ހަބަރު

ގެއްލިގެން ހޯދި މީހާ ފެނިއްޖެ

ނ. ޅޮހިން ދޯންޏެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު ޒުވާނާ ފެނިއްޖެ އެވެ.

ދޯނީގައި ދަތުރުކުރަމުން ދަނިކޮށް ގެއްލިފައިވަނީ ޅޮހީ ފެހިވިނަ، އުމުރުން 30 އަހަރުގެ ހުސައިން އަދުނާނު އެވެ. އޭނާ ފެނުނު އިރު ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، އޭނާ ފެނުނީ ސީޕްލޭންގައި ވައިގެ މަގުން ބަލަމުންދަނިކޮށް ކަމަށެވެ. އޭރުވެސް އޭނާ ހުރީ ދޯނީގަ އެވެ. އަދި އޭނާ މިހާރު ކޯސްޓްގާޑް ލޯންޗްގައި މަނަދޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ރޭ 10:30 ހާއިރު ޅޮހިން ފުރި ޒުވާނާއަށް އެންމެ ފަހުން ގުޅިފައިވަނީ ރޭ ދަންވަރު 1:30 ހާއިރު އެވެ. އެކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ދަންވަރު 2:00 ހާއިރެވެ.