ވިޔަފާރި

ރެއިންބޯ ލިވިން މޯލަށް: އަގުހެޔޮ އީދެއް!

Aug 9, 2018

އީދާ ދިމާކޮށް އަގުހެޔޮކޮށް، ހާއްސަ ކަންތައްތަކެއް ހިންގުމަކީ ވިޔަފާރީގެ އާދަ އެވެ. ގިނަ ވިޔަފާރިތަކުން އީދަށް ސޭލްތައް ފަށައި އަގު ހެޔޮކޮށްފަ އެވެ. ހަމަ އެގޮތަށް ރެއިންބޯއިންވެސް މިވަނީ އަގު ހެޔޮ ކޮށްލާފަ އެވެ. ރެއިންބޯއިން އީދާ ދިމާކޮށް އަޅުވާފައިވާ އީދު ސޭލުގެ ސަބަބުން ރެއިންބޯ ލިވިން މޯލަށް މިވަނީ އަގު ހެޔޮ އީދެއް ފެށިފަ އެވެ.

ރާއްޖޭގެ ފަރުނީޗަރުގެ ވިޔަފާރީގައި އެންމެ މަޝްހޫރު އެއް ނަން ކަމަށްވާ ރެއިންބޯއިން ފެށި މި ސޭލްގައި މުދަލުގެ އަގުތައް ވަނީ 50 ޕަސެންޓް ހެޔޮކޮށްލާފަ އެވެ.

މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސޭލްގައި ސޭލްގައި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރާއި ބަދިގެ އަށް ބޭނުންވާ ފަރުނީޗަރު ލިބެން ހުރިއިރު އަގުތައް ވަނީ ހެޔޮވެފަ އެވެ.

ރެއިންބޯ އިން ހާއްސަ ސޭލްއެއް ފެށިއިރު، އެ ކުންފުނިން ދަނީ ދުނިޔެއަށް މަޝްހޫރު ފަރުނީޗަރުގެ ގިނަ ބްރޭންޑްތަކެއް ވިއްކަމުންނެވެ. މިގޮތުން މި ފިހާރާގައި ލިބެން ހުރި އެއް ބްރޭންޑަކީ ބަދިގެ ސެޓު ތައްޔާރު ކުރަން މަގުބޫލު ޔޫރަޕުގެ މަޝްހޫރު "ނޮބިލިއާ" އާއި އޭޝިއާގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ވޯޑްރޮބް ބްރޭންޑް ޗައިނާގެ "އޮޕެއިން" ހިމެނެ އެވެ.