ހަބަރު

ދެ މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކޮށްފި

Aug 8, 2018
26

ރާއްޖެޓީވީ އިން ފޮނުވި ކޮންޓެންޓަކާ ގުޅިގެން މައްސަލަ ބެލުމަށް ފަހު އެ ސްޓޭޝަން ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ބްރޮޑްކާސްޓިން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އެ ކޮމިޝަންގެ އިސް އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ، ދެ މިލިއަން ރުފިޔާއިން އެ ސްޓޭޝަން ޖޫރިމަނާކުރަން ނިންމީ، ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް ހުތުރުވާ ފަދަ ދޮގު މައުލޫމާތު ގެނެސްދީފައިވާތީ އާއި ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ކޮންޓެންޓް ބްރޮޑްކާސްޓްކޮށްފައިވާތީ ކަމަށެވެ. މީގެ ކުރިން ވެސް އެ ސްޓޭޝަން އެކި ފަހަރުމަތިން ވަނީ ޖޫރިމަނާކޮށްފަ އެވެ.