ވިޔަފާރި

އަމީނީމަގުގައި އިސްލާމިކް ބޭންކުން ދެ އޭޓީއެމް

Aug 6, 2018
1

މޯލްޑިވްސް އިސްލާމިކް ބޭންކުން އަމީނީ މަގުގައި ދެ އޭޓީއެމް ހުޅުވައި، ކަސްޓަމަރުންނާ އިތުރަށް ގާތަށް ޖެހިލައިފި އެވެ.

އަމީނީ މަގު (ކޮލެޖް ކައިރީ) ގައި މި އޭޓީއެމް ހުޅުއްވައި ދެއްވީ އެމްއައިބީގެ އެކްޓިން ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަހުމަދު ރިޒު އާއި ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ މުއާވިއަތު މުހައްމަދު އެވެ. މިއީ އެމްއައިބީއިން ހުޅުވި 12 ވަނަ އޭޓީއެމް އެވެ.

މި ރަސްމިއްޔާތުގައި އެމްއައިބީގެ ސީއީއޯ ރިޒާ ވިދާޅުވީ މި އޭޓީއެމް ހުޅުވާފައިވަނީ ކޮލެޖުތަކާއި އޮފީސްތަކާ ކައިރިތަނަކަށްވުމުން ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެމްއައިބީގެ މި އޭޓީއެމްގައި ފައިސާ ކާޑުން ދުވާލަކު 20،000ރ. ނެގޭނެ އެވެ.

އިސްލާމިކް ބޭންކުން ދަނީ މާލޭގެ ދެ ސަރަހައްދެއްގައި އޭޓީއެމް ހިދުމަތް ދެމުންނެވެ. އަދި ހުޅުމާލެ އާއި އައްޑޫ އަދި ގދ. ތިނަދޫ، ހދ. ކުޅުދުއްފުށްޓާއި ފުވައްމުލަކުގައި ވެސް އޭޓީއެމް ބަހައްޓާފައިވެ އެވެ.