ވާހަކަ

ބުނެދޭށޭރުހެމޭ

(5 އޯގަސްޓް 2018 އާ ގުޅޭ)

"އާ ޔޫ އިގްނޯރިން މީ" ނިމްރާއާއި އީވާގެ ފަހަތުން އައި އަރްސަލް އަމިއްލަ ހިތާ ވާހަކަދެއްކިއެވެ. އީވާއާއި ނިމްރާއާއެކު ރެސްޓޯރެންޓަށް ވަނުމުގެ ކުރީން ރާދިންއަށް އަރްސަލް ގުޅިއެވެ. ދެ އަންހެންކުދީން ގޮވައިގެން އެކަނި އިންނަން އަރްސަލް ބޭނުންނުވީއެވެ.

"އަރްސަލް ސަރ އައީ ހަމައެކަނި ނިމްއާ މީޓުކުރަން، ކީއްވެ ތި ދެމެދަށް އީވް ވެއްދީ" ރެސްޓޯރެންޓުން އެނބުރި އައިސް ކެބިންއަށް ވަދެވުމާއެކު އީވާ ބުންޏެވެ.

"ޑޯންޓް މައިންޑް އިޓް، އައި ހޭވް މައި ރީޒަންސް... އީވާ އެހިޔަސް އަހަންނަށް ޖަވާބު ނުދެވޭނެކަހަލަ ކަންކަން ހުންނާނެ" ގޮނޑީގައި އިށީނދެ ހަމަޖެހިލެވުމުން ނިމްރާ ބުނެލިއެވެ.

"އިޓްސް އޯކޭ... އެ ތިން ބްރަދާސް ހާދަ ތަފާތޭ ދޯ" އީވާ ކުޑަކޮށް ހިނިތުންވެލިއެވެ.

"ވާރޭ ނުވެހެންޏާ އަހަންނާއެކު ބޭރަށް ދެވިދާނެތަ؟ ކުޑަކޮށް ޝޮޕިންކޮށްލައި ކޮފީއެއް ބޯލަންކަމަށް" އީވާ ބުނި އެއްޗަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ނިމްރާގެ އަމިއްލަ އެދުން ފާޅުކުރިއެވެ.

"އައި ވުޑް ލަވް ޓު... ކޮންއިރަކު ދާނީ، ނިމް ހުންނަނީ މި ހޮޓެލްގަ ދޯ... ހަލަފް ބުނީމަ އެނގުނީ" އީވާ ނިކަން ގަޔާވެފައި ވާހަކަދެއްކިއެވެ.

"ޔޫ ޝުޑް ކަމް ޓު މައި ޕްލޭސް، އެކަނި އުޅެންވީމަ ވަރަށް ފޫހި... އޮފީސް ނިންމާފައި އީވާ ރެސްޓްކޮށްލަން ޓައިމް ބޭނުންވާނެ ދޯ، ފްރީވާނެ އިރެއް ބުނޭ، އޭރުން އަހަރެން ހިނގައިދާނަން އީވާމެންގޭ ކައިރިއަށް" ނިމްރާ ބުންޏެވެ. އޭނާ އިނީ ހޮޓެލުން ބޭރަށް ނުކުމެލަން ބޭނުންވެފަ އެވެ. އަރްސަލްއާ ދިމާނުވާނޭ ތަނަކަށް ދާން ބޭނުންވެފައެވެ. އަރްސަލް އޭނާއަށް އެއްވެސް ކަމަކާ ފިކުރު ހިންގާނޭ ފުރުޞަތެއް ނުދެއެވެ. އަނެއްކޮޅުން އޭނާއަށް ނޫނެކޭ ބުނާނޭ ފުރުޞަތެއް ވެސް ނިމްރާއަކަށް ނުދެއެވެ. ރޭގައި އޭނާއަށް ފެނުނީ މުޅިން ތަފާތު އަރްސަލްއެކެވެ. ނިމްރާއަށް ވެސް ނޭނގޭ އެތައް އިޙްސާސެއް އަރްސަލް ހޭލައްވާލައިފި އެވެ. ނިމްރާ ކަންބޮޑުވެ ޖެހިލުންވަނީ އަރްސަލް ބޭނުންވާގޮތް ވުމުން އޭނާ ބަދަލުވެދާނޭތީ އެވެ. ރޭގެ ހުރިހާ ކަމެއް ނިމްރާގެ ސިކުނޑީގައި ބިންވަޅުނެގިފައިވެއެވެ. އަރްސަލް ފެނުމުން ބުނެދޭންނޭނގޭ ގޮތްތަކެއްވަނީ އެހެންވެއެވެ. އޭނާއާ ކުރިމަތިލާން ނިމްރާ ބިރުގަންނަނީ ހިތާއި ހަށިގަނޑުގެ އެދުމަށް އަރްސަލްއާއެކު ރޭގައި ހިނގައިދިޔަ ހުރިހާކަމެއް ތަކުރާރުވެދާނޭތީއެވެ. ނިމްރާ ބޭނުންނުވިޔަސް އެކަން އެވަނީ ހިނގާފައެވެ.

