ވާހަކަ

ބުނެދޭށޭރުހެމޭ

(16 އޯގަސްޓް 2018 އާ ގުޅޭ)

ކުރުއަތް މައްޗަށް ތެދުވެލި ނިމްރާ ބަލާލީ އަރްސަލް ބުނަން އުޅެ އެއްޗެއް އަޑުއެހުމުގެ ޝައުގުވެރިކަމުގައެވެ. އަރްސަލްދެކެ ލޯބިވާކަން މުޅި ދުނިޔެއަށް ހާމަކުރަން ވެސް ނިމްރާ ހުރީ ތައްޔާރަށެވެ. އަރްސަލްގެ އަތުގެ ތެރޭގައި އޮންނަ ހަމައެކަނި އަންހެންކުއްޖަކީ އޭނާކަމުގައިވާން ނިމްރާ ބޭނުންވެއެވެ. އަރްސަލްއާ ދިމާއަށް ބަލާލާ ކޮންމެ އަންހެންކުއްޖަކަށް އޭނާއަކީ ނިމްރާގެ މީހެއްކަން ހާމަކުރާން ނިމްރާގެ ހިތް ގޮވަމުންދިޔައެވެ.

ވަރުބަލިކަން ފިލައި އަވަސްވެފައިވާ ނޭވާ ހަމައަކަށް އެޅުމުން އަރްސަލް ވެސް އަރިއަކަށް އެނބުރިލިއެވެ. ކުރުއަތްމައްޗަށް އޭނާއަށް ބަލަން އޮތް ނިމްރާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ލުއި ހިނިތުންވުމަކާއެކު ނިމްރާގެ ނޭފަތު ކޮޅުގައި ހިފައިލައި ދެކޮޅަށް އަރްސަލް ތަޅުވާލިއެވެ.

"ސޫން ބޭބީ... ސޫން ޔޫ ވިލް ނޯ އެވްރިތިންގް" ހިނިތުންވެލައިގެން އޮވެ އަރްސަލް ބުނެލިއެވެ. އަދި ބޯ ހިއްލާލައި ނިމްރާގެ ނިތްކުރީގައި ބޮސްދިނެވެ. އެހެންނަމަވެސް ނިމްރާއަށް އޭނާ އެ ބުނި އެއްޗެއް ކުޑަކޮށް ވެސް ފަހުމެއްނުވިއެވެ. އެނގެން މަސައްކަތް ވެސް ނިމްރާއަށް ނުކުރެވުނީ އޭނާ އުންމީދުކުރި ޖަވާބު އަރްސަލްގެ ފަރާތުން ނައުމުންނެވެ. އެ ދެމެދުގައިވި ހުރިހާ ފަރުދާއެއް ނެގި އެކަކުއަނެކަކަށް ފޮރުވާނޭ ކަމެއް މިހާރު އޮތީއެއް ނޫނެވެ. ފުންވިސްނުމަކަށް ނިމްރާގެ ޚިޔާލާތު ދަތުރުކުރީ އެހެންވެއެވެ. އަރްސަލްއާ މެދު ގޯސް ޚިޔާލެއްކުރަން ބޭނުންނުވިޔަސް ހިތުގެ މައްޗަށް ސިކުނޑީގެ ނިންމުންތައް ބާރުފޯރުވާން ފުރުޞަތު އިތުރުވީއެވެ.

* * * * *

ތުނިކޮށް ހުރި ތުނބުޅީގައި އަތްހާކާލައި ދަތްދޮޅިދަށަށް ވާގޮތަށް ރީތިކޮށް ކޮށްލަމުން އަރްސަލް އައިސް ވަނީ އޭނާގެ ކެބިންއަށެވެ. ފަޓުލޫނުގެ އަރިމަތީ ޖީބަށް ކާނާއަތް ޖަހާލައިގެން އިސްއޮބާލައިގެން ހުރެއެވެ.

