ފިނިޕޭޖް

ހުކުރުގައި މި ފިލްމުތައް ޝުވެކަށް

ސޮނީ ޕިކްޗާސް އިން ގެނެސްދޭ އެޑްވެންޗާ ފިލްމު "އަލްފާ" އާއި އާނަންދު ޕަންޑިތު މޯޝަން ޕިކްޗާސް އެންޑް ޕެރެނޯމާ ފިލްމްސް އިން ގެނެސްދޭ ފިލްމު "ސައްތުޔަމޭވަ ޖަޔަތީ" އަންނަ ހުކުރުގައި ޝުވެކް ސިނަމާގައި ޕްރިމިއާ ކުރާނެ އެވެ.

ޝުވެކްގައި ދެއްކުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޝޯތަކުގެ ޓިކެޓް ބުކްކުރުމާއި ޓިކެޓް ވިއްކުން މިހާރު ވަނީ ފަށާފަ އެވެ. މާލެ އާއި ހުޅުމާލެ ޝުވެކްގައިވެސް މި ފިލްމުތައް ދައްކާނެ އެވެ.

އަލްފާ

ހިސްޓޯރިކަލް ޑްރާމާ އެޑްވެންޗާ މި ފިލްމު ޑައިރެކްޓުކުރީ އެލްބާޓް ހިއުޒް އެވެ. އެލްބާޓް ލިޔުނު ވާހަކައަށް ތައްޔާރުކުރާ މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރީ ޑެނީލް ސެބަސްޓިއަން އެވެ. މުހިންމު ރޯލުތަކުން ކޯޑީ ސްމިތް މެކްފީ، ލިއޮނޯރް ވެރޭލާ އަދި ޖެންސް ހުލްޓެން ފެނިގެންދާނެ އެވެ.

"އަލްފާ" ޓްރެއިލާ.

އިންސާނަކާއި ހިޔަޅަކާއި ދެމެދުގައި އުފެދާ ގާތްގުޅުމެއްގެ ވާހަކަ ގެނެސްދޭ މި ފިލްމަކީ ކޮލަމްބިއާ ޕިކްޗާސްއާއި ސްޓޫޑިއޯ އެއިޓް އަދި ދި ޕިކްޗާ ކޮމްޕެނީ ގުޅިގެން ގެނެސްދޭ ފިލްމެވެ. މި ފިލްމު ޑިސްޓްރިބިއުޓްކުރަނީ ސޮނީ ޕިކްޗާސް އެންޓަޓެއިންމަންޓުންނެވެ.

ސައްތުޔަމޭވަ ޖަޔަތީ

ވިޖިލޭންޓް އެކްޝަން ތްރިލާ މި ފިލްމު ޑައިރެކްޓުކުރީ މިލަޕް މިލަން ޒަވޭރީ އެވެ. ސާޖިދް ވާޖިދު މިއުޒިކް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ހިމެނޭ ލަވަ "ދިލްބަރް" އަކީ މިހާރުވެސް ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައިވާ ލަވައެކެވެ.

"ސައްތުޔަމޭވަ ޖަޔަތީ" ޓްރެއިލާ.

މުމްބާއި ފުލުހުންތަކެއް މަރާލައި ފުލުހުންނަށް ހަމަލާދޭން އުޅޭ ބައެއްގެ ކިބައިން ސަލާމަތްވުމަށް ފިލުހުންގެ މީހަކު ކުރާ މަސައްކަތް ދައްކުވައިދޭ މި ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދާނީ ޖޯން އަބްރަހަމް، މަނޯޖް ބަޖްޕައީ، އައިޝާ ޝަރްމާ، އަމްރުތާ ޚާންވިލްކަރް، ޓޯޓާ ރޯއީ ޗައުދަރީ އަދި ދެވަދައްތާ ނާގޭ އެވެ.