ހަބަރު

ރައްޔިތުންގެ ހާލު ބެއްލެވުމަށް އައިޝާ މާލޭގެ ގެތަކަށް

ރައްޔިތުންގެ ހާލު ބެއްލެވުމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ، އައިޝާ މާލޭގެ ބައެއް ގެތަކަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

މާލޭގެ ބައެއް ގެތަކަށް އައިޝާ މިއަދު ޒިޔާރަތް ކުރައްވާފައިރު، އެކަމަނާއާއެކު އިދިކޮޅުގެ ބައެއް އަންހެން ބޭފުޅުން ވެސް ބައިވެރިވެފައި ވެއެވެ. މިއީ އައިޝާ މާލޭގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ހާލު ބެއްލެވުމަށް ހިންގެވި ފުރަތަމަ ހަރަކާތެވެ.

އައިޝާ ވަނީ އިދިކޮޅު ކޯލިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫއާއެކު މިދިޔަ ހަފްތާގައި ބ. އަތޮޅަށް ވަޑައިގެން އެއަތޮޅުގެ ރައްޔިތުންނާވެސް ބައްދަލު ކުރައްވާފަ އެވެ. އިދިކޮޅު ކޯލިޝަންގެ އެންމެ ކުރީ ސަފުގައި އައިޝާ އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އައިޝާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގަ އެވެ. އޭނާ ވަނީ ޕާޓީގެ ކައުންސިލް މެންބަރު ކަމަށް ވާދަ ކުރައްވައި އެ މަގާމު ބޮޑު އަގުލަބިއްޔަތުން ކާމިޔާބު ކުރައްވާފަ އެވެ.