ވިޔަފާރި

ކަވަން ބްރޭންޑުގެ ޕްރޮމޯޝަނެއް ލިލީ އިންޓަނޭޝަނަލް އިން ފަށައިފި

ރާއްޖެއަށް ކެއުން ބުއިމުގެ ގިނަ ބާވަތްތަކެއް އެތެރެކުރާ ލިލީ އިންޓަނޭޝަނަލް އިން ކަވަން ބްރޭންޑުގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ކަވަން އަކީ ފަސޭހަކަމާއެކު ފިހެލައިގެން ކައިލެވޭ ގޮތަށް ތައްޔާރު ކޮށްފައި ހުންނަ ފަރާޓާ އާއި ރޮށި ފަދަ ތަކެތިން ތައްޔާރު ކުރާ ބްރޭންޑެކެވެ.

ލިލީ އިންޓަނޭޝަނަލް އިން ބުނީ ރޯދަމަހާއި ދިމާކޮށް ލިލީ އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކަވާން ބްރޭންޑްގެ ތަކެތިން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ބްރޭންޑުގެ ބާވަތްތައް ރާއްޖޭގައި ވަރަށް ވިކޭ ކަމަށާއި ހާއްސަކޮށް ރޯދަ މަހު މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމުގެ މަގްސަދަކީ ކަސްޓަމަރުންގެ ޖީބަށް ލުއިކޮށް، އަގު ހެޔޮ ކުރުން ކަމަށެވެ.

ލިލީ އިންޓަނޭޝަނަލްއަކީ ރާއްޖެ އަށް އެންމެ ގިނަ އިން މުދާ އެތެރެކުރާ އެއް ކުންފުނި އެވެ. އެ ކުންފުނިން ދަނީ ރާއްޖޭގެ ލޯކަލް ބާޒަރުގެ އިތުރުން ރިސޯޓު މާކެޓަށް ބޭނުންވާ ހައި ޕްރޮޑަކްޓްތައް ވެސް ފޯރުކޮށްދެމުންނެވެ. އަދި މި އުފެއްދުންތަކަށް ރާއްޖޭގައި ބޮޑު ޑިމާންޑެއްވެސް އޮވެ އެވެ.