ވާހަކަ

ބުނެދޭށޭރުހެމޭ

(09 އޯގަސްޓް 2018 އާ ގުޅޭ) -- "މިހާރު އެނގިއްޖެ އަހަންނަށް އިތުބާރުނުކުރާކަން" އަރްސަލްގެ މޭގައި މަޑުމަޑުން ޖަހާލަމުން ނިމްރާ ދުރަށް ދިޔައެވެ. އަރްސަލް ޖަހާލީ ހިނިގަނޑެކެވެ.

"އައި ހޭވް ސީން ޔޫ ބްރެތްލެސް... ސޯ... އައި ގޮޓް ދި ރޯންގް އައިޑިއާ، ފޯނުން ހަމައެކަނި އިވުނީ އަޑުވިއްޔާ" ލާނެތް ހިންޏެއް އައިސްފައި ހުރެ އަރްސަލް ބުނެލިއެވެ. އެއާއެކު ނިމްރާ ލޯ އަޅާލިއެވެ.

"ޔޫ... ޔޫ ޕާވާޓް" ނިމްރާ މިހެންބުނެ ތުންއަނބުރާލިއެވެ.

"އައި އޭމް ޔޯ ޕާވާޓް... އޮންލީ ޔޯ ފުރޭތަ... އޯލްވޭޒް ޔޯ ޑެވިލް، އެންޑް ޔޫ އާ މައި ސްކާލެޓް" އަރްސަލް ކުރިއަށް ފިޔަވަޅު އަޅަމުން ބުނެލިއެވެ.

"އަހަރެން ވަރަށް ބިޒީއޭ ބުނީމެންނު، ދެން ކޮން ސަކަރާތެއްޖަހަން ތިއުޅެނީ" އަރްސަލް ކުރިއަށް އަޅަމުންދިޔަ ފިޔަވަޅުތަކަށް ވިސްނައިގެން ހުރި ނިމްރާ އަވަހަށް ދުރަށް ޖެހުނެވެ.

"އަހަރެން ސްކާލެޓް އެބަ ހުއްޓުވަންތަ" އަރްސަލް ދެއަތް އުފުލާލުމާއެކު ބުނެލިއެވެ.

"ތި ހޯދާ މީހަކު މިތާކުނެތް، މިހާރު ޔަގީންވެއްޖެއެއްނު އަހަރެން އެކަނިކަން މިހުރީ، ދެން ދޭ" ނިމްރާ އެދުނެވެ. އަދި އަރްސަލް އިށީން ސޯފާއާ ޖެހިގެން ހުރި ސޯފާގައި ނިމްރާ އިށީނީ އޭނާއާ ވީހާ ވެސް ދުރުގައި އިންނާށެވެ.

"ނުދާނަން" އިރުކޮޅަކު ނިމްރާއަށް ބަލަން އިނދެފައި އަރްސަލް ބުނެލިއެވެ. އެއްފައި މައްޗަށް އަނެއްފައި ލައިގެން ދެއަތް އުރާލައިގެން އިން ނިމްރާ ކަޅިއަޅާލުމާއެކު އަނެއްކާ ވެސް އަރްސަލްއާ ދިމާއަށް ތުންއަނބުރާލިއެވެ. އަރްސަލްއަށް އެ މަންޒަރު ފެނި ހީނލީއެވެ.

"ތިހާ ދުރުގަ ނީނދެބަލަ... އާދެބަލަ މިކޮޅަށް" އަރްސަލް އެއްއަތް ނިމްރާއާ ދިމާއަށް ދިއްކޮށްލިއެވެ.

"ގާތުގައި އިނީމަ ވާނޭގޮތް އަހަންނަށް އެނގޭ، އެހެންވެ ދުރުގައި މިއިނީ، އަޑުނީވޭ ނުފެންނަހާ ދުރަކު ނޫނެއްނު މިއިނީ" ނިމްރާ ބުނެލިއެވެ.

"ސްކާލެޓް... ޔޫ ޑޯންޓް ލައިކް މީ ނައު" އަރްސަލްގެ މޫނުމަތިން މައުސޫމުގޮތް ދައްކަމުން ބުނެލިއެވެ.

