޭމް އޯކޭ" ނިމްރާ އަވަސްއަވަހަށް ބުނެލިއެވެ.
މެންދުރުވީފަހުން ނިމްރާގެ ފޯނަށް އަރްސަލް ގުޅިއެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވެގެންދިޔަ ނަމަވެސް އެ ކޯލަށް ނިމްރާ ޖަވާބެއް ނުދިނެވެ. ދެތިން ފަހަރު އަރްސަލް ގުޅިއެވެ. ދެން ވެސް ނިމްރާ ކޯލަށް ޖަވާބެއް ނުދީ ފޯނު ސައިލެންޓަށް ލީއެވެ. ގިނައިރެއްނުވެ ކެބިންގެ ދޮރުހުޅުވުމާއެކު އެ ދިމާއަށް ނިމްރާއާއި އީވާއަށް ބަލާލެވުނެވެ. ދޮރުމަތީ ހުރި އަރްސަލްގެ ނަޒަރު ހުރީ ސީދާ ނިމްރާއަށް ހުއްޓިފައެވެ. އެތެރެއަށް ވަދެ އަރްސަލް ދޮރުލައްޕާލިއެވެ. އޭނާއާ ނަޒަރު ސީދާކޮށްލަން ނުކެރިގެން ނިމްރާ އުޅުނުކަން އަރްސަލްއަށް ނަގައިގަނެވުނެވެ. އެތެރެއިން ހީނލެވުނެއްކަމަކު މޫނުމަތިން އަރްސަލް ފާޅުކުރީ ނުރުހިފައި ހުރިކަމުގެ އަސަރެވެ.
"ފޯނުކޮބާ" ހަރުކަށިކަމާއެކު އަރްސަލް އަހާލިއެވެ. އެއާއެކު ވަތްގަނޑަށް ލީ ފޯނު ނަގައި ނިމްރާ ދައްކާލިއެވެ.
"އަންނަ ކޯލުތަކަށް ޖަވާބު ނުދެވެންޏާ ކީއްކުރަން ގެންގުޅޭ ފޯނެއް" އަރްސަލްގެ އަޑުގައި ހުރި ނުރުހުމުގެ އަސަރުން ނިމްރާ ހައިރާންވިއެވެ. އެހާ ހަރުކަށިކަމާއެކު އަރްސަލް ވާހަކަދައްކާނޭކަމަށް ނިމްރާއަށް ހީނުކުރެވުނީއެވެ. އަދި އެވެސް އީވާގެ ކުރިމަތީގައެވެ.
"ސޮރީ... ސައިލެންޓްގަ އޮތީ" ނިމްރާ ބުނެލިއެވެ.
އީވާގެ ނަޒަރު ނިމްރާއާއި އަރްސަލްއަށް ހިންގާލިއެވެ. ކުޑައިރުކޮޅެއް ކުރީން ނިމްރާގެ ފޯނު ވައިބްރޭޓްވީ ކަމާއި އޭނާ ފޯނަށް ބަލަން އިންތަން އީވާ ދުށްޓެވެ. އަރްސަލްކަން އޭރު ނިމްރާއަށް އެ ގުޅީ އީވާއަށް އެނގުނީ ދެނެވެ. އެއާއެކު އޭނާ ހަނދާންވީ
ހަލަފް ދެއްކި ވާހަކަތަކެވެ. އަރްސަލްއާއި ނިމްރާއާ ދެމެދު ގުޅުމެއް އެބައޮތްކަން އީވާއަށް ވެސް މިހާރު ޔަގީންވެއްޖެއެވެ. އެހެންވިޔަސް އެކަން އެނގޭކަމަށް ނުހަދާ އޭނާ އިނީއެވެ.
"ކައިފިންތަ؟" ނިމްރާ އަނގައިން ނުބުނެ އިންނަން ފެށުމުން އަރްސަލް އެހިއެވެ.
"ނުކައި... އެއީ ހަތަރުވަނަ ކޮފީ" އީވާ އިނދެފައި ބުންޏެވެ. އެވަގުތު އީވާއަށް ބަލާލާފައި ނިމްރާ ލޯބޮޑުކޮށްލިއެވެ.
"އާދޭ އަހަންނާއެކު" އަރްސަލް ބުނެލިއެވެ. ތުންފިއްތާލައިފައި ނިމްރާ ގޮނޑިން ތެދުވިއެވެ. އަރްސަލްއާ އެއްވެސް ކަމަކު ދެކޮޅު ނުހެދޭނޭކަން ނިމްރާއަށް އެނގޭތީއެވެ.
"ޔޫ... ޑެވިލް... ކޮންމެކަމަކަށް އަމުރުތަ ކުރަންޖެހެނީ" އަރްސަލްއާ އަރާ ހަމަކޮށްލުމާއެކު ދަތްކުނޑިވިކައިލައިގެން ހުރެ ނިމްރާ ބުނެލިއެވެ. އަރްސަލް ބޯޖަހާލިއެވެ.
"އީވާ ގޮވައިގެންނު ދާނީ... އޭނާ ވެސް އަދި ލަންޗު ނުނަގާ" އަރްސަލްއާއެކު އެކަނިވާނޭ ފުރުޞަތެއްނުދޭން ނިމްރާ ބުނެލިއެވެ. އަރްސަލް ލޯ އަޅާލިއެއްކަމަކު ނިމްރާ އަވަސްއަވަހަށް އީވާއަށް ހަނާއަޅާލިއެވެ. އީވާ ނުދާނަމޭ ބުނީމާ ވެސް ނިމްރާ އައިސް އޭނާގެ އަތުގައި ހިފައިގެން ހިނގައިގަނެއްޖެއެވެ. (ނުނިމޭ)