ބޮލީވުޑް

ނޭހާ އާއި ފިރިމީހާ އަންގަދު ރާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ނޭހާ ދުޕިއާ އާއި އޭނާގެ ފިރިމީހާ އަންގަދު ބޭޑީ ޗުއްޓީ ރާއްޖެ އަތުވެއްޖެ އެވެ.

މި ދެމަފިރިން ރާއްޖެ އައީ މިއަދު މެންދުރުފަހު އެވެ. ޗުއްޓީ ހޭދަކުރުމަށް މި ދެމަފިރިން އައީ ށ. އަތޮޅު ސިއްރު ފެންފުށި ރިސޯޓަށެވެ.

އަންގަދާއި ނޭހާ ކައިވެނިކުރީ މިދިޔަ މެއި މަހު ދިހައެއްގަ އެވެ. ނޭހާ މިހާރު އިނީ އަންގަދުގެ ދަރިއަކަށް ބަލިވެ އިނދެ ކަމަށްވެސް ވާހަކަދެކެވެ އެވެ. ނަމަވެސް މި ދެމަފިރިން އެ ވާހަކަ ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ނޭހާ 37، އެންމެފަހުން ފެނިގެންދިޔައީ މި އަހަރު ރިލީޒްކުރި ނެޓްފްލިކްސް އެންތޮލޮޖީ ސީރީޒް “ލަސްޓް ސްޓޯރީޒް” އިންނެވެ. އަންނަ ސެޕްޓެމްބަރު މަހު ހަތެއްގައި ރިލީޒްކުރާ ކާޖޮލްގެ “ހެލިކޮޕްޓަރް އީލާ” އިންވެސް ނޭހާ ފެނިގެންދާނެ އެވެ.

އަންގަދު 35، އެންމެފަހުން ފެނިގެންދިޔައީ މިދިޔަ ޖުލައި މަހު 13 ގައި ރިލީޒްކުރި ފިލްމު “ސޫރްމާ” އިންނެވެ.