ހަބަރު

ރޮބޮޓް އޮލިމްޕިކްސްގައި 175 ގައުމާ ވާދަކޮށް ރާއްޖެ ދެވަނަ ހޯދައިފި

Aug 20, 2018
3

ރޮބޮޓް އޮލިމްޕިކްސްގައި 175 ގައުމާ ވާދަކޮށް، ދިވެހި ދަރިވަރުންގެ ޓީމް މުބާރާތުން ދެވަނަ ހޯދައި ގިނަ ބަޔަކު ހައިރާން ކޮށްލައިފި
އެވެ.

މި މުބާރާތް ބާއްވަނީ ދުނިޔެ އަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާއި ސައިންސާއި ޓެކްނޮލޮޖީއަށް ޒުވާނުން ހޭލުންތެރި ކުރުވާށެވެ.

އެމެރިކާގައި ކުރި އަށް ދިޔަ މި މުބާރާތުގައި ދިވެހި ކުދިން ބައިވެރި ކުރި ރޮބަޓަށް ދީފައިވާ ނަމަކީ "ރަނި ކަނބާ" އެވެ. މި މުބާރާތުގައި ރާއްޖޭން ބައިވެރިވެފައިވަނީ 15އ ގެ އައިޝަތް ރިދާ އާއި ހަސަން ނާސިހް އަބްދުﷲ 17 އަަހަރު އަދި 15އ. ގެ މުހައްމަދު ޔަމީން ޔޫޝައު އެވެ.

މި މުބާރާތުގައި ރާއްޖެއަށް ދެވަނަ ލިބުނުއިރު އެއްވަނަ ޓީމެއްގެ ގޮތުގައި ހޮވިފައިވަނީ ކޮލަމްބިއާ އާއި އައިސްލޭންޑެވެ. މުބާރާތުގެ ފައިނަލަށް ރާއްޖެ ގޮސްފައިވަނީ ޑެންމާކާއި އެމެރިކާ އަދި ސެނަގޯލް ބަލިކޮށްފަ އެވެ.