"އަހަރެން ނުބުނަމެންނު ލައިކެއް ނުވެޔޭ" ނިމްރާ ބުނެލިއެވެ.

"ސޯ ޔޫ ލައިކް މީ" ލާނެތް ގޮތަކަށް ހީނލާފައި އަރްސަލް ބުނެލިއެވެ.

"ތިހެންނެއް ވެސް އަހަރެން ނުބުނަން ދޯ" ނިމްރާއަށް ވެސް މިފަހަރު ކުޑަކޮށް ހެވޭގޮތްވިއެވެ. އެހެންވިޔަސް އޭނާ ނިކަން އަވަހަށް ސީރިއަސްވެލައިފިއެވެ.

"ސޯ... ޔޫ ޑޯންޓް... ފީލް އެނީތިންގް ވެން އައި ޓަޗް ޔޫ" ސޯފާއިން ތެދުވަން އުޅޭހެން އަރްސަލް ކުރިއަށް ޖެހިލިއެވެ. ގަމީހުގެ މޭމަތިން ދެގޮށް ނައްޓާލީ ނިމްރާއަށް އަރްސަލް ބަލަން އިނދެއެވެ. އެ ދެލޮލުގައިވަނީ ކީކޭކަން ނިމްރާއަށް ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ.

"ސްޓޮޕްއިޓް އަރްސަލް" ކައްޓެއްހެން ކުއްލިއަކަށް ސޯފާއިން ތެދުވި ނިމްރާ ބުނެލިއެވެ.

"ދެން ޓެލް މީ... ޑޫ ޔޫ ފީލް އެނީތިންގް ވެން އައި ޓަޗް ޔޫ" އަރްސަލް ކުރީން ކުރި ސުވާލު ތަކުރާރުކޮށްލިއެވެ.

"ޔޫ ޑެވިލް... ޔޫ ނޯ އައި ޑޫ" ނިމްރާ މޫނު އަނބުރާލިއެވެ. އަރްސަލް ބޭނުންވާ ކަންތައް ނުވަނީސް ހުއްޓާނުލާނޭ ނިމްރާގެ ހިތަށް އެރިއެވެ. ނިމްރާ ބަދިގެއަށް ވަންނަން ދާން އުޅުމުން އަރްސަލް އޭނާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

"ސޯ ޔޫ ލައިކް މީ" ހިނިގަނޑެއް ޖަހާލަމުން އަރްސަލް ބުނެލިއެވެ.

"ޑަޒް ޔޯ އީގޯ ނީޑް ޓު ހިއާ މީ ސޭ އިޓް" ކުރިމަތީ ހުރި އަރްސަލްއާ ނަޒަރު ސީދާކޮށްލަމުން ނިމްރާ ބުނެލިއެވެ.

"އެކްޗުއަލީ ޔެސް" އަރްސަލް ބޯޖަހާލިއެވެ.

"އައި... އައި ފައިންޑް ޔޫ... އެޓްރެކްޓިވް" ނިމްރާ ބުނެލިއެވެ. އަދި އަވަސްއަވަހަށް ދާން އުޅުނެވެ.

"ދުރަށްނުދޭބަލަ... ސްކާލެޓް ޕްލީޒް" ނިމްރާގެ އުނަގަނޑުގެ ދެފަރާތުން ހިފައި ގާތަށް ދަމާލަމުން އަރްސަލް ބުނެލިއެވެ.

"އަވަން ބަލަށޭ މިދަނީ" އަރްސަލްއާ ދުރަށްޖެހެން ބަހަނާއެއް ނިމްރާ ހޯދިއެވެ.

"އޯކޭ ފައިން" ނިމްރާ ދޫކޮށްލަމުން އަރްސަލް ބުނެލިއެވެ. އެހެންވިޔަސް އޭނާ ނިމްރާގެ ފަހަތުން ބަދިގެއަށް އައެވެ.

"ކޯޗެއްތަ ތި ހަދަނީ" ނިމްރާގެ ހަރަކާތްތައް ބަލަން ބްރޭކްފާސްޓް ކައުންޓަރު ދޮށުގައި އިނދެފައި އަރްސަލް އަހާލިއެވެ.

