ކާނާ

18 އަހަރުގައި ޔޫރަޕުގެ ދަތުރު ހިލޭ!

އުމުރުން 18 އަހަރުގެ ޒުވާނުންނަށް އެއްވެސް އަމިއްލަ ހަރަދަކާއި ނުލައި މުޅި ޔޫރަޕްގައި ދަތުކުރުރެވޭ ހާއްސަ ހަރަކާތެއް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ކުރިއަށް އެބަގެންދެ އެވެ.

މިއީ އީޔޫއިން ޔޫރަޕްގެ ގައުމުތައް އިޝްތިހާރުކުރުމަށް ފެށި ހާއްސަ ހަރަކާތެކެވެ. މި ހަރަކާތައް ދީފައިވާ ނަމަކީ "ޑިސްކަވާ އީޔޫ" އެވެ. މި ހަރަކާތުގެ ދަށުން އެއް މަސް ދުވަސް ވަންދެން ޔޫރަޕްގެ ކޮންމެވެސް ހަތަރު ގައުމަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިފަހަރު މި ފުރުސަތު 15،000 މީހަކަށް ދީފަ އެވެ.

މި ހަރަކާތުގައި ބައިވެރިވެވެނީ ހަމައެކަނި ޔޫރަޕްގެ ގައުމުތަކަށް ނިސްބަތްވާ 18 އަހަރުގެ ޒުވާނުންނަށެވެ. މި ފުރުސަތު ހޯދުމަށް އެމީހުނަށް ޖެހެނީ އޮންލައިންކޮށް ކުރިއަށް ގެންދާ ކުއިޒް މުބާރާތެއްގައި ބައިވެރިވާށެވެ. މި ކުއިޒްގައި ހުންނަނީ އީޔޫގެ ކަލްޗުރަލް ހެރިޓޭޖާއި އީޔޫގެ މަޖިލީހާއި ބެހޭ ތަފާތު ސުވާލުތަކެވެ.

މުސްތަގުބަލުގައި އީޔޫއިން ބޭނުންވަނީ މި ހަރަކާތް ކުރިއަށް ގެންދާ ކޮންމެ ފަހަރަކު 1.5 މިލިއަން 18 އަހަރުގެ ޒުވާނުންނަށް މި ފުރުސަތު ދިނުމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިއުމަށް 700 ޔޫރޯ ފަންޑުކުރާނެކަމަށް ބުނެފައިވެ އެވެ.