ފިނިޕޭޖް

ޕިންޑޭ ހަމަ އެގޮތުގައި އެނބުރި އައިސްފި

ކުރީގެ މަޝްހޫރު ދިވެހި ކޮމޭޑިއަން، އަލީ އަބްދުﷲ ނުވަތަ މަޝްހޫރު ނަމުންނަމަ "ޕިންޑޭ" އިޝްތިހާރަކާއެކު އެނބުރި އަތުވެއްޖެ އެވެ. އެތައް ބަޔަކު ހެއްވާލާއި ހިތުން ބޮޑު ޖާގައެއް ހޯދި ޕިންޑޭ ފެނިގެންދިޔައީ އެސްޖޭ ހާޑްވެއާގެ އިޝްތިހާރަކުންނެވެ.

ކަސްޓަމްސްގެ ޑްރާމާ "ޒަމާން" އިން 1997 ވަނަ އަހަރު ތައާރަފުވި ޕިންޑޭ އޭރައި މިހާރު ވަކި ތަފާތެއް ނެތެވެ. އޭނާގެ ސަކަ މަޖަލާއި ވާހަކަދެއްކުމުގެ ވައްޓަފާޅިޔަށް ބަދަލެއް ނާދެ އެވެ. އަދިވެސް އޭނާ ހުންނަނީ ކޮނޑަށް ހަމަ ތުވާލި އެއްލަ އެއްލަ އެވެ. މީހުން ހެއްވުމުގައި އަދިވެސް ހަމަ އެއް ވަނަ އެވެ.

ޕިންޑޭ އެންމެ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ، ކަސްޓަމްއަށް "ޒަމާން" ޓެލެޑްރާމާއިން އެވެ. އެއީ ޖުލައި 26 މުނާސަބަތުގައި ތައްޔާރުކޮށް ގެނެސްދިން ޑްރާމާއެކެވެ. މީހުންގެ ސަމާލުކަމާއި ލޯތްބާއެކު އެ ޑްރާމާއިން ޕިންޑޭ ވަނަވެސް ހޯދި އެވެ. ޕިންޑޭގެ މަޖާ ކެރެޓާ ބިނާވެފައި ވަނީ، ރާއްޖޭގައި އުޅޭ ބިދޭސީ މީހެއްގެ އުޅުމުގެ މައްޗަށެވެ.

މިހާރު އެކްޓިންގެ ދާއިރާއާއި ދުރުގައި އުޅޭ ޕިންޑޭ ތިން ޑްރާމާއެއް ކުޅުނެވެ. އެއީ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ކުޅުނު އެއް ޑްރާމާ އާއި ކަސްޓަމްސްގެ "ޒަމާން" އަދި ނޮވެމްބަރު 11 އާ ގުޅުވައިގެން 2،000 ގެ ކުރީކޮޅު ކުޅުނު ޑްރާމާ އެކެވެ.