މާކަނާ ޝޯ

ރައީސް ނަޝީދު މާކަނާޝޯގެ ދިފާއުގައި!

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
0%
60%
40%

މަޝްހޫރު އެނިމޭޓެޑް ސީރީސް "މާކަނާ ޝޯ" އާއި ގުޅޭ ޝަކުވާއެއް ބަލާ ބްރޯޑްކާސްޓިން ކޮމިޝަނުން އެންގުންތަކެއް އަންގާފައިވަނިކޮށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުހައްމަދު ނަޝީދު "މާކަނާ ޝޯ" ދިފާއު ކުރައްވައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބްރޯޑްކާސްޓް ކުރުމުގެ ކުރިން ކޮންޓެންޓް ރަނގަޅަށް ބަލައި ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު ކޮންޓެންޓެއް ހިމެނޭނަމަ އެ ކޮންޓެންޓެއް އުނި ކުރުމަށްފަހު ނޫނީ ނުދައްކަން އެ ޝޯ ދައްކާ ރާއްޖެ ޓީވީއަށް، އަންގާފަ އެވެ.

އެގޮތަށް އެންގީ ރާއްޖެ ޓީވީން ގެނެސްދޭ "މާކަނާ ޝޯ" ގައި ހުތުރު ބަހުރުވައިން ކޮންޓެންޓު ގެނެސްދީފައިވާތީ އާއި އާންމު ގޮތެއްގައި ވެސް "މާކަނާ ޝޯ" ގައި ހުތުރު ބަހުރުވަ ބޭނުން ކުރާކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައި ވާތީ އަމިއްލައަށް އިސް ނަގައިގެން ބެލި މައްސަލައަކަށްފަހު އެވެ.

އެކަމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "މާކަނާ ޝޯ" އަކީ ކުޑަކުދިން ޓީވީ ބަލާ ގަޑީގައި ދައްކާ ޝޯއަކަށް ނުވާ އިރު، އެ ޝޯގައި ބޭނުން ކުރާ ބަސްތައް ބޭނުން ކުރަނީ ޝޯގެ އާންމު ހަމައިގައި ކަމަށާއި، އެފަދަ ސަމާސާ ރާގެއްގައި ހިފަހައްޓާ، އާންމު ހަމަ ހިފަހައްޓާ ކަމަށް ދެކެ ވަޑައިގަންނަވ ކަމަށެވެ. އަދި މީޑިއާ ސެންސަރު ކުރުމުގައި ވަރަށް ވިސްނަން ޖެހޭނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓް

ބްރޯޑްކޮމުން ވަނީ މި އަހަރުގެ މާޗްމަހާއި އޭޕްރީލް މަހު ރާއްޖެ ޓީވީން ގެނެސްދިން މާކަނާ ޝޯގައި ހުތުރު ބަހުރުވަ ބޭނުން ކޮށްފައި ވާތީ އެ މައްސަލައާ ގުޅިގެން ރާއްޖެ ޓީވީއަށް ހަތަރު ފަހަރެއްގެ މަތިން ޖަވާބުދާރީވާން ފުރުސަތު ދީފަ އެވެ.

މީގެ އިތުރުން "މާކަނާ ޝޯ"ގެ އެ އެޕިސޯޑްތަކުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ފޭރާމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ އެއްގޮތަށް "މާކަނާ ޝޯ" ޕްރޮގްރާމް މީގެ ފަހުން ބްރޯޑްކާސްޓްކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާ އެއްގޮތަށް ނޫނީ އެ ޝޯތައް ދެން ނުދައްކަން ވެސް ބްރޯޑްކޮމްއިން ވަނީ އަންގާފަ އެވެ.

މާކަނާ ޝޯގައި އާންމު ގޮތެއްގައި ސަމާސާކޮށް ފާޑު ކިޔާފައި ހުންނަނީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ހިނގާ ކަންކަމަށާއި މީހުނަށެވެ. އޭގެ ތެރޭގައި ރައީސް ނަޝީދު ވެސް ހިމެނެ އެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަރީ

ސިޔާސީ މީހުންގެ މެދުގައި ނުގޮވާ އަވަގުރައާނެއް މާކަނާޝޯ އަކުވެސް ގޮވާހެނެއް ހިޔެއްނުވޭ

ޙައްހާ

ޕްރޮޕެގެންޑާ މެޝިން ވާނެއްނު ހިމާޔަތްކުރަން .... ބޯގޯސް... މީނަވެސް ކިޔާ ކަންނޭނގެ އައުގުރާނަ...

ސުސީލާ

ރައިސް ނަޝީދު އުޅުއްވާނީ އަބަދުވެސް ކޮންމެވެސް ހެޑލައިނަކަށް އެރެވޭތޯ.. އިންސާނުންގެ ހިތެއްނުފުރޭނެ ދުވަހަކުވެސް. އަދި އިންސާނުންގެ ސިފައިގަ ދައްޖާލުންވެސް ތިބޭއޭމިީޙުންކިޔާ

ރާްއި

ބަލަގަ މިހިރަ މީހާ، ޓީވީ އިންދައްކާ ޕްރޮގުރާމްތަކުގަ ހިތުހުރިގޮތަކަށް ވާހަކަ ދެކެވިގެން ނުވާނެ.. ތިވަރު ނޭގުނީތީ ހައިރާނެއްވެސްނުވޭ،، އަންނިތީ މިގައުމު ހަލާކުކޮށް ސުންނާފަތިކޮއްލަން އަތުކުރި އޮޅައިގެން ހުރި އިންސާނާ!

މި ލަވަކިޔާ ބާރީ އެއްނުން

މިހާރު ހީވާކަހަލަ، ކުރިގެ ރައީސް މިސަރުކާރާ ދެކޮޅުވެރިހެން.. ދެން އަބަދުވެސް މިފެންނަނީ .. އިބޫކުރައްވާކަންކަމަށް ފާޑު ކިޔާތަން.. އަޅުގަޑު ގެ ނަސޭހަތަކީ ރައީސް ސޯލިހަ ، ވަގުތު ދެއްވުން އަދި ކަންކަން ފަސޭހަށް ކޮއްދީ މިސަރުކާރު ދެމެހެއްޓުމަށް މަސައްކަކޮތްދީ، އަބަދުވެސް މިހެންވަރިކަމާހެދި އުޅެގެން މިގައުމަކަށް އަދި ބަޔަކައްވެސް ވާނެ ފައިދާއެއްނޯނާނެ.. ނަޝީދު އަށް ވެސް ވެރިކަން މިހާރު ކުރެވިއްޖެ.. މިހާރުވެސް ތި އިންނަވަނީ ..މަޖލިސްގެވެސް ރައީސަކަނުންތޯ

ޕިންކީނާ

ރައީސް ނަޝީދު އަށް ކަމުދާނިީ ތަޅާކުދިން ގެންކުޅޭގޮތަށް އުޅެން.. އެހެން ނޫޅެންވެގެން އަޅުގަޑުމެން މިފަހަރު ވޯޓް ދިނީ އިބޫ އަށް އިގިއްޖޭ!

ކަމަނާ

ދެންކީކޭ ބުނަނީ ... ނުވެސް ނިދާތަ؟ ވެރިކަން ނުލިބިގެން މޮޔަވަނީ ތޯއްޗެ

ޟޫހު

މިޖެހުނީ އަނެއްކަންތަކާ... ބަ ...... މިކަލޭގެ ހަމަހިމޭނުން ހުރެވޭތޯ ﷲ ހަޒުރަތުގެ ދުއާ ދަންނަވަން ވެއްޖެ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345