"އީވާ އައިސް އުޅެފައި އެ ދިޔައީ، ބޭކް ސޭލްއަކަށް ބްރައުނީސް އާއި ކުކީސް ތައްޔާރުކުރަނީ މި، ހަލަފް އަންނާނެ އެގާރަޖަހާކަން ހާއިރު މި އެއްޗެހި ބަލާ، މިހާރު އެދިޔައީ އީވާ ގެއަށް ލާންވެގެން" ނިމްރާ އޮޅުންފިލުވައިދިނެވެ.

"ކޮންއިރަކު ބޭކްސޭލްއެއްގައި ބައިވެރިވީ" އަރްސަލް ސުވާލު އުފެދުނެވެ.

"އިޓްސް ނޮޓް ފޯ މީ، އައި އޭމް ހެލްޕިންގް އީވާ، އޭނާގެ ބްރަދާއަށް މިކަން މިކޮށްދެނީ... މާދަން މޯނިންގައަށް ގެންދަންޖެހޭ" ނިމްރާ ބުނެލިއެވެ.

"އީވާގެ ބްރަދާއެއް ހުރޭތަ؟ ކިހިނެއް ސްކާލެޓްއަށް ތި ހުރިހާ ކަމެއް އެނގުނީ" އަރްސަލް ކުރި ސުވާލާއެކު ނިމްރާ ދެ ފަރާތަށް ބޯހޫރާލިއެވެ.

އަވަނުގައި ހުރި ޓްރޭ ނެގައި ދުރުގައި ބެހެއްޓުމަށްފަހު ނިމްރާ ފޯނު ނަގައި ހުރިހާ ކަމެއް ނިމިފައި ހުރިކަމުގައި ހަލަފްއަށް މެސެޖުކުރިއެވެ. އަދި އައުމުގެ ކުރީން ގުޅަން އެދުނެވެ.

"އީވާގެ ބްރަދާއާ ފްރެންޑްތަ" އަރްސަލް ކުރިން ދެއްކި ވާހަކައާމެދު ނިމްރާ އަޅާނުލުމުން އަލުން އެ ވާހަކަފެށިއެވެ.

"ވައި؟ އާ ޔޫ ޖެލަސް" ހިނިއައިސްފައި ހުރެ ނިމްރާ ބުނެލިއެވެ. އޭނާ ވެސް ސަމާސާކުރާ ކަހަލަ ޚިޔާލެއް ހުރި ފަދައެވެ.

"ގުޑް ލުކިން ފްރެންޑްލީ... އީވާ މަންމަ ވެސް ބުނި އެގެއަށް ގިނަގިނައިން އަންނައްޗޭ، އެ ގޭ އެންމެން ވެސް ވަރަށް ނައިސް، ސްޕެޝަލީ ހާ ބްރަދާ، އޯ! ހީ އިޒް ސޯ ސުވީޓް" އަރްސަލް އެއްޗެއް ނުބުނުމުން ނިމްރާ ކޮލުގައި ޝަހާދަތްއިނގިލި ޖައްސާލައިގެން ހުރެ ވާހަކަދެއްކީ ކަމަކާ ޚިޔާލުކުރާ ގޮތް ދައްކަމުންނެވެ.

"އަ.ރް.ސަ.ލް" ނިމްރާ ހަޅޭލަވައިގަތީ ކުއްލިއަކަށް އަރްސަލް އައިސް އޭނާގެ އުނަގަނޑުގައި ހިފައި އުފުލާލުމާއެކު ކޮނޑުމައްޗަށް ލުމުންނެވެ.

"އައި އޭމް ގޮއިން ޓު ޕަނިޝް ޔޫ" އަރްސަލް ބުނެލިއެވެ. އޭނާ ނިމްރާ ކޮނޑުމައްޗަށް ލައިގެން އައިސް ވަނީ ނިމްރާ ނިދާކޮޓަރިއަށެވެ.

* * * * *

ނިމްރާގެ ފޯނު ރިންގުވާ އަޑުއިވުމާއެކު އެނދުގެ އަރިމަތީމޭޒުގައި އޮތް ފޯނު ނަގައި ބަލާލިއެވެ. ހަލަފްގެ ނަންފެނުމާއެކު ފުންމައިގެން ނިމްރާ ތެދުވިއެވެ.