"ނިމް! ކޮން ޚިޔާލެއްގަ؟... ވާހަކަ ދައްކާއިރު ވެސް ޖަވާބެއް ނުދެމެއްނު" އީވާ ވާހަކަ ދެއްކުމުން ވެސް ނިމްރާގެ ޖަވާބެއް ނައުމުން އޭނާ މޭޒުމަތީ ގަލަމުން ޖަހާލާފައި ގޮވާލިއެވެ.

"ނަތިންގް... ސޯ... ގަޑިއެއް ބުނެބަލަ" ސިކުނޑީގައި ފުނިޖެހިފައިވާ ޚިޔާލުތައް އެއްފަރާތްކޮށްލައި ނިމްރާ ބުނެލިއެވެ.

އޮފީސް ނިންމާފައި ރާދިންއާއެކު ގެއަށް ދިއުމުގެ ކުރީން އަރްސަލް އެދުނީ ނިމްރާ ގާތަށް ވަދެލުމަށެވެ. އެހެންވެ އަރްސަލްއާއެކު ރާދިން ވެސް އައެވެ. ނިމްރާ ފެންނަނީ މާ ބުރަކޮށްލައިގެން ބަދިގޭގައި އުޅޭތަނެވެ. އަރްސަލްއާއި ރާދިން ފެނުމުން ވެސް ކުރަން ހުރި މަސައްކަތް ހުއްޓައެއްނުލިއެވެ. އަރްސަލްއާ ނަޒަރު ސީދާކޮށްލާކަށް ނިމްރާއަކަށް ނުކެރުނެވެ. އެއީ ކީއްވެކަން ޚުދު އަރްސަލްއަށް އެނގޭތީ އޭނާ ހުރީ ލާނެތް ހިންޏެއް އައިސްފައެވެ.

"ޕެކްކުރަން އަހަންނަށް ހެލްޕްވާނަމޭ ބުނީމެއްނު... ހިނގާ އަހަރެމެންނާއެކު ގެއަށްދާން" އަރްސަލް ބޭނުންވީ އޭނާއާއެކު ނިމްރާ ގެންދާށެވެ.

"މިއަދަކު ނޫން، އިރުކޮޅަކުން ބޭރަށްދާން މިއުޅެނީ" ބޮޑު ބޯތަށްޓެއްގައި އެއްޗެއް ގިރަން ހުރެ ނިމްރާ ބުނެލިއެވެ.

"ކޮންތާކަށް؟ ކާކާއެއްކޮށް" އަރްސަލް ވަގުތުން ސުވާލުކުރިއެވެ.

"އީވާއާއެއްކޮށް... ގާލްސްއެކަނި ބޭރަށް ގޮސްލަންވެގެން" ނިމްރާ ބުނެލިއެވެ. ދޮގު ހަދައިގެން އަރްސަލްގެ ކައިރިން ސަލާމަތެއްނުވާނޭކަން ނިމްރާއަށް އެނގެއެވެ.

އަރްސަލް އިތުރު އެއްޗެއް ނުބުންޏަސް ނިމްރާ އަޅާލަން ބޭނުންނުވަނީކަން ޔަގީންވިއެވެ. އެކަމުގެ ސަބަބުން ވަކިން ނިމްރާގެ ސަމާލުކަން ހޯދަން އަރްސަލް ބޭނުންވިއެވެ. ނިމްރާއަށް ވަގުތުދޭން ވެސް އަރްސަލް ހިތަށް އެރިއެވެ. އެހެންކަންތައް ކުރަން ވިސްނާފައި ވެސް ހިތް އެގޮތާ ރުހޭ ގޮތެއްނުވިއެވެ. އެ ދެމެދަށް ކުޑަ ވެސް ދުރުކަމެއް އަތުވެއްޖެނަމަ ނިމްރާ ގެއްލިދާނޭކަމުގެ ބިރު މިހާރު އަރްސަލްގެ ހިތުގައި އޮވެއެވެ. ޚާއްޞަކޮށް ނިމްރާގެ ދިރިއުޅުމަށް މިޢުވާނު އަންނަން ބޭނުންވާހެން އަރްސަލްއަށް ހީވެފައި އޮތީމައެވެ.