"ގެއަށް ދިޔައީތަ؟... ނޯ ވެއިޓް... އޯ ކަމޯން އަރްސަލް... ޑޯންޓް ޓެލް މީ... ނުބުންޏަސް އެނގިއްޖެ، ކޮބާ ނިމް؟" އަރްސަލްއަށް ރާދިން ބަލާލިއެވެ. އޭނާގެ ތެތްކަން އެކުލެވިފައިވާ އިސްތަށިގަނޑު އޮމާންކޮށްލާފައި ހުރި ގޮތާއި މޫނުމަތިން ފެންނަމުން ދިޔަ ތާޒާކަން ރާދިންއަށް އަރްސަލްގެ ހަޤީޤަތް ހާމަކޮށްދިނެވެ. ލާނެތް ހިންޏެއް އައިސްފައި ހުރެ އަރްސަލް އައިސް އޭނާގެ މޭޒުދޮށުގައި އިށީދެއްޖެއެވެ. ކުޑަކޮށް ދެފަރާތަކަށް ގޮނޑި އަނބުރާލާފައި ރާދިންއަށް ބުމަ ހިއްލާލިއެވެ.

"ކޮންކަމަކާ ބޯގޮވާފައި ތިއިނީ؟ އަހަންނާ ހެދިތަ؟" ރާދިން މޫނުގައި ދެއަތްތިލަ ހިންގާލިތަން ފެނި އަރްސަލް އެހިއެވެ. އެއާއެކު ރާދިން ދެފަރާތަށް ބޯހޫރުވާލިއެވެ.

"ބައްޕަ ބުނެފި އާނާ ކަމުދާނަމަ ދެން ގިނަ ދުވަސްނުކޮށް މެރީކުރަން، އަހަރެން ވެސް ބޭނުންވަނީ އެގޮތްކަން އެނގެއެއްނު، އެކަމަކު ޕްރޮޕޯޒްކުރާނެ ގޮތަކާމެދު މި ވިސްނަނީ، ބައި ދި ވޭ... އައި ބޯޓް އަ ރިންގް" މޭޒުގެ ވަތްގަނޑެއް ހުޅުވާލާފައި ރާދިން ކަޅުކުލައިގެ ހަތަރެސްކަން ކުޑަ ފޮށްޓެއް ނަގައި އަރްސަލްއަށް ދައްކާލިއެވެ.

"ރިއަލީ ބްރޯ... ލެޓް މީ ސީ" އަރްސަލް ނިކަން އަވަހަށް ގޮނޑިން ތެދުވެގެން އައިސް ރާދިންގެ މޭޒު ކުރިމަތީ ހުރި ގޮނޑިތަކުން ގޮނޑިއެއް ގައި އިށީނދެއްޖެއެވެ. ރާދިންގެ އަތުގައި އޮތް ފޮށި އަރްސަލް ނެގިއެވެ.

"މަ ވެސް ނެގީ ޝޯންމެން އަތުން، އެކަމަކު ކަސްޓަމް ޑިޒައިނެއްނޫން... އެ މީހުން އަތުގައި ހުރި ތަނުން ޑިޒައިނެއްތީ، އެހާ ގޮތް ބޮޑުވީމަ އާނާއަށް ކަމަކުނުދާނެ، އޭނާތާ އަޅައިގެން އުޅޭނީ އެހެންވީމަ އޭނާ ބޭނުންވާ ކަހަލަ ރިންގެއްނު ދޭންވާނީ" ރާދިން ބުންޏެވެ.

"ޔެސް!... ސަޅިއޭ... މި ރިންގު ވަރަށް އާނާ އިނގޭ" ފޮށީގައި އިން އަނގޮއްޓިއަށް ބަލަން އިނދެ އަރްސަލް ބުނެލިއެވެ.

"މިރޭ، ކޮންމެ ގޮތެއްވިޔަސް މިކަން ކުރާނަން، އަރްސަލް ވެސް ތިހެން ނޫޅެ މެރީ ކުރަންވީނު" ރާދިން ބުނެލިއެވެ.

