ހޯސޭ މޮރީނިއޯ

ޕޮގްބާއާ މައްސަލަޖެހުނު ވާހަކަ މޮރީނިއޯ ދޮގުކޮށްފި

Aug 18, 2018

މެންޗެސްޓާ ޔުނައިޓަޑްގެ މިޑްފީލްޑާ ޕައުލް ޕޮގްބާ އާއި އެ ޓީމުގެ ކޯޗް ހޯސޭ މޮރީނިއޯއާ މައްސަލަ ޖެހިފައިވާ ކަމަށް ބުނާ ވާހަކަ މޮރީނިއޯ ދޮގު ކޮށްފި އެވެ.

އިނިގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މޮރީނިއޯ އާއި ޕޮގްބާގެ ގުޅުމަށް ވަނީ އަސަރުކޮށްފ އެވެ. ނަމަވެސް އެ ވާހަކަތައް ދޮގު ކުރަމުން މޮރީނިއޯ ބުނީ ކުރިއަށްވުރެ މާބޮޑަށް ޕޮގްބާއާ މެދު ހިތް ހަމަޖެހޭ ކަމަށެވެ.

"ހަގީގަތަކީ އަހަރެން އޭނާއާއެކު މަސައްކަތް ކުރާތާ މިހާރު ދެ އަހަރު ވެއްޖެ، މިދޔަ ދެ ހަފުތާ ތެރޭ އޭނާ އާމެދު ކުރިން ހިތްހަމަޖެހޭ ވަރަށް ވުރެ މާބޮޑަށް މިހާރު އަހަރެން އޭނާ އާމެދު ހިތްހަމަޖެހޭ، އެއީ ހަގީގަތަކީ މޮރީނިއޯ ބުންޏެވެ.

"އޭނާގެ ފަރާތުން އިތުރަށް ޑިމާންޑް ކުރާނެ އިތުރު ކަމެއް ނެތް، އޭނާ ޕްރެކްޓިހަށް އައީ ތިން ދުވަސް ކުރިން އަހަރެން އޭނާގެ ގާތުން އެދެނުނީ އެންމެ މުހިންމު މެޗުތަކުގައި އޭނާގެ އެހީތެރިކަން ދިނުމަށް، އުނދަގޫ ވަގުތުގައި އޭނާގެ އެހީ އަހަރެން ވަރަށް ބޭނުން."

މޮރީނިއޯ ބުނީ، ޔުނައިޓަޑް ދޫކޮށް ޕޮގްބާ ނުދާނެ ކަމަށެވެ. ޕޮގްބާ ގެންދަން ބާސާއިން އޭނާއާ ސީދާ ވާހަކަ ދެއްކި ކަމަށެވެސް ވާހަކަ ފެތުރުނެވެ. ނަމަވެސް ޔުނައިޓަޑްގައި ޕޮގްބާ މަޑުކުރާނެ ކަމުގެ ޔަގީންކަން މޮރީނިއޯއަށް އެބައޮތެވެ.