"ގިނައިރު ބޭރުގައި ނޫޅެއްޗޭ" އަރްސަލް ބުނެލިއެވެ. ނިމްރާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

ރާދިންއާއެކު އަރްސަލް އެޕާޓްމެންޓުން ނިކުތްކަން އެނގުމުން ނިމްރާ ފުންނޭވާއެއް ދޫކޮށްލިއެވެ. ކައުންޓަރު މަތީ އޮތް ފޯނު ނަގައި ގަޑިން ވީއިރެއް ބަލާލާފައި އަވަނަށް ލީ ބްރައުނީސް ޓްރޭ ފިހެވެންދެން ސޯފާގައި މަޑުކޮށްލަން ސިޓިންރޫމަށް ނުކުތެވެ. އަރްސަލްއާ މެދު ނޫން އިތުރު ޚިޔާލެއް ނިމްރާއަކަށް ނުކުރެވުނެވެ.

އިޝާ ނަމާދުގެ ފަހުން އަންނަން އީވާ ބުނެފައި އޮތުމުން ނިމްރާ ތައްޔާރުވިއެވެ. ޓެކްސީއެއްގައި އީވާ އުޅޭ ގެއަށް ނިމްރާ އައެވެ. އަންނަމުން އޭނާ އެޅި ބްރައުނީސް ޓްރޭއިން ބައެއް އީވާއަށް ގެނެސްދިނެވެ. ބުރިބުރިއަށް ނަގާފައި ހުރި އިމާރާތުގެ ފަސްވަން ފަންގިފިލާގައި ހުރި އެޕާޓްމެންޓުގައި އީވާ އުޅެނީ އޭނާގެ މަންމައާއި ބައްޕަގެ އިތުރުން ފިރިހެންކޮއްކޮއާއެކުއެވެ.

"އިޒްވާމަންމަ މީ، ބައްޕަ އަދި ނާދޭ، ދެން މީ ޔާވިން، މައި ބްރަދާރ" އެންމެންނަށް ނިމްރާއަކީ ކާކުކަން އީވާ ތަޢާރަފުކޮއްދިނެވެ. އެ ކުޑަކުޑަ ޢާއިލާ ފެނިފައި ނިމްރާއަށް އޭނާގެ އަމިއްލަ ނަސީބާމެދު ޝަކުވާކޮށްލެވުނެވެ. އެފަދަ ޢާއިލާއެއް އޭނާ ވެސް ބޭނުމެވެ. އަރްސަލްއާއެކު އެފަދަ ޢާއިލާއެއް ލިބިދާނެތޯ އަމިއްލަ ހިތާ ސުވާލު ކޮށްލެވުނީ އެއްވެސް އިޙްތިޔާރެއްނެތިއެވެ. އަވަސްއަވަހަށް އަރްސަލްގެ ޚިޔާލާ ދުރުވެލަން ނިމްރާ މަސައްކަތްކުރިއެވެ.

އީވާއާއެކު ބާޒާރު ކޮށްލުމަށްފަހު ދެ އަންހެންކުދީން ރޭގަނޑުގެ ކެއުމަށް ރެސްޓޯރެންޓަކަށް އެރިއެވެ. މޭޒުދޮށުގައި ތިބެ ދެ އެކުވެރިން ފަދައިން ވާހަކަތައް ދެކެވުނެވެ. ދެ މީހުންގެ އަމިއްލަ ބައެއް ވާހަކަތައް ދެކެވުނެވެ. ޢާއިލާއާ ގުޅުވައިގެންނެވެ. ނިމްރާއަށް އަޅާލާނޭ އެކަކު ވެސް ނެތްއިރު އަރްސަލްއާއި ރާދިންގެ އެހީތެރިކަން ލިބެމުންދާކަން ނިމްރާ ހާމަކުރިއެވެ. އަދި ހަލަފްގެ އެކުވެރިކަން އޭނާ މާޔޫސްވިޔަ ނުދޭކަން ހާމަކުރިއެވެ. އީވާގެ ކުރިމަތީ ހަލަފްގެ ރަނގަޅު ސިފަތަކުގެ ވާހަކަތައް ނިމްރާ ދެއްކިއެވެ. އީވާ ވެސް އެ ވާހަކަތަކަށް ޝައުގުވެރިކަން ފާޅުކުރިއެވެ. ނިމްރާގެ ރަނގަޅު އެކުވެރިއަކަށް އީވާ ވާން ބޭނުންވާކަން އޭނާ ހާމަކުރިއެވެ. އަދި ނިމްރާ ކަމެއް ބޭނުންވެއްޖެނަމަ އޭނާ ގާތު ބުނަން ފަސްނުޖެހުމަށް އީވާ އެދުނެވެ. އޮފީހުގައި ނިމްރާއަކީ އޭނާގެ ބޮސްއަށް ވިޔަސް އޮފީސް ގަޑި ނިމުމުން އެ ދެމީހުންނަކީ ރަޙުމަތްތެރިންކަން ހަނދާންނައްތާނުލާނަން ކަމަށް ނިމްރާ ވެސް އެއްބަސްވިއެވެ.