"ކިހިނެއްވީ؟ ކާކު ގުޅީ" ކުރުއަތްމައްޗަށް ތެދުވި އަރްސަލް ސުވާލުކުރިއެވެ.

"ހަލަފް އެ އައީ، މި ކޮޓަރިން ނުނިކުންނާތި" ނިމްރާ އެނދުން ފައިބަމުން ބުނެލިއެވެ. އަދި އަވަސްއަރުވާލައިފައި އެނދުކައިރީ ހުރި އަންނައުނުތައް ނިމްރާ ނެގިއެވެ.

"އާދޭ... ރެޑީކޮށްފަ ހުންނާނީ" އެޕާޓްމެންޓުގެ ދޮރު ހުޅުވާލުމާއެކު ކުރިމަތީ ހުރި ހަލަފްއަށް ނިމްރާ ބުނެލިއެވެ.

"ރެޑް ތީ ހަމަ ބެސްޓް އިނގޭ" ނިމްރާގެ ކޮނޑަށް ހަލަފް އަތްވައްޓާލަމުން ބުނެލިއެވެ.
ނިމްރާ ކޮތަޅަކަށް ކުކީއާއި ބްރައުނީސް އަޅާފައި ހުރި ކޮންޓެއިނަރުތައް ލާން ބަދިގޭގައި ހުރިއިރު އޭނާގެ ގާތުގައި ހަލަފް މަޑުކޮށްލައިގެން ހުއްޓެވެ. ރަހަބަލަން ހަލަފް ބޭނުންވުމުން ބްރައުނީސް އެޅި ޓްރޭގައި ބާކީ ހުރި އެތިކޮޅުން އެތިކޮޅެއް ނިމްރާ ނަގައި ހަލަފްއަށް ލަވައިދޭން އުޅުނެވެ. އެވަގުތު އެ މީހުންގެ ފަހަތުން އަރްސަލް ކަރުކެހިލި އަޑު އިވުނެވެ.

"ދޮންބެ... އައި މީން... ޑެވިލް... ރެޑް! ޔޫ ވާ ވިތް ހިމް" ހަލަފް އާގަންނަމުން ކަހަލަ ގޮތަކަށް އަހާލިއެވެ. ނިމްރާ ވެސް ހުރީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. އަރްސަލް އުޅޭކަން ހަލަފް ގާތުގައި ބުނަން ބޭނުންނުވިޔަސް އަރްސަލްގެ އެ ޢަމަލުން އޭނާ އެއްވެސް ކަމެއް ސިއްރުކުރަން ބޭނުންނުވާކަން ނިމްރާއަށް އެނގުނެވެ. ނިމްރާއާއި އަރްސަލްއަށް ނަޒަރެއް ދިން ހަލަފް ހިނިގަނޑެއް ޖަހާލިއެވެ. އަދި މަޑުނުކޮށް ނިމްރާ ދިން ކޮތަޅުތައް ހިފައިގެން އެޕާޓްމެންޓުން ނުކުންނަން ދިޔައެވެ.

"ގުޅާނަން އިނގޭ" ދޮރުން ނުކުމެފައި ހަލަފް ސިއްރުން ބުނެލިއެވެ. ނިމްރާ ހިނިތުންވަމުން ބޯޖަހާލިއެވެ. އަދި ހަލަފް ގޮސް އެލެވޭޓާއަށް އަރަންދެން ބަލަން ހުރެފައި އެޕާޓްމެންޓުގެ ދޮރު ލައްޕާލިއެވެ. ނިމްރާ އެނބުރި އައިއިރު ހުޅުވާފައި ހުރި ޓީވީ ބަލަން ސޯފާގައި އަރްސަލް އިނެވެ.

"އަހަރެން ބުނީމެއްނު ކޮޓަރިން ނުނިކުންނައްޗޭ، ހަލަފް ހީކުރާނީ ކީކޭ" ނިމްރާ އައިސް އަރްސަލްގެ ގާތުގައި އިށީންނަމުން ބުނެލިއެވެ.

