ބޮލީވުޑް

ޝާހިދުގެ އަންހެންނުން މީރާގެ އިޝްތިހާރެއް

މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރްގެ އަންހެނުން، މީރާ ރާޖްޕުތު ފުރަތަމަ ފަހަރަށް ޓީވީ އިޝްތިހާރެއް ކުޅެފި އެވެ.

ސްކިން ކެއާ ޕްރޮޑަކްޓަކަށް ނެގި އެ އިޝްތިހާރު މީރާ ވަނީ އެ އޭނާގެ އިންސްޓަގުރާމުގައި އާންމުކޮށްފަ އެވެ. ޝާހިދު ވަނީ މީރާއަށް ތައުރީފުކޮށް މި ޕޯސްޓަށް ކޮމެންޓުވެސް ކޮށްފަ އެވެ.

"އިޝްތިހާރުގެ ކަންކަން މީރާ ވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކޮށްފަ. އެންމެ ޝޮޓަކުން މުޅި އިޝްތިހާރު ނަގާ ނިންމާލަން ޖެހުމުން ގިނަ ބަޔަކު ތިބީ ހައިރާންވެސްވެފަ. އެއީ މިރާ އިޝްތިހާރެއް ކުޅުނު ފުރަތަމަ ފަހަރަށްވުމުން،" ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓެއްގައި ބުނެފައިވެ އެވެ.

މީރާ ކުޅުނު އިޝްތިހާރު.

މިއީ ކެމެރާގެ ކުރިމަތީގައި މީރާ އެކްޓުކުރި ފުރަތަމަ ފަހަރެވެސްމެ އެވެ. މީރާ މިހާރު އިނީ ޝާހިދުގެ ދެ ވަނަ ކުއްޖަކަށް ބަލިވެ އިނދެ އެވެ.