ލައިފްސްޓައިލް

ޓޮޕް ޓެންގައި ޓްރެންޑުވާ ފޯނުތައް!

ސެމްސަންގުން އެމީހުންގެ އާ ފޯނު "ސެމްސަންގް ގެލެކްސީ ނޯޓް ނައިން" އިއުލާނުކުރުމާއެކު، ޖީއެސްއެމް އެރީނާގެ ޓޮޕް ޓެންގައި ޓްރެންޑުވާ ފޯނުތަކުގެ ޗާޓަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އަހަރުގެ 32 ވަނަ ހަފްތާއަށް އައިއިރު، ގެލެކްސީ ނޯޓް ނައިން މިހާރު ވަނީ މި ޗާޓުގެ ދެ ވަނާގަ އެވެ.

މި ޗާޓުގައި އަދިވެސް ރަސްކަން ކުރަމުން އަންނަނީ "ޒިއާއޯމީ އެމްއައި އޭޓޫ" އެވެ. ދާދިފަހުން ޔޫރަޕްގެ މާކެޓަށް ތައާރަފުވި "ވާވޭ ނޯވާ ޕީ" އަށް ޗާޓުގެ ތިން ވަނަ ވަނީ ލިބިފަ އެވެ. ޔޫރަފްގެ މާކެޓަށް މި ފޯނު ތައާރަފުވީ "ވާވޭ ސްމާޓްފޯން ތްރީއައި" ގެ ނަމުންނެވެ. ކުރިން މި ފޯނު އޮތީ ޗާޓުގެ ފަސް ވަނާގަ އެވެ.

ޗާޓުގެ ހަތަރު ވަނަ ދިފާއުކޮށްފައި ވަނީ "ޒިއާއޯމީ ރެޑްމީ ނޯޓް ފައިވް ޕްރޯ" އެވެ. ކުރިން ޗާޓުގެ ދެ ވަނާގައި އޮތް "ސެމްސަންގް ގެލެކްސީ ޖޭއެއިޓް" ވަނީ ޗާޓުގެ ފަސް ވަނައަށް ވެއްޓިފަ އެވެ. ހަ ވަނާގައި އޮތީ "ވާވޭ ހޮނާ ޕްލޭ" އެވެ. މިއީ މި ޗާޓަށް އަލަށް އެރި ފޯނެކެވެ.

މިދިޔަ ހަފްތާގައިވެސް އޮތް ޖާގާގައި ޗާޓުގެ ހަތް ވަނާގައި އަދިވެސް އޮތީ "ސެމްސަންގް ގެލެކްސީ ޖޭ ސިކްސް" އެވެ. ކުރިއަށްވުރެ ދެ ޖާގަ ފަހަތަށް ޖެހިލައި ޗާޓުގެ އަށް ވަނާގައި މިހާރު އޮތީ "ޒިިއާއޯމީ އެމްއައި އޭޓޫ" އެވެ.

ފާއިތުވި ދެ ހަފްތާގައި ޗާޓުގެ އެންމެ ފުލުގައި އޮތް "ސެމްސަންގް ގެލެކްސީ އެސްއެއިޓް" މިހާރު ވަނީ ކުރިއަށް ޖެހިލައި ނުވަ ވަނަ ޖާގަ ހޯދާފަ އެވެ. އެއާއެކު ލިސްޓުގެ އެންމެ ފުލުގައި މިހާރު އޮތީ "އޮއްޕޯ އެފްސެވަން" އެވެ. މި ފޯނުވެސް މި ޗާޓަށް އެރި މިއީ އަދި ފުރަތަމަ ފަހަރެވެ.

މި ލިސްޓުން ހާމަވާ އެއްޗަކީ މޮޅު ފީޗާތަކާއެކު އޮއްޕޯއިން އެންމެފަހުން މިދިޔަ ޖޫން މަހު ރިލީޒްކުރި ފޯނަށް މި ލިސްޓުން ޖާގަ ހޯދަން މަހަކަށްވުރެ ގިނަ ދުވަސްވީއިރުވެސް ނުކުޅެދިފައިވާ ކަމެވެ. ބްލެކްބެރީގެ ފަހުގެ ފޯނު "އިވޯލްވް ޑުއޯ" އަށްވެސް މި ޗާޓުގައި ކެތްކޮށްލެވުނީ އެންމެ ހަފްތާއަކު އެވެ.

މި ޗާޓުގައި މިހާރު ނުފޫޒު އޮތީ އެންމެ ހަތަރު ބްރޭންޑުގެ އެވެ. އެއީ ސެމްސަންގް، ވާވޭ، ޒިއާއޯމީ އަދި ވާވޭގެ އެވެ.