ދުނިޔެ

ޗައިނާގެ އެއް މިލިއަން މުސްލިމުން ސިޔާސީ ކޭމްޕުތަކުގައި!

Aug 11, 2018
2

ޗައިނާ ސަރުކާރުން އެ ގައުމުގެ އެއް މިލިއަން ވީގޫރު މުސްލިމުން، ޓެރަރިޒަމް ކޮންޓްރޯލް ސެންޓަރުތަކުގައި ހިފަހައްޓައިގެން ގެންގުޅޭ ކަމުގެ މައުލޫމާތު އދ. އިންސާނީ ހައްގުތަކާބެހޭ ކޮމިޓީގެ ސަމާލުކަމަށް ގެނެސްފި އެވެ.

ޗައިނާ އާއި ގުޅޭގޮތުން އދ. ގައި ބޭއްވުނު ބައްދަލުވުމެއްގައި ހުށަހެޅި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އެ ސަރަހައްދުގައި ދިރިއުޅޭ މުސްލިމުން، ޗައިނާ ސަރުކާރުން ގެންގުޅެނީ ކޭމްޕެއްގަ އެވެ.

ވީގޫރު މުސްލިމުންނަކީ ޗައިނާގެ ޝިންޖަންގް ޕްރޮވިންސްގައި ދިރިއުޅޭ ބަޔެކެވެ. އެ ސަރަހައްދުގައި ދިރިއުޅޭ އާބާދީގެ 45 ޕަސަންޓަކީ ވީގޫރު މުސްލިމުން ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޓެރަރިޒަމް ހުއްޓުވުމަށް ކަމަށް ބުނެ ވީގޫރު މުސްލިމުން ކޭމްޕުތަކުގައި ހިފަހައްޓައިގެން އެތަކެއް އަނިޔާއެއް ދެމުންގެންދާ ކަމަށް އިންސާނީ ހައްގުތަކާބެހޭ ޖަމާއަތްތަކުން ގެންދަނީ ބުނަމުންނެވެ.

ނަމަވެސް، އެ ތުހުމަތުތައް ޗައިނާ ސަރުކާރުން ވަނީ ދޮގު ކޮށްފަ އެވެ.