އީވާއާއެކު ބޭރުގައި އުޅެފައި ނިމްރާ އެނބުރި ގެއަށް އައީ ޓެކްސީއެއްގައެވެ. އޭރު އޭނާ ހުރީ ވަރަށް ވަރުބަލިވެފައެވެ. ރަނގަޅަށް ނުނިދާ ހުރުމުން ހަށިގަނޑުގައި އެއްވެސް ވަރެއްނެތެވެ. އެޕާޓްމެންޓަށް ވަދެވުނު ގޮތަށް އަވަސްވެލީ ގައިދޮވެލައިގެން އެނދަށް އަރާށެވެ. އެއާއެކު އޭނާގެ ލޯ މެރުނީ ކިހިނެއްކަމެއް ވެސް ނުދެނަހުއްޓެވެ.

ނިދުނުގޮތަށް ނިމްރާއަށް ހޭވެރިކަމެއްވީ ހެނދުނުއެވެ. ސައިލެންޓަށްލާފައި އޮތް ފޯނަށް އަރްސަލްގެ މެސެޖުތައް އައިސްފައި ހުރިކަން ނިމްރާއަށް އެނގުނީ ހޭލާފައި ފޯނު ބަލާލުމުންނެވެ. އޭރު އަރްސަލް ގުޅާފައި ހުރި މިސްކޯލުތައް ވެސް ފެނުނެވެ. އަވަހަށް "ސޮރީ" ޖަހާލާފައި ނިމްރާ މެސެޖުފޮނުވާލިއެވެ. ވާރޭ ވެހޭކަން ނިމްރާއަށް އެނގުނީ އޮފީހަށްދާން އެޕާޓްމެންޓުން ނުކުތް ފަހުންނެވެ.

އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް އޮފީހުގެ މަސައްކަތުގައި ނިމްރާ އުޅުނެވެ. އެހެންނަމަވެސް އަރްސަލްގެ ޚަބަރެއްނުވިއެވެ. ނިމްރާ މަޢާފަށް އެދި ފޮނުވި މެސެޖަށް ޖަވާބެއް ނައުމުން އަރްސަލް އެ ހުރީ ހިތްހަމަނުޖެހިފައިކަމަށް ނިމްރާ ޤަބޫލުކުރިއެވެ. އޭނާ ފެންނަ ހިސާބަށް ވެސް އަރްސަލް ނާދެއެވެ. ނިމްރާ ދޭތެރެއަކުން ފޯނު ބަލާލައެވެ.

އޮފީސް ނިންމާފައި އެނބުރި އެޕާޓްމެންޓަށް ނިމްރާއައެވެ. އަރްސަލްއަށް ގުޅުމުން ވެސް ޚަބަރެއް ނުވިއެވެ. އިރުއޮއްސުނު ފަހުން ނިމްރާ ކޮޓަރިން ނުކުމެގެން އައިސް ސޯފާގައި ޖައްސާލީ ކުރާނޭ ކަމެއްނެތީމައެވެ. ފޯނު އަތަށް ލައިގެން ޓީވީ ބަލަން ނިމްރާ އޮތެވެ. އެހެންއޮއްވާ އެޕާޓްމެންޓުގެ ދޮރުގެ ލޮކްކޯޑު މީހަކު ޖެހިގެން އެނގުމުން ފުންމައިގެން ނިމްރާ ތެދުވިއެވެ. ސޯފާގެ ލެނގޭ ބައިގައި ދެއަތް އަޅުވާލައިގެން ދޮރާ ދިމާއަށް ބަލަން ނިމްރާ އިންދާ އެތެރެއަށް ވަންތަން ފެނުނީ އަރްސަލްއެވެ. ޖިމް ދަބަސް އަތުގައި އޮތެވެ. އެކަމަކު އޭނާ ލައިގެން ހުރީ ކަސްރަތުކުރަން ލާފަދަ ހެދުމެއްނޫނެވެ.

"ސޮރީ" ދޮރުލައްޕާލާފައި ނިމްރާއާ ދިމާއަށް އަރްސަލް އަންނަން ފެށުމުން ނިމްރާ ބުނެލިއެވެ.

"އައި އޭމް ސްޓޭއިން ޓުނައިޓް" އަރްސަލް ބުނެލިއެވެ. ސޯފާއަށް ދަބަސް އެއްލާފައި އައިސް ނިމްރާގެ ގާތުގައި އަރްސަލް އިށީނެވެ.

