ބޮލީވުޑް

ސުޖާތާ ކުމާރް މަރުވެއްޖެ

ބޮލީވުޑްގެ ބަތަލާ ސުޖާތާ ކުމާރް މަރުވެއްޖެ އެވެ. ސުޖާތާ މަރުވީ މިއަދު ހެނދުނު އެވެ.

އުމުރުން 53 އަހަރުގައި ސުޖާތާ މަރުވިއިރު، އޭނާ ދިޔައީ ކެންސަރުގެ ހަތަރު ވަނަ ސްޓޭޖުގައި ފަރުވާ ހޯދަމުންނެވެ. އޭނާގެ އާއިލާއިން ވަނީ މި ހަބަރު ކަށަވަރުކޮށްދީފަ އެވެ.

ބައެއް ހިންދީ ޑްރާމާތަކުން ފެނިގެންދިޔަ ސުޖާތާ މަޝްހޫރުވީ ސްރީދޭވީގެ ފަހުގެ ފިލްމެއް ކަމުގައިވާ "އިންގްލިޝް ވިންލިޝް" ގައި ސްރީދޭވީގެ އެއްބަނޑު އެއްބަފާ ދައްތަގެ ރޯލު ކުޅުމަށްފަހު އެވެ.

"އިންގްލިޝް ވިންލިޝް" ގެ އިތުރުން ސުޖާތާ ފެނިގެންދިޔައީ ފިލްމު "ގުޒާރިޝް" އަދި "ރާޖްހާނާ" އިންނެވެ. އަނިލް ކަޕޫރްގެ ސީރީޒް "24" އިންވެސް އޭނާ ފެނިގެންދިޔަ އެވެ.

ސުޖާތާގެ ޖަނާރާ އޮންނާނީ މާދަމާ އެވެ.