ބޭރު ކުޅިވަރު

ލިވަޕޫލަށް ބަދަލުވާން މިލްނާ އެއްބަސްވެއްޖެ

މެންޗެސްޓާ ސިޓީ އާއި އިންްގްލެންޑްގެ މިޑްފީލްޑަރު ޖޭމްސް މިލްނާ ލިވަޕޫލަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.

ލިވަޕޫލްއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ލިވަޕޫލަށް ބަދަލުވާން އޭނާ ވަނީ ނިންމައިފަ އެވެ. އެކަމަކު ލިވަޕޫލަށް ރަސްމީކޮށް މިލްނާ އަށް ބަދަލުވެވޭނީ ސިޓީއާއެކު އޭނާ ހަދައިފައިވާ ކޮންޓުރެކްޓް ހަމަވުމުން، ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ. 

ރިޕޯޓްތަކުން ބުނާ ގޮތުގައި މިލްނާ ލިވަޕޫލަށް ބަދަލުވާން ނިންމީ ސިޓީން އޭނާގެ ކޮންޓުރެކްޓް އާކުރަން ހުށަހަޅައިފައި ވަނިކޮށެވެ. އަދި އާސެނަލް އިން ވެސް އޭނާ ގެންދަން ޝައުގުވެރިވި އެވެ.

ލީޑްސް ޔުނައިޓެޑް އިން ކެރިއަރު ފެށުމަށް ފަހު، މިލްނާ ވަނީ ނިއުކާސަލް ޔުނައިޓެޑަށް ބަދަލުވެ އެ ކްލަބުގައި ހަތަރު އަހަރު ހޭދަކޮށްފަ އެވެ. ނިއުކާސަލް ދޫކޮށް އެސްޓަން ވިލާ އަށް ވެސް މިލްނާ ކުޅުނެވެ.

ސިޓީގައި ހޭދަކުރި ފަސް އަހަރުގެ ތެރޭގައި މިލްނާ ވަނީ ޕްރިމިއާ ލީގު ދެ ފަހަރު އަދި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. -- ބީބީސީ