އެމްޕްލޯޔާ ބްރޭޑިން އެވޯޑްސްގައި އުރީދޫ މޯލްޑިވްސް އަށް ރަން ވަނަ ތަކެއް ލިބި، ވިދާލައިފި އެވެ.
ސިންގަޕޫރުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއަށް ލިބިފައިވަނީ ޑްރީމް ކޮމްޕެނީ ޓު ވާކް ފޯ އެވޯޑާއި ބެސްޓް އެމްޕްލޯޔާ ބްރޭންޑު އެވޯޑް އަދި އެވާޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގް އެވެ.
މި ހަފްލާގައި އުރީދޫގެ ޑިރެކްޓާ އޮފް ހިއުމަން ރިސޯސް، މުހައްމަދު ޝާހިދު އަށް "އެޗް.އާރް ލީޑަރޝިޕް އެވޯޑް" ލިބިގެންދިއުމަކީ ވެސް އުރީދޫ އިން ނުހަނު ފަހުރުވެރިވާ ކަމެކެވެ.
އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމަކީ އުރީދޫއިން އެންމެ އިސްކަންދޭ އެއް ކަންތައް. މިގޮތުން ހިއުމަން ރިސޯސަސްގެ ދާއިރާއިން ކުންފުނީގެ މަސައްކަތް ފާހަގަކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ރާއްޖެ އާއި، ރާއްޖޭން ބޭރުގައި އުރީދޫ މޯލްޑިވްސް ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައިވާ، މަސައްކަތަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރި މުވައްޒަފުން ބިނާ ކުރުމަށް އަޅުގަނޑުމެންގެ އެޗް.އާރް ޓީމް އަދި ޕީޕަލް މެނޭޖަރުން ކުރާ ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ފާހަގަކުރަން." އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި އެވެ.
ހަތަރު ސަތޭކަ އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގައި ވަޒީފާ އަދާ ކުރަން އެންމެ މަގްބޫލު އެއް ކުންފުންޏެވެ. އުރީދޫ އިން ރާއްޖޭގައި ހޯދާފައިވާ ކާމިޔާބީގެ އަސްލަކީ، ކުންފުނީގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތް ކަމަށް އުރީދޫއިން ގަބޫލު ކުރެއެވެ. މުވައްޒަފުންގެ ޚިޔާލުތަކަށް ޚާއްސަ އިސްކަމެއް ދީގެން، އުރީދޫ އިން މަސައްކަތް ކުރަނީ ޓެލެންޓް މެނޭޖްމަންޓްގެ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސް ތަކުގެ އެހީގައި، މުވައްޒަފުން އިތުރަށް ބިނާކޮށް، ޓީމު ވަރުގަދަ ކުރުމަށެވެ. އަދި ވަޒީފާގެ މައިދާނުގައި ކުރިއެރުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދައިދިނުމަށް، އުރީދޫ އިން ހާއްސަ އަހަމިއްޔަތުކަމެއް ދެއެވެ.
ދެހާސް އަށާރަ ވަނަ ވަނަ އަހަރު ބޭއްވުނު ވާރލްޑް އެޗްއާރްޑީ ކޮންގްރެސް 2018 ގައިވެސް، އުރީދޫ މޯލްޑިވްސްއިން ވަނީ ގްލޯބަލް އެޗްއާރް އެކްސެލެންސް އެވާރޑް ފޮ ބެސްޓް ސްޓްރެޓެޖީ އިން ލައިން ވިތް ބިޒްނަސް، ގްލޯބަލް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް ފޮ އެކްސެލެންސް އިން އެޗްއާރް ތްރޫ އިނޮވޭޝަން، އަދި ގްލޯބަލް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް ފޮ ޓެލެންޓް މެނޭޖްމަންޓްގެ އެވޯޑު ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ، ފާއިތުވި ހަފްތާގައި މީރާ އިން ބާއްވާފައިވާ ރަންލާރި އެވޯޑުގައިވެސް، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) އެންމެ ގިނައިން ދެއްކި ކުންފުނިތަކުގެ ތެރޭގައި ހިމެނިގެން ލިބުނު އެވޯޑަކާއި ޓޫރިޒަމް ދާއިރާ ނޫން ވިޔަފާރިތަކުން ބޮޑެތި ވިޔަފާރީގެ ކެޓަގަރީގައި ހިމެނޭ ބައިން ލިބުނު އެވޯޑެއް ލިބިފައެވެ.