"ވަޓް!... މިތާތަ؟" ނިމްރާއަށް އަހާލެވުނެވެ.

"ދެން ކޮންތާކު... މިތާއެއްނު ހުންނާނީ " އަރްސަލް ބުނެލިއެވެ. ނިމްރާ އިސްޖަހާލުމާއެކު އިތުރު އެއްޗެއް ނުބުންޏެވެ.

"އައި މިސްޑް ޔޫ" ނިމްރާގެ އިސްތަށިގަނޑާ ކުޅެމުން އަރްސަލް ބުނެލިއެވެ. އަދި މަޑުމަޑުން ނިމްރާ ގެނެސް އަރްސަލްގެ އުނގަށް ލައިފިއެވެ.

"ވައި ޔޫ ޓްރީޓް މީ ލައިކް އަ ވަންނައިޓް ސްޓޭންޑް" އިރުކޮޅަކު ހިމޭނުން އިނދެފައި އަރްސަލް އަހާލިއެވެ.

"ކީއްވެ ތިހެން ތިބުނީ" ނިމްރާ އެހިއެވެ.

"އަހަންނަށް ހޭލެވެންދެން މަޑެއް ނުކުރަމެއްނު، އެޓްލީސްޓް އަހަންނަށް ގޮވާލާފައި ދިޔަނަމަ، މެސެޖެއްހާ ހިސާބު ވެސް ނުދިން... ސްކާލެޓް ހީކުރީ އަހަރެން ހަމައެކަނި ސްލީޕްކޮށްލަން ބޭނުންވެގެން އުޅެނީކަމައްތަ؟ އަހަންނަށް ޓްރަސްޓް ކުރާށޭ އަހަރެން ބުނީމެއްނު... ކީއްވެ މިހާރު ދެން އިގްނޯކުރަނީ، އަހަންނަށް ސްކާލެޓްގެ ހިތްހަމަޖައްސައި ނުދެވުނީތަ؟" އަރްސަލްގެ ވާހަކަ ނުނިމެނީސް ނިމްރާ ފުންމައިގެން ތެދުވިއެވެ.

"ނޯ! ނޯ!... އެހެންވެއެއްނޫނޭ..." ނިމްރާގެ ހަރަކާތްތައް ހުރި ގޮތުން އޭނާ އެ އުޅެނީ ލަދުންކަން އަރްސަލް ދެނެގަތެވެ.

"ލަދުގަތީމަވަކިން ލޯބި" ނިމްރާގެ އަތުގައި ހިފާ ދަމާލަމުން އޭނާ ގެނެސް އިހު އިންހެން އަރްސަލްގެ އުނގަށްލައިފިއެވެ.

"ވީ ޝުޑުންޓް ޑޫ ދިސް... ޕްލީޒް ޑޯންޓް" ނިމްރާއަށް އިޙްސާސް ކުރެވެމުންދިޔަ ހޫނުކަމުގައި އޭނާގެ ދެ ކޯތާފަތާއި ނޭފަތްކޮޅު ރަތްވަމުންދިޔައެވެ. ހީނލާފައި އަރްސަލް ސޯފާގެ ދިގަށް ނިމްރާ ވައްޓާލީއެވެ.

އަރްސަލްގެ ކެތްތެރިކަން ކޮޅުން ލުމާއެކު އަތްދަނޑިމައްޗަށް ނިމްރާ އުފުލާލައިގެން ކޮޓަރިއަށް އައެވެ. ނޫނެކޭ ބުނަމުން ދިޔަ ނިމްރާއަށް ވެސް އަރްސަލްގެ ބީހުންތަކުގެ ތެރެއަށް ނަފްސު ބެހިގެން ދިޔައީއެވެ. ހުއްޓުވަން ބޭނުންވެ ނުހުއްޓުވުނީއެވެ. ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންދިޔަ އަރްސަލްއަށް ފުރަގަސް ދެމުން ނިމްރާ އަނެއް ފަރާތަށް އެނބުރިލިއެވެ.

"ދުރަށް ނުދައްޗޭ... ސްޓޭ ވިތް މީ" ނިމްރާ ހިފަހައްޓަމުން އަރްސަލް ބުނެލިއެވެ. އޭނާއަށް ހީވީ ނިމްރާ އެނދުން ތެދުވެގެން ދާން އުޅުނީ ކަމަށެވެ.