"ކުރާށޭ ހުރިހާ ޕްލޭނެއް މިކުރަނީ... އައި ވޯންޓް ޓު މޭކް ހާ ފީލް ސްޕެޝަލް" އަރްސަލްގެ އަތުގައި އޮތް އަނގޮށްޓި ފޮށި ލައްޕާލާފައި ރާދިންއަށް ދިއްކޮށްލިއެވެ.

"ބައްޕައަށް އަރްސަލް އުޅޭގޮތް އެނގިއްޖެއްޔާ ވާނޭގޮތް އެނގެއެއްނު، އަނެއްކާ ނިމްއަށް ވެސް ރަނގަޅުވާނީ ތި ދެ މީހުން ދެން އަވަހަށް މެރީ ކުރިއްޔާ، އައި ނޯ އަރްސަލް ކަމެއްކުރާނީ ގަސްދުގައެއްނޫންކަން، އެކަމަކު ޔޫ އާ އައުޓް އޮފް ކޮންޓްރޯލް ނައު، ހޯމޯންސްތައް ނުހިފެއްޓިގެން އުޅޭ ޓީނޭޖާރއެކޭ އެއްވަރުވެއްޖެ، އެ މަރުހަލާ މިހާރު ހަޔާތުން ފާއިތުވެއްޖެ، ދެ މީހުން ކައިވެންޏަކާ ހަމައަށް ނުދަނީސް ތިހެން ގާތްވާންވެއްޖެއްޔާ ދެމެދުގައި އިންސެކިއުރިޓީސް އުފެދޭނެ، ޚާއްޞަކޮށް ނިމް... އޭނާއަކީ އަންހެންކުއްޖަކަށްވާއިރު ޝީ އިޒް ގިވިން ޔޫ ޓޫ މަޗް، ވަރަށް ބޮޑު ރިސްކެއް އެ ނަގަނީ އަރްސަލްއަށް ޓަކައި، ފިރިހެނުންނަށް ކޮންސިކުއެންސަސްއާ ކުރިމަތިނުވެ ބޯދަމައިގަނެވިދާނެ، އެކަމަކު އަންހެންކުއްޖާއަށް ލިބޭ ދެރައަކީ އޭނާގެ މުޅި އުމުރަށް އެ ހިތާމަ އުފުލާނޭކަމެއް، އަރްސަލްއަށް އަހަރެން މިދައްކާ ވާހަކަ އެނގޭނެ، ކިތަންމެ ފަހަރަކު އެކި ގޮތްގޮތަށް މިވާހަކަ ދެއްކިއްޖެ، އަހަރެން ބޭނުމެއްނޫން ތި ދެ މީހުން މެރީ ކުރާއިރު ނިމް ޕްރެގްވެފައި އިންނާކަށް، އެ ހާލަތުގައި ކުރާ ކައިވެނި ވެސް ސައްޙަނުވާނޭކަން އަރްސަލްއަށް ވެސް އެނގޭނެ" ރާދިންގެ ވާހަކަ އަރްސަލް މެދުކަނޑާލިއެވެ.

"އަހަރެން އެހެންނެއް ނުހަދާނަމޭ... ވީ އާ ޔޫސިންގް ޕްރޮޓެކްޝަން" އަރްސަލް ބުނެލިއެވެ.

"ސަތޭކަ ޕަސަންޓު ޔަގީންކަން ތިބުނާ ޕްރޮޓެކްޝަންގައެއްނޯންނާނެ، ހަޤީޤީ ޕްރޮޓެކްޝަންގެ ނަމަކީ މެރިއޭޖް" އަރްސަލްއަށް ބަލަން އިނދެ ރާދިން ބުނެލިއެވެ.

