ހަބަރު

އަދާލަތު ޕާޓީއިން ޑިމޮކްރަސީއަށް ކުރާ ހިދުމަތަށް އެމްޑީޕީއިން ތައުރީފްކޮށްފި

Aug 19, 2018
1

އިދިކޮޅު އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީއަށް 13 އަހަރުވީއިރު، ޑިމޮކްރަސީއަށް އެ ޕާޓީއިން ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާކަން ފާހަގަ ކުރަމުން އެ ޕާޓީއަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އިން ތައުރީފުކޮށް ތަހުނިޔާ ކިޔައިފި އެވެ.

އަދާލަތު ޕާޓީއަށް 13 އަހަރު ފުރުމާ ވިދިގެން، އެމްޑީޕީއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިދިޔަ އަހަރުތަކުގައި އަދާލަތު ޕާޓީއާއެކު އެކި ގޮތްގޮތުން މަސައްކަތް ކުރެވި ގުޅުން ބަދަހިވެފައިވާކަމީ އެ ޕާޓީއަށް ލިބޭ ބޮޑު އުފަލެއް ކަމަށާއި ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމު ހަރުދަނާވަމުން އަންނަ ކަމުގެ ރަމްޒެއް ކަމަށެވެ.

ރާއްޖޭގައި އަނިޔާވެރިކަން އިންތިހާއަށްގޮސް އިންސާފު ގެއްލި ބިރުވެރިކަން އިތުރުވެ، މުޅި ޑިމޮކްރަޓިކް ނިޒާމު ގަޑުބަޑުކުރާން ފެށުމާއެކު އެންމެ ހިނދުކޮޅެއްވެސް ފަހަތަށްނުޖެހި ގާނޫނުއަސާސީއާއި ރައްޔިތުންގެ ދިފާއުގައި އެންމެ ކުރީ ސަފުގައި އަދާލަތު ޕަޓީން މަސައްކަތް ކުރަމުން އަންނަކަމީ މި ނިޒާމު ދެމެހެއްޓޭނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.

"..ސިޔާސީ ހިޔާލުތަފާތުވުން އެއްކައިރިކޮށް މި ޕަޓީއާއި ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރިފޯމް މޫވްމަންޓާއެކު އަދާލަތު ޕާޓީން ކުރައްވަމުން އަންނަ މަސައްކަތަކީ ގައުމީ މަސައްކަތެއްކަން ފާހަގަ ކުރަމެވެ.