އެރޭ ވަގުތުތައް ދިޔައީ އެފަދަ ގޮތަކަށެވެ. އަރްސަލް ވަރުބަލި ވެސް ނުވާ ފަދައެވެ. އެއްވެސް ކަމަކަށް ވިސްނުން ހިންގޭ ވަރަށްވުރެ ނިމްރާގެ ސިކުނޑިއަށްވަނީ މަސްތުކަން ވެރިވެފައެވެ. ދެވިހިފާ ފަދަ ޑްރަގެއް ދެ ޒުވާނުންނަށް ވެސް ބޭނުންކުރެވޭ ފަދައެވެ. ހަމަހޭވެރިކަން ހިނދުހިނދުކޮޅުން ގެއްލިދެއެވެ. ނިމްރާ ދުނިޔޭން މޮޔަވާވަރު ކުރަން އަރްސަލް އުޅޭ ކަހަލައެވެ.

ކަންނެތްކަމުގެ އިތުރުން ހަށިގަނޑުގައި މަޑު ތަދެއް ހުރިކަން ނިމްރާއަށް އިޙްސާސް ކުރެވުނީ ފަތިހު އެނދުން ތެދުވަން އުޅުމުންނެވެ. ސިއްރު ފިޔަވަޅުތަކެއް އަޅަމުން ނިމްރާ އައިސް ފާޚާނާއަށް ވަނެވެ.

"އައުޗް" ދެފައިފިއްތާލަމުން ނިމްރާ ބުނެލިއެވެ. އަދި ލޯގަނޑު ކުރިމަތީ ހުއްޓި ހޭވިފައި އޮތް އިސްތަށިގަނޑު ރީތިކޮށްލިއެވެ.

"ވަޓް ދަ... ޔޫ ޑެވިލް..." ހަށިގަނޑުގެ އެތަން މިތަނުގައި ރަތްވެފައި ހުރި ތަންތަންކޮޅު ފެނުމާއެކު ނިމްރާގެ ދެ ލޯ ބޮޑުވިއެވެ.

"އައި ވިލް ކިލް ޔޫ" ކަތުރުކަށިގަނޑު ކައިރިއާއި ކަރުދޮށުގައި އަތްހާކަމުން ނިމްރާ ބުނެލިއެވެ.

"ދެން ކިލް މީ" ފާޚާނާ ދޮރުހުޅުވާލައިގެން ހުރި އަރްސަލް ބުނެލިއެވެ. ނިމްރާ އެނބުރިލިއިރު އަރްސަލް ހުރީ ދަތްތައް ސޭލް އަޅުވައިގެން ހެވިފައެވެ.

"ރިއަލީ... ހިކީސް... ތީ ޓީނޭޖުކުއްޖެއްތަ މިކަހަލަ ކަންތައްކުރަން، ދެން ކިހިނެއް އޮފީހަށް ނުކުންނާނީ، ގަސްދުގަ ދޯ މިހެން ހެދީ" އަރްސަލް މޭގައި އަތް އަޅާ ކޮއްޕާލަމުން ނިމްރާ ބުންޏެވެ. އެއާއެކު އަރްސަލް ހީނގަތީއެވެ.

"ޕޭބެކް... މިއަދު ވެސް އަހަންނަށް ނޭނގި އަވަހަށް ތެދުވެގެން ދާކަންނު އުޅުނީ" އަރްސަލް ބުނެލިއެވެ. ނިމްރާ ދެފަރާތަށް ބޯހޫރުވާލިއެވެ.

"އައި ނޯ ޔޫ އާ އިން ޕެއިން، މިއަދު ރެސްޓްކޮށްލަންވީނު" އަރްސަލް ކުރިއަށް ޖެހިލައި ނިމްރާގެ އުނަގަނޑުގައި ހިފާ ގާތްކޮށްލަމުން ބުނެލިއެވެ.

"ޑެވިލް... ނައު ލީވް، އައި ހޭވް ޓު ޑޫ މައި ބިޒްނަސް" ލޯ އަޅާލަމުން ނިމްރާ ބުނެލިއެވެ. ހީނލާފައި އަރްސަލް ނުކުތުމުގެ ކުރީން ނިމްރާގެ ކޮލުގައި ބޮސްދިނެވެ.

ނިމްރާ ފާޚާނާއިން ނުކުމެގެން އަންނަންވާއިރަށް އަރްސަލް އޮތީ މިއަދު ނިމްރާ އޮފީހަށް ނުނިކުންނާނޭކަން އަންގާފައެވެ. ރާދިން ގާތުގައި ވެސް އަރްސަލް އޮފީހަށް ނުކުންނާނީ ތަންކޮޅެއް ލަހުންކަން މެސެޖުކުރިއެވެ. އެހެންވީމަ އޭނާއަށް މަޑުނުކޮށް އޮފީހަށްދާން އަރްސަލް ބުންޏެވެ.