"އައި ނޯ ދެޓް... ޝީ ޓާންސް މީ އިން ޓު އަ ޓީނޭޖަރ، ފުރަތަމަ ފަހަރަށް އިންސެކިއުރިޓީއާއި ޖެލަސީއަކީ ކޮބައިކަން އިޙްސާސްކޮށްދިނީ ސްކާލެޓް، އައި އޭމް ކްރޭޒީ އަބައުޓް ހާ... ރާދު، ސޮރީ މޭން، އައި ޖަސްޓް ކާންޓް ހެލްޕް އިޓް ވެން އައި އޭމް ވިތް ހާ، މިހެން ވެދާނޭ ހިޔެއްނުކުރަން.... އެކަމަކު މިހާރު ހުއްޓައެއްނުލެވުނު، އައި އޭމް ލައިކް އަ ހަންގްރީ އެނިމަލް، އައި ވޯންޓް ހާ ބޭޑްލީ، މޮސްޓް ކްރޭޒީ ތިންގް އިޒް އެއްވެސް ޖެހިލުމެއްނެތި އަހަރެންދެކެ ސްކާލެޓް ލޯބިވެޔޭ ބުނީމަ، އަވަގުތުކޮޅު... ޑޭމްޑް... އަހަންނަށް ލައިފްގަ މިހާ ބޮޑު އުފަލެއް ލިބިދާނޭކަމަށް ކުޑަކޮށް ވެސް ހިޔެއްނުކުރަން، އަހަރެން މެރީކުރަން ކެތްމަދުވިޔަސް އަވަސްއަރުވާލަން ބޭނުންނުވަނީ، އަހަންނަށް ވެސް ނޭނގެނީއެއްނޫން، ފުރަތަމަ ފަހަރަށް އަހަރެންގެ އަމިއްލަ ބާރު ނުހިނގާ އެއްޗިއްސާ ހިތާއި ހަށިގަނޑުވެއްޖެ" އަރްސަލް ހިނިތުންވެލައިގެން އިންއިރު އޭނާގެ ހިތުގައިވި އެއްވެސް ވާހަކައެއް ދުލުން ހާމައެއްނުކުރިއެވެ.

"ހެވިފައި އިންނަންވީކީނޫން، ހިނގާ ދާން" ރާދިން ބުނެލިއެވެ. އަރްސަލް ސަކަ ހިނިގަނޑެއް ޖަހާލީއެވެ.

* * * * *

ދެފަރާތުގެ ޢާއިލާގެ މެދުގައި ރާދިންއާއި ޝިހާނާގެ ކައިވެނީގެ ވާހަކަދެކެވުމުގެ ކުރީން ޚުދު ރާދިން އަމިއްލައަށް ޝިހާނާގެ ގާތުން ކައިވެންޏަށް އެދެން ބޭނުންވީއެވެ. ޢާއިލާގެ ރުހުން އެ ދެ ޒުވާނުންނަށް ލިބޭނޭކަން ރާދިންއަށް ޔަގީންވެފައި އޮތީމައެވެ. ޝިހާނާއަކީ ނަސީބުވެރިއަކަށް ރާދިން ހަދައިދީފިއެވެ. ދެމެދުގައި އުމުރުގެ ފަރަގު ހުއްޓަސް އެކަން އެއްފަރާތްކޮށް ރާދިން ލޯބި ހުށަހެޅި ދުވަހުންފެށިގެން ހަޔާތުގެ ބައިވެރިއަކަށް ޝިހާނާ ޚިޔާލުކުރަމުން އައި ފަރާތަކީ ރާދިންއެވެ. ދެ ޒުވާނުންގެ ކައިވެނި އެހާ އަވަސްވެދާނޭ ޝިހާނާ ކުރިއަކުން ހީނުކުރެއެވެ. ރާދިންއަކީ ހުރިހާ ގޮތަކުން ފުރިހަމަ ބައިވެރިއެކެވެ. އަޙްލާގު ރަނގަޅު ޒިންމާދާރު ނަމޫނާ ޒުވާނެކެވެ.

