ވިޔަފާރި

ލިލީގެ ކަވަން ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފި

Aug 13, 2018

ލިލީ އިންޓަނޭޝަނަލްއިން ރޯދަ މަހު ކުރިއަށް ގެންދިޔަ، "ކަވަން ބްރޭންޑް" ގެ ސާމާނަށް ހާއްސަ ޕްރޮމޯޝަނުގެ ގުރުއަތުލުން ބާއްވައިފިއެވެ.

ލިލީ އިން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ނަސީބުވެރިން ހޮވާފައިވަނީ އަމީނީމަގުގައި ހުންނަ ލިލީގެ "ސްޓޮޕް އެންޑް ޝޮޕް" ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ ކޫޕަން ނަމްބަރު 15539 އެވެ.

ކަވަން އަކީ ރަހަ މީހު ލުއި ކާނާ އެކެވެ. އަދި މިއީ ފަސޭހަކަމާއެކު ފިހެލެވޭ ގޮތަށް ހުންނަ އުފެއްދުމެކެވެ. މި ބްރޭންޑުގެ ފަރާޓާ ފަދަ ގިނަ ސާމާނުތައް ލިލީ އިންޓަނޭޝަނަލުން ވިއްކާ އެއްޗެކެވެ.

ލިލީ އިންޓަނޭޝަނަލްއަކީ ރާއްޖެއަށް އެންމެ ގިނަ އުފެދުންތައް ވިއްކާ އެއް ކުންފުންޏެވެ.