އަރްސަލްގެ އަތުގެ ތެރޭގައި ވަރުބަލިކަމާއެކު ނިދިފައި އޮތް ނިމްރާގެ އަތުގެ ކަށި އިނގިލީގެ ސައިޒު އަރްސަލް ބެލިއެވެ. ނިމްރާއަށް ހޭލެވިދާނޭތީ އޭނާ އުޅުނީ ނިކަން މަޑުމަޑުންނެވެ. އަރްސަލްގެ ފޯނުގައި ނިމްރާގެ ކަށިހިނގިލީގެ ވަށަމިނުގެ ސައިޒު ނޯޓުކުރިއެވެ. އަދި އޭނާ ވަރަށް ފަހުން ފޯނަށް ސޭވްކޮށްފައި ހުރި އަނގޮއްޓިތަކެއްގެ ފޮޓޯތައް ބެލިއެވެ. އެކި ކެފުންތަކަށް ކަފާފައި ހުރި އަލިމަސް ތަކުގެތެރެއިން އަރްސަލްއަށް އެންމެ ކަމުދާ ފޮޓޯއަށް ލާފައި ނިމްރާގެ އަތާ ފޯނު ކައިރިކޮށްލިއެވެ.

"ޔެސް... ދިސް ވިލް ސޫޓް ޔޫ" އަރްސަލް ހިނިތުންވެލިއެވެ.

"ސޫން މައި ލަވް... މައި ލަވިންގް ސްކާލެޓް" އަރްސަލް ފޯނު އެއްފަރާތްކޮށްލާ ނިމްރާގެ ކަނދުރާގައި މޫނު ފޮރުވާލިއެވެ. އޭނާގެ ސިކުނޑީގައިވާ ރޭވުންތައް ހަޤީޤަތަކަށް ހެދުމަށް ޓަކައި އަރްސަލް އިތުރަށް މަޑުކުރާކަށް ގަސްދެއްނުކުރެއެވެ. ނިމްރާއާ ދުރުނުވެވޭނެހާ ގާތްވެވުމުން އަރްސަލް މިހާރު ބޭނުންވަނީ ހުރިހާ ގޮތަކުން އޭނާގެ މިލްކަކަށް ނިމްރާ ހަދާށެވެ. އެ ހުވަފެން ހަޤީޤަތަކަށް ހެދުމަށެވެ. އޭނާގެ އަނތްބަކަށް ނިމްރާ ހަދާށެވެ.

ނިމްރާއަށް ހޭލެވުނީ މެންދުރުވަނިކޮށެވެ. ފެންވަރާލައިގެން ކޮޓަރިން ނުކުތްއިރު ކޮންމެވެސް މީހަކު ބަދިގޭގައި އުޅޭ އަޑު އިވުނެވެ. ހަލުވިކޮށް އައިސް ނިމްރާ ބަދިގެއަށް ވަންއިރު ކޮފީޖޯޑެއް ހިފައިގެން ހުއްޓެވެ. ފެންނަލެއް ތާޒާކަމުން ހީވަނީ އޭނާ ވެސް ފެންވެރީ ދެންމެއަކުހެންނެވެ.

"މީ ކޮންފަދަކަމެއް؟" ސިންކަށް ލާފައި އޮތް ތަވަޔާއި ތަށިތަކަށް ބަލަން ހުރެ ނިމްރާ އަހާލިއެވެ.

"އެއްޗެއް ހަދަން އުޅުނީ... އިޓްސް ނޮޓް މައި ތިންގް، ނުވާނެ މަށަކަށް، އެހެންވެ ހުއްޓާލާފައި ކޮފީއެއް ހަދާލީ" ކޮފީޖޯޑު ހިފައިގެން ހުރެ އަރްސަލް ބުނެލިއެވެ. ނިމްރާ ކައިރިއަށް ހިނިއައެވެ.

"އަހަރެން ދާން އިނގޭ މިދަނީ، ވިލް ކޯލް ޔޫ... ކައިގެން ހުންނައްޗޭ" އަރްސަލް ބުނެލިއެވެ. އަރްސަލްގެ އަޑުގައި ހުރި އޯގާތެރިކަމާއި ގާތްކަން ނިމްރާއަށް ފާހަގަވިއެވެ. އަމިއްލަ ޖަޒުބާތުގައި ހިތުގައި ފޮރުވުމުގެ ބޭނުމެއް ދެން އޮތަކަމަކަށް ނިމްރާ ނުދެކުނެވެ. އޭނާ އައިސް އަރްސަލްގެ ގައިގާ ބައްދާލިއެވެ. ނިމްރާ އިސްވެ އެފަދަ ކަމެއްކުރި ފުރަތަމަފަހަރެވެ.