ރާދިން އިންނަން އެހިތާ ދެ ދުވަސްފަހެވެ. ރާދިން އިންނަން އުޅޭ އަންހެންކުއްޖާގެ ގޮތުގައި ޝިހާނާ ގޮވައިގެން އޭނާ ގެއަށް އައީ ބިލާލުއާ ބައްދަލުކޮށްދޭށެވެ. ޅީދަރިއެއްގެ ގޮތުގައި ޝިހާނާ ބަލައިގަންކަން ހާމަކުރީ ޔަގީންކަމާއެކުއެވެ. ޝިހާނާއަކީ ބިލާލުގެ ކުރިމަތީ ދަރިއެއް ފަދައިން ބޮޑުވި ކުއްޖަކަށްވާއިރު އޭނާއާ ބެހޭގޮތުން އިތުރަށް އެނގެން އޮންނާނީ ކޮންކަމެއްހެއްޔެވެ. ބިލާލު ޚިޔާލު ފާޅުކުރީ މުއްޠަލިބަށް އަވަހަށް ޚަބަރު ދިނުމަށެވެ. އަދި ކައިވެނި ކުރާނޭ ދުވަހެއް ކަނޑައެޅުމަށެވެ. ބިލާލުގެ ޚިޔާލުގައި އެކަކު އަނެކަކުގެ ގޮތް ރަނގަޅަށް އެނގޭނީ ކައިވެންޏަށްފަހު ދެ މީހުން އެކުގައި ދިރިއުޅެން ފެށީމައެވެ. ބިލާލުއަށްފަހު އެންމެ ފުރަތަމަ ޢާއިލާއަށް ޝިހާނާއަށް މަރުޚަބާކީ ޝަރުމީނެވެ. އަރްސަލް އޭނާގެ އަމިއްލަ ގޮތުގައި ޝިހާނާއާއި ރާދިންއަށް މަރުޚަބާ ކިޔެވެ. ޝިހާނާއާއި ރާދިންއާ އެންމެ ދިމާކުރި މީހަކީ ހަލަފްއެވެ.

* * * * *

ބޯކޮށް ވެހެމުންދިޔަ ވާރޭއަށް ނަޒަރު ހުއްޓާލައިގެން ނިމްރާ އިނީ ސިޓިންރޫމު ސޯފާގައެވެ. ދެކަކޫ ގަޔާ ކައިރިކޮށްލައިގެން ބިއްލޫރި ފާރަށް ބަލަން އިންއިރު އިމާރާތްތަކުން ފުރިފައިވާ މަލަމަތި ފެންނަނީ ފުސްކޮށެވެ. ދުންފިނިގަނޑަކުން ނިވާވެފައި އޮތް ކަހަލައެވެ. އުނގުގައި ކަނާއަތް އޮތްއިރު އެ އަތުގެ ތެރޭ ފޯނު އޮތެވެ.

"ކާކުބާ އެއީ؟... އަރްސަލް އުޅޭގޮތް ބަލާތީ އެވަރު އެ އެނގުނީ، ކީފާއާއެކު އަނެއްކާ ކޮފީއަކަށް އެ ދިޔައީ، މިފަހަރު ވެސް ނުބުނޭ، އެ ދެމީހުން ދެމެދުގައި އޮތީ ހަމަ ފްރެންޑްޝިޕްތަ" ތުންފިއްތާލެވުނު ނިމްރާގެ ސިކުނޑީގައިވިއެވެ. އޮފީސް ގަޑި ނިންމާފައި އެޕާޓްމެންޓަށް އައިގޮތަށް ނިމްރާއަށް އިނދެވުނީއެވެ. އަރްސަލް ނުކުމެގެން ދިޔައީ އޭނާއަށް އެނގުމެއް ވެސް ނެތިއެވެ. ރާދިންއާ ވަކިން އަރްސަލް ނުކުމެގެން ދިޔަކަން ނިމްރާއަށް އެނގުނީ ގެއަށް ދިއުމުގެ ކުރީން އެ އެޕާޓްމެންޓަށް ރާދިން އައީމައެވެ. ރާދިން ހީކުރީ އަރްސަލް ހުރީ ޕެންޓްހައުސްގައި ނިމްރާގެ ގާތުގައި ކަމެވެ. އިތުރަށް ނިމްރާގެ ސިކުނޑި ހާސްވީ އެހެންވެއެވެ.