"އިޓްސް ނޮޓް އިމްޕޯޓެންޓް" އަރްސަލް ބުނެލިއެވެ. އަދި ބިލާލުމެންގެއަށް ބަދަލުވި ވާހަކަ އަރްސަލް ކިޔައިދިނެވެ. ގޭތެރޭގެ މާޙައުލު ހުރި ގޮތާމެދު ނިމްރާ ސުވާލުކުރިއެވެ. ޝަރުމީނާ ވާހަކަދައްކަން ނުކެރުނުކަން އަރްސަލް ހާމަކުރީ ދެނެވެ.

"މިތާ އޮންނަން ބޭނުންވަނީ، އެކަމަކު މިހާރު ބައްޕަ ސުވާލުކުރާނެ ރޭގަނޑު ނިދަން ގެއަށް ނުގޮސްފިއްޔާ، އޭރު ގެއިން ނިކުތް ވަގުތު ވެސް އެހި ކޮންތާކައްތޯ އަހަރެން ދަނީ" އަރްސަލް ބުނެލިއެވެ.

"މިހާރު ދެން ގިނަވަގުތު ޢާއިލާއާއެކު ހޭދަކުރަންވާނީ، ބައްޕަ ވެސް އޭރުން އުފާވާނީ، ދެން މާ ދަން ނުވަނީސް ގެއަށް ދޭ" ނިމްރާގެ ޚިޔާލު އޭނާ ފާޅުކުރިއެވެ.

* * * * *

އާ ދުވަހެއް ފެށުނީ ބިލާލުއާއެކު ރާދިންއާއި އަރްސަލްގެ އިތުރުން ހަލަފް ފަތިސް ނަމާދުކޮށްގެން މިސްކިތުން ގެއަށް އައުމާއެކުއެވެ. އަރްސަލް ރޭގައި ގެއަށް އައީ ބާރަޖެހިފަހުންކަން ބިލާލު ދެނަހުއްޓެވެ. އަރްސަލްގެ އުޅުމަށް ބޮޑު ބަދަލުތަކެއް އައިސްފިހެން ބިލާލުއަށް ވެސް ހީވިއެވެ. ބަދިގޭގައި ތިން ފިރިހެން ކުދީންތައް ކޮފީ ހަދަން ކޮފީ މެޝިނުކައިރީ ހުރީ ބިލާލުއެވެ. ރާދިންއަށް ކޮފީ ތަށްޓެއް ދިނުމަށްފަހު ހަލަފް ކުރިމަތީ ދެވަނަ ކޮފީ ތަށި ބިލާލު ބެހެއްޓުމާއެކު އަރްސަލް އެ ތަށި ނަގައިފިއެވެ.

"ގިވް މީ މައި ކޮފީ" ހަލަފް އަޑުލައިގަތުމާއެކު އަރްސަލްގެ ކޮނޑުގައި އަޅައި ކޮށްޕާލިއެވެ.

"ބައްޕަ މި ހަދައި ދެނީއޭ، ދެން ނިމޭ ތަށި ހަލަފްއަށް ދޭނަމޭ، މިފަހަރު ދެން ދޮންބެއަށް ދޫކޮށްލާ" ބިލާލު ބުނެލިއެވެ.

"ނޯ... ހަމަ އެތަށި ބޭނުމީ" ހަލަފް ވެސް ބޮޑާހާކާލިއެވެ. އަރްސަލް ގަސްދުގައި ކޮފީތަށި ހަލަފްއަށް ދައްކައިގެން އިނދެ އެތިފޮދެއް ބޯލިއެވެ.

"މިކޮފީ މާ މީރު" އަރްސަލް ކޮފީގެ މީރުކަމުން އަޑުލައްވާލަމުން ބުނެލިއެވެ. ރާދިން ހީނހީނ އިނެވެ. ބިލާލުއަށް ވީ އާ މަންޒަރަކަށެވެ. އަރްސަލްގެ ޠަބީޢަތް ހަޤީޤަތުގައި ވެސް ބަދަލުވެއްޖެއޭ ބިލާލުގެ ޟަމީރު ވެސް ބުނެލިއެވެ. ބިލާލަށް ވެސް ހީނލެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. ފެންނަމުންދިޔައީ އޭނާ ދުށުމަށް ބޭނުންވި މަންޒަރެއް ފަދައެވެ.

