މި ތަނުގައި އިންނައިރު އެއް ފަރާތުން ފެންނާނީ ޓީ-ޖެޓީ ސަރަހައްދެވެ. ކުރިމައްޗަށް ވާ ގޮތަށް އޮންނާނީ އަލަށް ތާރު އަޅައިގެން ހެދި ހިތް ގައިމު މަގެވެ. މި ތަނަށް ވަންނަން އެންމެ ފަސޭ ހަވާނީ ހާބަރު ފުޓްކޯޓުތައް ހުރި ސަރަހައްދުގެ ތާރު މަގާ ދިމާލު ޕާކިން ސަރަހައްދުގައި ސައިކަލް ބަހައްޓާފަ އެވެ. ހައުސިން މިނިސްޓްރީގެ ދޮރު މައްޗަށްވާ ގޮތަށް ހުންނަ އެސްޓީއޯ ފިހާރައާ އިން ވެގެން އެ ހުރީ "ލެސޫކް މިންޓް" ރެސްޓޯރެންޓެވެ. ލެސޫކުން އަލަށް ހުޅުވި ކެފޭ އެވެ. މި ތަނުގެ ހާއްސަ ކަމަކީ ކޮބައި ހެއްޔެވެ؟
ލެސޫކް މިންޓުގެ އެންމެ ހާއްސަ އެއް ކަމަކީ މިތަނުގެ ހިތް ގައިމު ތަނަ ވަސް މާހައުލެވެ. ހަމަ ވައި ލިބޭ ގޮތަށް މި ރެސްރޯރެންޓް ހުރިއިރު މިތަނަށް އިތުރު ތަނަވަސް ކަމެއް ގެނެސްދެނީ ހިތްގައިމު މާމައުލެވެ. ލެސޫކް އިން ބޮޑު ތަކުރުފާނު މަގުގައި ހުޅުވާފައިވާ ތަނެކޭ އެއްގޮތަށް މި ތަނުގެ ރަހަތައް ވެސް މީރު ވާނެ އެވެ.
ލެސޫކް މިންޓުގައި ހުރިހާ އުމުރު ފުރާތަކެއްގެ މީހުންނަށް ހާއްސަ ކެއުންތައް ހުރެ އެވެ. މިގޮތުން އަވަހަށް ތައްޔާރު ކޮށްލައިގެން ގެނެސްދޭ ތާޒާ ކެއުންތަކާއި އެކި ގައުމުތަކުގެ މީރު ހަރަހަތައް މިތަނުގައި ލިބެން ހުރުމަކީ ލިބޭނެ ބޮޑު ފަސޭހަ އެކެވެ. ހާއްސަކޮށް ދިވެހިންގެ ގިނަ ބައެއް އެ ގައުމަކަށް އެންމެ ގަޔާވާ އިންޑިއަން ފުޑްގެ ރަހަތައް ހިމެނެ އެވެ. މީގެ އިތުރުން ވަކިވަކި "ސެޓްމީލް" ތައް ލިބެން ހުރުމަކީ އެމީހަކަށް އެންމެ ކަމުދާ ޗޮއިސްއެއް ހިޔާރު ކުރަން ބޭނުންވާ މީހަކަށް އެންމެ ކަމުދާނެ އެއް ކަމަށްވާނެ އެވެ.
ހާއްސަކޮށް ދިވެހިންގެ ގިނަ ބައެއް އެ ގައުމަކަށް އެންމެ ގަޔާވާ އިންޑިއަން ފުޑްގެ ރަހަތައް ހިމެނެ އެވެ. މީގެ އިތުރުން ވަކިވަކި "ސެޓްމީލް" ތައް ލިބެން ހުރުމަކީ އެމީހަކަށް އެންމެ ކަމުދާ ޗޮއިސްއެއް ހިޔާރު ކުރަން ބޭނުންވާ މީހަކަށް އެންމެ ކަމުދާނެ އެއް ކަމަށްވާނެ އެވެ.
ދެން އޮތީ، ލެސޫކް މިންޓުގެ ޖޫހުގެ މީރު ކަމެވެ. މި ތަނުގެ މެނޫގައި ކުރުނބާ ފަނިން ފެށިގެން ތާޒާ އެކި މޭވާގެ މީރު ޖޫސްތަކާއި މިހާރުގެ ކުދިން އެންމެ ޝައުގުވެރި ވާނެ ސްމޫތީ ވެސް ހުންނާނެ އެވެ. ހާއްސަކޮށް މި ތަނުގައި ތައްޔާރުކުރާ އެވަކާޑޯ ޖޫހަކީ ކޮންމެހެން ވެސް ރަހަ ބަލަން ޖެހޭ އެއްޗެކެވެ. ހަށިގަނޑަށް ފައިދާ ހުރި މި ޖޫސް ބޯން މިހާރު ވެސް އެތަށް ބަޔަކު އެތިބީ އެތަނުގަ އެވެ.
ހާއްސަކޮށް މިތަނުގައި ތައްޔާރުކުރާ އެވަކާޑޯ ޖޫހަކީ ކޮންމެހެން ވެސް ރަހަ ބަލަން ޖެހޭ އެއްޗެކެވެ. ހަށިގަނޑަށް ފައިދާ ހުރި މި ޖޫސް ބޯން މިހާރު ވެސް އެތަށް ބަޔަކު އެތިބީ އެތަނުގަ އެވެ.
މި ހުރިހާ ކަމަކާއެކު ދެން އޮތީ އަގު ވެސް ވާހަކަ އެވެ. އަގުތައް ވެސް ހުރީ އެކަށީގެންވާ މިނެއްގަ އެވެ. ހިތް ގައުމު މާހައުލުގައި މީރު ކެއުން ތަކަށް އިންސާފު ކޮށްލަން ދެވޭނެ އަގުގަ އެވެ.