ހަބަރު

ހުޅުލޭ ނެރުމައްޗަށް އެރި ފެރީ އަޑިއަށް ގޮސްފި

Aug 11, 2018
1

ތިން ފަސިންޖަރުން ގޮވައިގެން ރޭ ފަތިހު ހުޅުލޭ ފަޅަށް ވަންނަން އުޅެނިކޮށް ހުޅުލޭ ނެރުފައިކައްޓަށް އުރުނު، ފެރީ ހުޅުލޭ ފަޅުތެރެއަށް އަޑިއަށް ގޮސްފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ "ރަނދެލި" ފެރީ ރޭ ފަތިހު 5:00 އެހާކަންހާއިރު އުރިފައި ވަނީ ހުޅުލޭގެ އަލަށް ކަނޑާފައިވަ ނެރުގެ ފައިކައްޓަށް ކަމަށެވެ އެ މައުލޫމާތު ލިބުމާއެކު ސިފައިން ހަރަކާތްތެރިވާން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހާފިސާ ހިނގި އިރު ފެރީގައި ތިބީ ތިން ފަޅުވެރިންނާއި ތިން ފަސިންޖަރުން ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ ސަލާމަތް ކުރެވުނު ކަމަށް އާޒިމް ވިދާޅުވި އެވެ.

އެ ހާދިސާގައި ފެރީގެ ދިރުނބާކޮޅުން ތަންގަނޑެއް ނެއްޓި ވަނީ ބޮޑެތި ގެއްލުންވެފަ އެވެ. އަދި އެ ފެރީ ހުޅުލެ ފަޅު ތެރެއަށް ވެއްދި ނަމަވެސް މިހާރު ވަނީ ފަޅު ތެރެއަށް އަޑިއަށް ގޮސްފަ އެވެ. އެ ފެރީ ފުންކުރުމުގެ މަސައްކަތް ވެރިފަރާތުން މިހާރު ވަނީ ފަށައިފަ އެވެ.