އަރްސަލް ގުޅަން ފެށުމުން މިފަހަރު ނިމްރާ ފޯނެއްނުނެގިއެވެ. ހަތަރުވަރަކަށް ފަހަރު ގުޅާފައި ދެން ނުގުޅިއެވެ. ނިމްރާ ފޯނު ސައިލަންޓަށް ލާފައި ކައިރީގައި ބާއްވާލިއެވެ. އަދި ކަކޫމަތީ ދެއަތް އަޅުވާލައިގެން އިހު އިންހެން ބިއްލޫރި ފާރުން ފެންނަމުން ދިޔަ މާލޭގެ އިމާރާތްތަކަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އެހެން އިނދެވުނީ ކިހާ އިރަކު ކަމެއްނޭނގުނެވެ. ނިމްރާގެ ސަމާލުކަން އެނބުރާލީ އެޕާޓްމެންޓުގެ ދޮރުން ވަން އަރްސަލްއެވެ. ކުޑަކޮށް ތެމިފައި ހުރި އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން ނިމްރާއަށް ގޮވާލިއެވެ.

"ފޯނަށް ޖަވާބު ނުދެނީ ކީއްވެތަ؟" އަރްސަލް އަހާލިއެވެ. އެހެންވިޔަސް ނިމްރާ ވަކި ޖަވާބެއް ނުދިނެވެ. އޭނާ މޫނު އަނބުރާލީ ދުރުން ފެންނަމުންދިޔަ މަންޒަރަށެވެ. ވަގުތުން ނިމްރާގެ މި ހަރަކާތް އަރްސަލް ސަމާލުކަމަށް ގެނުވިއެވެ. އޭނާ ހަލުވިކޮށް އައިސް ނިމްރާގެ ގާތުގައި އިށީނެވެ. އެވަގުތު ސޯފާގައި އޮތް ނިމްރާގެ ފޯނު ފެނުނެވެ. އެ ފޯނު އޮތީ ނިވިފައި ނޫންކަން އެނގުމުން އިތުރު ހައިރާންކަމެއް އަރްސަލްއަށް ލިބުނެވެ.

"ވަޓްސް ރޯންގް ސްކާލެޓް" އަރްސަލް އަހާލިއެވެ.

"ކަމެއްނުވޭ" ނިމްރާ ބުނެލިއެވެ.

"އޮފީހުގައި ކަމެއް ހިނގީތަ؟" އަރްސަލް ބުނެލިއެވެ. އެއާއެކު ދެފަރާތަށް ނިމްރާ ބޯހޫރުވާލިއެވެ.

"ކަމެއްނުވަންޏާ ކީއްވެ ތިހެން ތި އިންނަނީ، އަހަރެން މަތިން މާބޮޑަށް މިސްވީތަ؟ އެހެންވިއްޔާ މޫޑު ރަނގަޅުކޮށްލަ ފާނަމޭ" އަރްސަލް ކުރިއަށް ޖެހިލައި ނިމްރާގެ ކަރުދޮށުގައި ބޮސްދޭން އުޅުނެވެ. އެހިނދު ނިމްރާ ފުންމައިގެން ތެދުވެއްޖެއެވެ.

"އައި އޭމް ނޮޓް އިން ދި މޫޑް" ދެއަތް އުރާލައިގެން އަރްސަލްއަށް ފުރަގަސްދީގެން ހުރެ ނިމްރާ ބުނެލިއެވެ. އަދި މަޑުމަޑުން އައިސް ބިއްލޫރި ފާރުގައި ޖެހިލައިގެން ދުރަށް ބަލަންފެށިއެވެ.

"ބޭބީ ވަޓްސް ރޯންގް" އަރްސަލް އައިސް ނިމްރާގެ ގާތުގައި މަޑުކޮށްލުމާއެކު އޭނާގެ އުނަގަނޑުގައި އެއްއަތުން ހިފާލިއެވެ. އޭނާގެ އަޑުގައިވި މަޑުމައިތިރިކަމުގައި ހިސާބެއްގެ ހާސްކަން އެކުލެވިފައި ވިއެވެ.