"ހަލަފް، ދޮންބެ ބޮޑުކުއްޖާއަށް ދޫކޮށްލަބަލަ" ހަލަފް ބޮޑާހާކާތަން ބަލަން ހުރެފައި ހިނިއައިސްފައި ހުރެ ބިލާލު ބުނެލިއެވެ.

"އަޅުގަނޑު އެންމެ ކުޑައީ، އެންމެ ކުޑަކުއްޖާއަށް އެންމެ ފުރަތަމަ ލިބެންޖެހޭނީ" އަރްސަލްއަށް ކަޅިއަޅާލުމާއެކު ހަލަފް ބުނެލިއެވެ.

"ކުޑަކުދީން ކޮފީ ބޯކަށް ވެސް ނުވާނެ" އަރްސަލް އިނދެފައި ބުނެލިއެވެ.

"ޑޭޑް ބަލާބަލަ މި ދޮންބެ، ރާދުބެ ވެސް ހުންނާނީ މި ދޮންބެގެ ކޮޅަށް.... ޔޫ ޑެވިލް، ރެޑް ކައިރީ ބުނާނަން އިނގޭ" ހަލަފް އެންމެ ފަހުން ބުނެލި އެއްޗަކުން އަރްސަލް އަތުން ކޮފީތަށި ދޫނުވީ ކިރިޔާއެވެ. އެންމެންގެ ސަމާލުކަން އަރްސަލްއަށް ހުއްޓުނެވެ.

"ހޫން ދެން މިތަށިން ބޮއެބަލަ" ކޮފީތަށި ހަލަފްއާ ދިމާއަށް ކުޑަކޮށް ކޮށްޕާލާފައި އޭނާގެ ފުއްކިބައި އަރްސަލް ޖެހިއެވެ. އަދި ތެދުވެގެން އަވަސް އަވަހަށް ހިނގައްޖެއެވެ. ލިބުނު ކާމިޔާބުން ހަލަފް ހީނލަހީނލާ އިނެވެ. ބިލާލު ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އަރްސަލްއަށް ވީގޮތާއި ހަލަފްގެ ބުނި އެއްޗަކާމެދު ބިލާލަށް ވިސްނާލެވުނެވެ.

ހުކުރުން ފައިބައިގެން އައިސް އެންމެން އެކުގައި ކާމޭޒުދޮށުގައި ތިބިއިރު އަރްސަލްއަށް ވިސްނެނީ ނިމްރާއާ މެދުއެވެ. އެ ޢާއިލާއާ ނިމްރާ ބައްދަލުކޮށްދޭން އޭނާ ނުހަނު ބޭނުމެވެ. އެކަމަކު ފުރަތަމަ ކަމަކަށް އޭނާ ބޭނުންވަނީ ނިމްރާއާ ކައިވެނިކުރަން ބޭނުންވާކަން ހާމަކުރާށެވެ. ނިމްރާ ނޫނެކޭ ނުބުނާނޭކަން މިހާރު އަރްސަލްއަށް ޔަގީންވެއެވެ. އެހިސާބުން ދެން އެވީ ބައްޕައާ ނިމްރާ ބައްދަލުކޮށްދޭށެވެ. މިވަގުތު ނިމްރާ އިންނާނީ އެކަނިމާއެކަނި ކާންކަން އަރްސަލްގެ ހިތަށް އެރިއެވެ. ކައިގެން ނިމްރާގެ ގާތަށް ދާން އަރްސަލް ނިންމީ އެހެންވެއެވެ.

މެންދުރު ކައި ނިންމާފައި އެންމެން ބޮޑުކޮޓަރީގައި މަޑުކޮށްލިއެވެ. އަސުރު ނަމަދާ ދޭތެރޭ ވަގުތުކޮޅެއް އޮތުމުން ޓީވީ ބަލަން އިނދެފައި ބިލާލު ވެސް ދިޔައީ ކޮޓަރިއަށެވެ. އެވަގުތު އަރްސަލް އަވަހަށް ގެއިން ނުކުތެވެ. ކޮންމެ ފަހަރަކު ބައްޕަ ގާތުގައި ރައްޓެއްސަކާ ބައްދަލުކުރާށޭ ދަނީ ބުނަން އަރްސަލް ބޭނުންނުވީއެވެ. އަނެއްކޮޅުން އަރްސަލް ސިއްރުން ކަމެއް ކުރަނީއޭ ބިލާލަށް ހީވާން ވެސް އަރްސަލް ބޭނުންނުވަނީއެވެ.