"ކިހިނެއްވީ... ނުދާންވީތަ" އަރްސަލް އަހާލިއެވެ. ނިމްރާ އިސްވެ އައުމުން އަރްސަލްގެ ތުންފަތުގައި ދުވެލީ މާނަފުން ހިނިތުންވުމެކެވެ.

"ވަގުތުވީމަ ގުޅައްޗޭ" ނިމްރާ ބުނެލިއެވެ.

"ގުޅާނަން އިނގޭ، ދަބަހުގަ އޮތް ޓީޝާޓާއި ސޯޓު ރެޑީ ކޮއްލަ ދީބަލަ" އަރްސަލް އެދުނެވެ.

އެޕާޓްމެންޓުން ނުކުތް ގޮތަށް އަރްސަލް މިސްރާބު ޖެހީ ސްޓޯންހާޓްއާ ދިމާއަށެވެ. އެތަނަށް ވަދެވުމާއެކު ކައުންޓަރުގައި އިން ކުއްޖާގެ ގާތުގައި ޝައުން ކޮބާތޯ އަހާލިއެވެ. އެއާއެކު މަޑުކޮށްލަން ބުނެފައި އޭނާ ފޯނުގެ އަތްގަނޑުނަގައި ގުޅާލިއެވެ. ގިނައިރެއްނުވެ ޒުވާނަކު އެތެރެއިން ނުކުތްތަން ފެނުނެވެ.

"ހޭ މޭން" ޝައުންއަށް އަރްސަލް ފެނުމާއެކު ގޮވާލިއެވެ.

"ޝޯން... ކަމަކުއޭ މިއައީ... މި ޑިޒައިންގެ އަނގޮށްޓިއެއް ބޭނުންވެގެން މިއައީ" އަރްސަލްގެ ފޯނުން އޭނާ ޚިޔާރުކުރި އަނގޮއްޓި ދައްކާލިއެވެ.

"އަހަންނަށްވުރެ ތަހުސީނު ދޮންބެ މޮޅުވާނީ ތިކަމަށް، މަށަށް ފޮޓޯ ފޮނުވާލާފައި ބައިންދާ، ޑައިމަންޑް ދޯ... މެރީކުރަނީތަ؟ ނޫނީ އެނިވާސަރީއެއްތަ؟" ފެނިދެނެވިވިޔަސް އަރްސަލްގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން މާބޮޑު އެއްޗެއް ނޭނގޭތީ ޝައުން އަހާލިއެވެ.

"ޕްރޮޕޯސް ކުރަންކަމަށް" ރަކި ހީނލުމަކާއެކު އަރްސަލް ބުނެލިއެވެ.

"ހީވަނީ އެކޮޅުން ގެންނަންހެން ޖެހޭނީ، މިރޭ އަހަރެން ޚަބަރެއްވެލާނަން ކޮންފާމްކޮށްލާފައި، ތަހުސީން ދޮންބެ މިކަމުގައި އަހަންނަށްވުރެ އެކްސްޕީރިއަންސްވާނެ، މަށަށް ސައިޒާއި ފޮޓޯ ފޮނުވާލާ އިނގޭ" ޝައުން ބުނެލިއެވެ.

"އޯކޭ... މިހާރު މި ސެންޑްކޮށްލަނީ، މަ ގުޅާނަން ހަނދާންކޮށްދޭން، ކުރިން ގެންގުޅުނު ނަންބަރުތަ މިހާރު ވެސް ބޭނުންކުރަނީ" އަރްސަލް އަހާލިއެވެ. އެއާއެކު ޝައުން ބޯޖަހާލިއެވެ.

"އޭތް! ކަމެއްތަ މިއުޅެނީ އިނގޭ... މިރޭ ޔަގީން ޚަބަރެއްވާނަން" ޝައުން ބުނެލިއެވެ.

"އޯކޭ މޭން، ސީ ޔޫ" އަރްސަލް ބުނެލިއެވެ. އަދި ޝައުން އެދުނު އެއްޗެހި ފޮނުވާލާފައި ފޯނު ސޯޓުގެ ޖީބަށް ލަބުން އަރްސަލް ފިހާރައިން ނުކުތެވެ. އަދި މަޑު ހިނގުމުގައި އައިސް ޕާކުކޮށްފައި އޮތް ކާރަށް އަރަން އުޅުނު ވަގުތު އެތާ ކައިރީ ހުރި ރެސްޓޯރެންޓަކަށް ވަންނަން އައި ދެ ޒުވާނުން ފެނި އަރްސަލްއަށް ހުއްޓެވުނެވެ.

"ކީފާ... މިޢުވާނާއެކު" ކާރުގެ ދޮރުފަތުގައި ހިފަހައްޓާލި ގޮތަށް ހުރެ އަރްސަލްއަށް ބުނެލެވުނެވެ. (ނުނިމޭ)