ވިޔަފާރި

އެންމެ ހިނގަނީ އޮކްސިޖަން ބްލޫގެ ދިވެހި ކެއުން!

Aug 17, 2018
1

ދިވެހި ކެއުމެއް ކާލައި ހިތުން އުޅޭތާ ލައްކަ ދުވަސް ވެއްޖެ އެވެ. އެކަމަކު، އެކަހަލަ ކެއުންގަނޑެއް ލިބޭނެ ތަނެއް ވިސްނާ ވިސްނާވެސް ނޭނގުނެވެ. ފޭސްބުކް ރަނގަޅަށް ހާވާލުމުން އެކަމަށް ހައްލު ލިބިއްޖެ އެވެ. ކުރީގެ ހާބަރު "ކަޑަތައް" ފަހުން ހުޅުވި ފުޑްކޯޓު ސަރަހައްދުގައި ހުޅުވާގައިވާ "އޮކްސިޖަން ބްލޫ" އިން ނެރެ ފޭސްބުކްގައި ތަތް ކޮށްފައިވާ ފޮޓޯއަކީ އެތަނުން ދިވެހި ކެއުންލިބޭ ކަމަށް ބުނެ ނެރުނު އިޝްތިހާރެކެވެ. ފޮޓޯގަނޑު ފެނިފައިވާ ވެސް ކުޅުދިޔާވެ ކާ ހިތްވެއްޖެ އެވެ. ދިވެހި ކެއުމެއްގައިނަމަ ކޮންމެހެން ހުންނަން ޖެހޭ މައިގަނޑު ބާވަތްތަކުން އެ ޑިޝްވަނީ ފަޅުފިލައިގެން ގޮސްފަ އެވެ. ފޮޓޯ ފެނި އެތަށް ބަޔަކު އޮކްސިޖަން ބްލޫގެ ދިވެހި ކެއުންކާލަން މިހާރު ޖަމާވެ އެވެ. މިއީ އެންމެ ހިނގާ އެއް ކެއުމަށް މިހާރުވެއްޖެ އެވެ.

"މެންދުރު އެންމެ ބޮޑަށް މީހުން ނަގަނީ ދިވެހި ކެއުން. ވެދާނެ މީގެ އަގު ހެޔޮވީމަ ވާ ކަމެއް ކަމަށް ވެސް ވެދާނެ. މެންދުރުގެ އެންމެ ޑިމާންޑް ބޮޑީ މީތި،" އޮކްސިޖަން ބްލޫގެ އޮފިޝަލެއް ވިދާޅުވި އެވެ.

އޮކްސިޖަން ބްލޫގެ ދިވެހި މެނޫ

ދިވެހި ކެއުމަށް ގިނަ މީހުން ވަރު ހުންނަނީ މީގެ ރަހަތައް މީރު ވުމުންނެވެ. މިގޮތަށް ބަލާއިރު އޮކްސިޖަން ބްލޫގެ ދިވެހި ކެއުންމުގެ ތަށިގައި ހުރިހާ ރަށައެއް ވަނީ ހެޔޮވަރު ކޮށްފަ އެވެ. ދިވެހި ކެއުމަށް އޮކްސިޖަން ބްލޫ އިން ދެނީ ބަތާއި ރިހާކުރު ދިޔަ އަދި ތެލުލި މަހާއި ވަޅޯމަސް އަދި ތެލުވި ފަތުގެ އިތުރުން ލުނބޮޔާއި ފުނޑި މިރުސް އަދި ކައްޓަލަ އާއި މާޅެސްކެޔޮ ހިމެނޭ ހެޔޮވަރު ތައްޓެކެވެ.

އޮކްސިޖަންގެ އެހެން ރެސްޓޯރެންޓްތަކެކޭ އެއްގޮތަށް މި "އޮކްސިޖަން ބްލޫ" އިން ދިވެހި ކެއުމުގެ އިތުރުން އެތަށް ރަހައެއް ފޯރުކޮށްދެ އެވެ. ތަފާތު އެކި ޖޫސްތަކާއި ހަވީރު ގަޑިއަށް މީރު ހެދިކާގެ ރަހަތައްވެސް މިތަނުން ލިބޭނެ އެވެ.