ކާރުގައި ހޮޓެލާ ދިމާއަށް ދަނިކޮށް މަގުމަތިން ކީފާ ފެނިގެން އަރްސަލް މަޑުކޮށްލިއެވެ. ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލާ ކީފާއަށް ގޮވާލިއެވެ.

"ތަނަކަށް ދާންތަ ތި ދަނީ، ބިޒީ ނޫނިއްޔާ ކޮފީއަކަށް އަރަންކަމަށް" އަރްސަލް ބުނެލިއެވެ. ފުރަތަމަ ހުއްޓުން އަރާފައި ކިފާއަށް ހުރެވުނަސް އޭނާ ވާހަކަދައްކަން ފެށިއެވެ.

"ބިޒީއެއްނޫން، މިހާރުތަ؟ ހަވީރު ފައިވްކަން ހާއިރު ކިހިނެއްވާނީ، މިދަނީ ފްރެންޑަކާ މީޓްކުރަން" ކީފާ އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ބުނެލިއެވެ.

"ފައިވްގަ އޯކޭ، އަރާ... އަހަރެން ގެންގޮސްދީފާނަން" އަރްސަލް ބުނެލިއެވެ.

"އިޓްސް އޯކޭ، އަހަރެން ހިނގާލާފަ ގޮސްދާނަން" ކިފާ ބުނެލިއެވެ. އަރްސަލްއަށް ޤަބޫލުކުރަން ދަތިވިއެވެ. އޭނާއާއެކު ވަގުތު ހޭދަކުރަން ފުރުޞަތެއް ލިބޭތޯ ބަލަބަލާ ހުންނަ ކީފާ ނޫނެކޭ ބުނުމުން އަރްސަލް ހައިރާންވީއެވެ.

"ދެން އަރާބަލަ، ހިނގާފަ ދިއުމަށްވުރެ އަވަހަށް ދެވޭނެއެއްނު، އަހަންނަށް އުނދަގުލެއްނުވާނެއޭ" އަރްސަލް ބުނެލިއެވެ. ކީފާ ހިނިތުންވެލިއެވެ. އަދި އައިސް ކާރުގެ ކުރީ ދޮރުފަތް ހުޅުވާލައި ސީޓުގައި އިށީނދެއްޖެއެވެ. ދާންވީ ތަން ކީފާ ކިޔާދިނުމުން އަރްސަލް ކާރުގެ މިސްރާބު އެ ދިމާއަށް ބަދަލުކޮށްލިއެވެ.

ނިމްރާގެ ގާތަށް އަރްސަލް އައީ ކީފާ ބުނި ގެއަކަށް އޭނާ ގެންގޮސް ލާފައެވެ. އޭނާ ކީފާއާ ދައްކަން ބޭނުންވާ ވާހަކަ ފަސްކޮށްލީ ކޮފީއިން ބައްދަލުވެ ހަމަޖެހިގެން ތިބެ ކީފާއާ އެ ވާހަކަދައްކަން އަރްސަލް ބޭނުންވާތީއެވެ. ނިމްރާއާ ދެ މީހުން ވާހަކައިގައި ސިޓިންރޫމުގައި ތިއްބާ އަރްސަލްއަށް ފޯނެއްއައެވެ. އޭނާ ނިމްރާއަށް ބަލާލަފައި ފޯނު ހިފައިގެން ދުރަށް ޖެހިލީ މުހިންމު ކޯލެކޭ ސިއްރުން ބުނެލަމުންނެވެ. ނިމްރާ ބޯޖަހާލަމުން ޓީވީއިން ދައްކަމުން ދިޔަ ޕްރޮގްރާމަށް ނަޒަރު ހުއްޓާލިއެވެ.

