ހަބަރު

ހިތާދޫ ފަރަށް އުރުނު ދޯންޏަކަށް އެހީވެދީފި

Aug 7, 2018
1

ބ. ހިތާދޫ ފަރަށް ސަޕްލައި ދޯންޏެއް އަރާފައި ވަނިކޮށް އެމްއެންޑީއެފުން ގޮސް އެހީތެރިވުމުގެ ހަރަކާތްތައް ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ރ. މުރަވަންދޫން ފުރައިގެން މާލެ ދަތުރުކުރި، ސަޕްލައި ދޯންޏެއް ހިތާދޫ ފަރަށް އެރުމާ ގުޅިގެން އެ ދޯންޏަށް އެހީވާން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގިއިރު އެ ދޯނީގައި ހަތަރު މީހުން ތިބި ކަމަށާއި އެއީ ތިން ބިދޭސީއަކާއި ދިވެއްސެއް ކަމަށެވެ. ދޯނި ފަރަށް އެއިން ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ދަންވަރު ކަމަށާއި އެ ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ކޯސްޓްގާޑު ލޯންޗެއްގައި ޑައިވަރުންނާއެކު ވަނީ އެސަރަޙައްދަށް ގޮސްފައި ކަމަށެވެ.