"އަހަރެމެން އެކުގައި އެންމެފަހުން ބޭރަށްދިޔަ ހަނދާނެއްނެތް، މިއެޕާޓްމެންތެރެ އެކަނިތަ އަހަންނާ ބައްދަލުކުރަން އަރްސަލް ބޭނުންވާ ތަނަކީ" ނިމްރާ ބުނީ މަޑުންނެވެ. އެހެންވިޔަސް އަރްސަލް ހުރީ ނިމްރާ ބުނާ ކޮންމެ އެއްޗެއް ކަނުލާ އަޑުއަހާށެވެ.

"ލެޓްސް ގޯ އައުޓް، މިހާރު މިވަގުތު... ސްކާލެޓް ކޮންތާކަށް ދާން ބޭނުންވަނީ، ޖަސްޓް ޓެލް މީ އަ ޕްލޭސް" އަރްސަލް އަވަސްއަވަހަށް ބުނެލިއެވެ. އަދި ނިމްރާގެ ކޯތާފަތުގެ ދެފަރާތުން ހިފާލައި އަރްސަލްއާ ދިމާއަށް ނިމްރާގެ މޫނު އުފުލާލިއެވެ. ނިމްރާގެ ދެ ލޮލަށް ބަލާލީ އެ ދެ ލޮލުން ކަމެއް ދެނެގަންނަން އަރްސަލް ބޭނުންވި ފަދައިންނެވެ.

"އަހަރެން މަޑުކުރާނަން، ދޭ ޗޭންޖުކުރަން، ނޫނީ ތިލައިގެން ހުރި އެއްޗެހި ވެސް އަހަންނަށް އޯކޭ" އަރްސަލް ބުނެލިއެވެ.

ދެ ޚިޔާލެއްގައި ހުރެ ވެސް ނިމްރާ ހެދުން ބަދަލުކޮށްގެން އައީ އަރްސަލްއާއެކު ބޭރަށް ދާށެވެ. ނިމްރާގެ ނިތްކުރީގައި ބޮސްދީފައި އޭނާގެ އަތުގައި ހިފައިގެން އަރްސަލް އެޕާޓްމެންޓުން ނުކުމެ އެލެވޭޓާއަށް އެރިއެވެ.

"ކޮންތާކަށް ދާނީ؟ ކައިފިންތަ؟" ނިމްރާގެ އަތުގައި ހިފައިގެން ހުރެ އަރްސަލް އަހާލިއެވެ. އެހިނދު ނިމްރާ ބުނީ ކީފާ ގޮވައިގެން އަރްސަލް އިން ކޮފީޝޮޕްގެ ނަމެވެ. އެއާއެކު އަރްސަލްގެ މޫނުން ތަފާތު ކުލައެއް ފާޅުވިތަން ނިމްރާ ދުށްޓެވެ.

"އެތަނަށްތަ ދަނީ، އެހެންތަނަކަށް ދަމާ، ވަރަށް ފަހުން ހުޅުވައިފި ވަރަށް ސަޅި ކޮފީޝޮޕެއް، ލެޓް މީ ޓޭކް ޔޫ ދެއާ" އަރްސަލް ބުނެލިއެވެ. ނިމްރާ ދާން ބޭނުންވި ތަން އެނގުމުން އަރްސަލްއަށް ލިބުނީ ހައިރާންކަމެވެ. އޭނާ ކީފާއާއެކު ކޮފީއެއްގައި އިނދެފައި އެ އައީ އެ ތަނުން ކަމަށްވީމައެވެ. އަނެއްކާ އެތަނަށް ނިމްރާ ގޮވައިގެން ގޮސް އަރަން އަރްސަލް ބޭނުންނުވީއެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދެވަނަ ފަހަރަށްކަން އެ ކޮފީޝޮޕަށް އަރްސަލް އެ އައީ ނިމްރާއަށް އެނގެން އަރްސަލް ބޭނުންނުވަނީއެވެ. އެއްވެސް އަންހެންކުއްޖަކާ ނިމްރާއާ އެއްވަރުނުވާނޭތީއެވެ.