"ދާންވީތަ؟" އަރްސަލް ފޯނުކޯލު ނިންމާލާފައި އައިސް ހުއްޓިލި ގޮތުން ނިމްރާއަށް އެނގުނެވެ.

"ފައިވްއަށް ދާންބުނެފައި... ދެން ނެތެއްނު ގިނައިރެއް... އަންނާނަން އިނގޭ ފަހުން" އަރްސަލް ބުނެލިއެވެ. ނިމްރާ ހިނިތުންވެލަމުން ބޯޖަހާލިއެވެ. އަރްސަލްއާއެކު ދޮރާ ހަމައަށް ނިމްރާއައެވެ.

ކަމެއްނެތިފައި ސޯފާގައި ނިމްރާ އޮއްވާ ފޯނަށް މެސެޖެއް އައުމުން އިވޭ ރަނގަބީލުގެ އަޑު އިވުނެވެ. ކޮފީ މޭޒުމަތީ ބޭއްވުނު ފޯނު ނިމްރާ ނެގިއިރު ވައިބާ މެސެޖުތަކެއް ލިބިފައި ހުއްޓެވެ. ކާކުކަން ނޭނގޭ ނަންބަރަކުން ކޮށްފައި ހުރި މެސެޖުތައް ނިމްރާ ކިޔާލުމުގެ ކުރީން ފޮނުވާފައި ހުރި ފޮޓޯ ނިމްރާގެ ލޮލުގައި އަޅައިގަތެވެ. އަރްސަލްއާއި ކިފާ ކާރުން ފައިބަނިކޮށް ނަގާފައި ހުރި ފޮޓޯއެކެވެ. އެ ފޮޓޯއަށް ބަލަން ހުއްޓާ އަނެއްކާ އަނެއް ފޮޓޯ އެ މީހަކު ފޮނުވައިފިނެވެ. ކީފާއާއެކު ރެސްޓޯރެންޓަކަށް އަރްސަލް ވަންނަނިކޮށް ނަގާފައި ހުރި ފޮޓޯއެކެވެ. ތިންވަނައަށް ފޮނުވީ މޭޒުދޮށުގައި އެ މީހުން ތިއްބާ ނަގައިފައި ހުރި ފޮޓޯއެކެވެ.

"އެ ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ކެނޑިދާނޭކަމަށް ހީކުރީތަ؟ މީ މިހާރު މިވަގުތު ހިނގަމުންދާ ކަންކަން" ފޮޓޯތަކަށްފަހު ލިބުނު މެސެޖު ނިމްރާ ކިޔާލިއެވެ.

"ތި މެސެޖުކުރެވެނީ ނުބައި މީހަކަށް" އިރުކޮޅަކު ފޯނުގެ އިސްކުރީނަށް ބަލަން އިނދެފައި ނިމްރާ މެސެޖުކޮށްލިއެވެ. އެހެންފެންނަ ފޮޓޯއަކަށް ހެއްލެން ނިމްރާ ބޭނުންނުވީއެވެ.

"ތީ ނިމްރާކަން އެނގިހުރެ މި މެސެޖުކުރީ" އެ ނުދަންނަ ނަންބަރުން ވަގުތުން ނިމްރާއަށް ރައްދުދިނެވެ.

* * * * *

"ކާކައްތަ ތި މެސެޖުކުރަނީ، އިހަށް ފޯނު ބާއްވަބަލަ، އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފަ އޮތީ" ފޯނުހިފައިގެން އިން ކީފާއަށް އަރްސަލް ބުނެލިއެވެ.

ކީފާ ހުރި ހިސާބަކަށް އަރްސަލް އޭނާ ބަލާ އައީއެވެ. އެ ހުރިހާ ކަމެއް އޭނާ އެ ކުރަނީ ކީފާއާ މިޢުވާނުގެ ވާހަކަދައްކަން ބޭނުންވެގެންނެވެ. ކިފާ ރުޅި އަރުވާނުލާ އޭނާއަށް މިޢުވާނަކީ ކޮންކަހަލަ މީހެއްކަން ބުނެދޭން އަރްސަލް ބޭނުންވާތީއެވެ. (ނުނިމޭ)