ހަބަރު

ދިޔަމިގިލީގެ ނަރުދަމާ ރައީސް އިފްތިތާހުކޮށް ދެއްވައިފި

ތ ދިޔަމިގިލީގެ ނަރުދަމާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިފްތިތާހްކޮށްދެއްވައިފި އެވެ.

ދިޔަމިގިލީގެ ނަރުދަމާއަކީ ފެންކުންފުނީގެ ހަވާލުގައި 28.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ ނަރުދަމާއެކެވެ. އެ މަސައްކަތް ފެށީ 2015 ވަނަ އަހަރު އެވެ. ނިންމާފައިވަނީ 2016 ވަނަ އަހަރުގެ މޮވެމްބަރު މަހުގެ ތެރޭގަ އެވެ.

މި މަޝްރޫއުގެ އެމްޑަބްލިޔުއެސްސީއާ ހަވާލުކުރުމާއެކު އެރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކޮށް ޑިޒައިން ހެދުމާއި އީއައިއޭގެ މަސައްކަތް ކިރިއަށްގެންދެވުނެވެ.

މި މަޝްރޫއުގެ ދަށުން ދިޔަމިގިލީގައި ދެ ޕަމްޕް ސްޓޭޝަން ބަހައްޓައި، 5.2 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ގާއިމްކޮށްފަ އެވެ. އެއީ އެރަށުގެ 233 ގެއަކަށް ހިދުމަތް ދިނުމުގެ ގޮތުންނެވެ.