ކުޅިވަރު

ލޫކްޝޯގެ ފުރަތަމަ ގޯލް، ނަތީޖާއަށް ސުވާލު އުފައްދައިފި

މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގްގެ ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓަޑް އާއި ލެސްޓާ ސިޓީ ކުޅުނު މެޗުގައި، މެންޗެސްޓާގެ ޑިފެންޑަރު ލޫކް ޝޯ އޭނާގެ ކެރިއަރުގައި ފުރަތަމަ ލަނޑު ޖަހައިފި އެވެ.

މެޗުން މެންޗެސްޓާ މޮޅުވީ 2-1ން ނެވެ. އެ ޓީމު މޮޅުވިޔަސް، ލެސްޓާ ސިޓީގެ ކޯޗް ކުލާޑް ޕިއުލް ވަނީ ޔުނައިޓަޑްގެ މޮޅާ މެދު ސުވާލު އުފައްދާފަ އެވެ. އޭނާ ސުވާލު އުފެއްދީ މެޗު ފެށިގެން ތިން ވަނަ މިނެޓްގައި ޔުނައިޓަޑަށް ދިން ޕެނަލްޓީއާ މެދުގަ އެވެ.

އެ ޕެނަލްޓީއަކީ، ޔުނައިޓަޑުން އުފެއްދި ހަމަލާއެއް، ލެސްޓާގެ ޕެނަލްޓީ އޭރިއާތެރެއިން އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ޖެހުމުންނެވެ. ކްލޯޑް ޕިއުލް ގަބޫލު ކުރާ ގޮތުގައި އެއީ ޕެނަލްޓީއަކަށް ކޮންމެހެން ދާން ޖެހޭ ބޯޅައެއް ނޫނެވެ.

ޝޯ ލަނޑު ޖެހީ، މެޗުގެ 82 ވަނަ މިނެޓްގައެވެ. އޭނާ ލަނޑު ޖެހުމުން، ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކޮށްފަ އެވެ.

ލެސްޓާ ސިޓީގެ ހަޔާތުގައި، އިނގިރޭސި އެންމެ ޓޮޕް ޑިވިޝަންގައި ލީގްގެ ފުރަތަމަ މެޗު ރަށުން ބޭރުގައި ލެސްޓާ ސިޓީ މޮޅުވެފައެއް ނުވެ އެވެ. ލީގް ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ލެސްޓާ އެންމެ ފަހުން މޮޅުވީ 1933 ވަނަ އަހަރު އެސްޓަން ވިލާ އަތުންނެވެ.