"އިއްތިފާގެއްތަ މީ" އަރްސަލް އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. ނިމްރާގެ ގާތުގައި އެއްވެސް އަންހެންކުއްޖެއްގެ ވާހަކަ ދައްކާކަށް އަރްސަލް ގަސްދެއްނުކުރެއެވެ. ކައިވެނިކުރަން އެހުމުގެ ކުރީން އެހެން އަންހެންކުދީންގެ ވާހަކަދެއްކުމަކީ ނިމްރާ ހިތްހަމަނުޖެހިދާނޭކަމެއްހެން އަރްސަލްއަށް ހީވާތީއެވެ. އަރްސަލްގެ އެ ޤަބޫލުކުރުމުގެ ސަބަބުން އެ ދެމެދަށް ގޮތްނޭނގޭ މީހެއްގެ ހިޔަނިއެޅެމުންދާކަމެއް ކުޑަކޮށް ވެސް އަރްސަލް ނުދެނަހުއްޓެވެ. ނިމްރާގެ ޚިޔާރުކުރި ތަނަށްދާން އަރްސަލް މަނާވެގަތުންވީ އިތުރަށް ނިމްރާގެ ސިކުނޑިކަމުންދިޔަ ޚިޔާލުތައް އުތުރިގަނެ އޭގެ ބާރު ގަދަވާން ލިބުނު ފުރުޞަތަކަށެވެ.

"ހޭ!... އަރްސަލް..." ލޮބީއިން ނުކުންނިކޮށް އަންހެންކުއްޖަކު ގޮވާލި އަޑަށް އެ ދިމާއަށް އަރްސަލްއާއި ނިމްރާއަށް ބަލާލެވުނީ އެކުއެކީގައެވެ. ނިމްރާއަށް ލިބުނީ އިތުރު ސިހުމެކެވެ. އަރްސަލްގެ ނަޒަރު ކުރިމަތިން ފެނުނު އަންހެންކުއްޖާއިން ނިމްރާއަށް ދަތުރުކޮށްލިއެވެ.

"ޕަކ*..." އަރްސަލް އަމިއްލަ ނަފްސަށް ބުނެލިއެވެ.

ކުރިމަތިން ފެނުނު އަންހެންކުއްޖާގެ ސަބަބުން ނިމްރާ ފަސްއަޅައި ފޮރުވާލި ހަނދާންތަކެއް އާވެގެންއައެވެ. ހިތުގައިވި ރިހުމުގެ މައްޗަށް އިތުރު ވޭނެއް ލިބިގެންދިޔަ ފަދައެވެ. އަރްސަލްއާއެކު އޭނާގެ ގޭގައި އުޅުނުއިރު އެއްރޭގެ ދަންވަރު އަރްސަލްއާއެކު ގައިގޯޅި ގޮތަކަށް ހުއްޓާ ފެނުނު އަންހެންކުއްޖާ ދެވަނަ ފަހަރަށް ނިމްރާގެ ކުރިމަތިން ފެނުނީއެވެ. އެރޭ އެއީ ފުރަތަމަ ފަހަރަށް އަރްސަލްއަށް ޓަކައި ނިމްރާގެ ހިތް ރުއި ރެއެވެ.

"ވެއިޓް ހިއާ..." ނިމްރާއަށް އަރްސަލް ބުނެލިއެވެ. ގަނޑުވެފައި ހުރި ބުއްދެއް ފަދައިން ނިމްރާއަށް ހުރެވުނީއެވެ. އަރްސަލް ހަލުވިކޮށް ގޮސް އެ އަންހެންކުއްޖާއާ އަރާ ހަމަކުރީއެވެ. (ނުނިމޭ)