(21 އޮގަސްޓް 2018 އާ ގުޅޭ) -- "ރިންގު... އަރްސަލް ރިންގު..." ކީފާ ނިކަން އަވަހަށް ބުނެލިއެވެ. އެހިނދު އަރްސަލްގެ ނަޒަރު ތަޅުންމައްޗަށް ހިންގާލެވުނެވެ.
"ކީފާ... ކިހިނެއް ތިހެދީ... ކޮބާ އަނގޮއްޓި" އެކިދިމާ ހޯދަމުން އަރްސަލް ބުނެލިއެވެ.
އަނގޮއްޓި ލާފައި އޮތް ފޮށި އަރްސަލް ނެގި ނަމަވެސް އަނގޮއްޓިއެއް ނުފެނުނެވެ. ވަށައިގެން ހުރި މޭޒުތައް ދަށާއި ގޮނޑިތަކުގެ ދަށް ވެސް ބެލިއްޖެއެވެ. އަރްސަލްއާއެކު ކީފާ ވެސް އަނގޮއްޓި ހޯދަން މަސައްކަތް ކުރިއެވެ. ލިބުނު މާޔޫސްކަމާއެކު އަރްސަލްގެ އަނގައިން ނުކުތީ އެދެވޭ ބަސްތަކެއްނޫނެވެ.
"އައި އޭމް ސޮރީ... ރިއަލީ ސޮރީ... ގަސްދުގައެއްނޫން، ކޮންތާކުން އެ ރިންގު ގަތީ، އައި ވިލް ޕޭ، ހިނގާ އެތަނަށް، އޭގެ ރިންގެއް ހޯދަން" އަރްސަލްގެ މުލައްދަނޑީގައި ހިފައި އޭނާ ހުއްޓުވަމުން ކީފާ ބުންޏެވެ.
"ގަންނާކަށް ނުލިބޭނެ... އައި މޭޑް ދެޓް ސްޕެޝަލީ ފޯ ހާ، އެ ރިންގު ހެދެންދެން އަހަރެން މަޑުކޮށްގެން ހުރީ، ކޮންތާކަށްތަ އެ ވެއްޓުނީ... އަންނާނަން މެނޭޖަރ ގާތު ބުނެފައި، ފަހަރެއްގައި ފެނި ވެސް ދާނެ" އަރްސަލް ހިނގައިގަތީ ރެސްޓޯރެންޓުގައި އެވަގުތު ޑިއުޓީގައި ހުރި މެނޭޖަރު ގާތަށެވެ. އޭނާ ފަހަތުން ކީފާ ވެސް އައެވެ.
އަރްސަލް ފޯނުން އަނގޮއްޓީގެ ފޮޓޯ މެނޭޖަރަށް ދެއްކިއެވެ. އަދި ރެސްޓޯރެންޓް ތެރެއިން އަނގޮއްޓި ފެނިއްޖެއްޔާ ވަގުތުން އަރްސަލްއަށް ގުޅުމަށް ވެސް ބުންޏެވެ. ކީފާއަށް ސަމާލުކަން ދިނީ އޭގެ ފަހުގައެވެ.
"ދެން ކިހިނެއް ހަދާނީ؟ އަޅެ ވަރަށް ދެރައްވެއްޖެ އެވީ ގޮތުން، އަހަރެންގެ އަތުން އަނގޮއްޓި އެ ގެއްލުނީ، ރިއަލީ ސޮރީ އަރްސަލް... އަހަރެން ކީއްކޮށްދޭންވީ... ކޮންތާކުންތަ އެ އަނގޮއްޓި ހެއްދީ" ކީފާ އާދޭހާއެކު ވާހަކަދެއްކިއެވެ.
"ސްޓޯންހާޓް... އެތާ އުޅޭ ފްރެންޑެއް ތްރޫކޮށް ހެދީ، ކީފާ ދެން ގެއަށް ދާންވީނު... މިކަމުގައި ކީފާއަށް ކޮށްދެވޭނެކަމެއްނެތް، އަހަރެން ދެން ކޮންމެވެސް ގޮތެއް ހާދަނަން، އައި ވިލް ޕްރޮޕޯސް ހާ" އަރްސަލް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލިއެވެ.
"އަހަންނަށް ގުޅައްޗޭ ފެނިއްޖެއްޔާ... އަދިވެސް ސޮރީ އިނގޭ، އައި ނޯ ސޮރީއަކުން އަރްސަލްއަށް ލިބުނު ގެއްލުން ފޫނުބެއްދޭނެކަން، އެހެން ރިންގެއް ޗޫޒްކުރަންވީނު... ލެޓްސް ގޯ ދެއާ... އަހަރެން ހެލްޕް ވާނަން އަރްސަލްއަށް، ވީ ކޭން ޗޫޒް އަ ރިންގް" ކީފާ ޚިޔާލު ފާޅުކުރިއެވެ.
"އައި ޑޯންޓް ވޯންޓް ޓު ވެއިޓް އެނީ މޯ" ނިމްރާގެ ޚިޔާލުތަކުގައި ހުރެ އަރްސަލްއަށް ބުނެލެވުނެވެ.
"މިހާރު ރީތި ރިންގެއް ހޯދާފައި ޕްރޮޕޯސް ކުރާނީ، ފަހުން އަރްސަލް ބޭނުންވާ ކަހަލަ ރިންގެއް ދެވިދާނު، އޭރުން މަޑުކުރާކަށް ވެސް ނުޖެހޭނެއެއްނު އަލުން ރިންގު ލިބެންދެން" ކީފާ ބުނެލިއެވެ.
"އެތާކު ނެތޭ އަހަރެން ބޭނުންވާ ކަހަލަ ރިންގެއް، ޔޫ ޝުޑް ގޯ ހޯމް ނައު" މާޔޫސްކަމާއެކު އަރްސަލް ބުނެލިއެވެ. އެހެންނަމަވެސް ކީފާ ކުރެއްނުކުރިއެވެ. އަރްސަލްގެ އަތުގައި ހިފައި ދަމާލުމާއެކު ހޮޓެލުން ނުކުންނަން ދިޔައެވެ.
"އެޓްލީސްޓް ލެޓް މީ ހެލްޕް ޔޫ ފައިންޑް އަ ޓެމްޕަރަރީ ރިންގް ފޯ ހާ" ކީފާ ބުނެލިއެވެ. ދެ ޚިޔާލެއްގައި ހުރެ އަރްސަލް މަޑުމަޑުން ކީފާއާއެކު ހޮޓެލުން ނުކުތެވެ.
* * * * *
މެންދުރު ވެސް އެއްޗެއް ނުކައިކަން ހުރީ ނިމްރާ ހަނދާންވީ ރޭގަނޑު ކާގަޑި ފަހަނައަޅައި ގޮސް މިހާ އަނބުރައިގަންނަން އުޅުމުންނެވެ. އެވަރުން ވެސް އޭނާ ކާހިތެއްނުވިއެވެ. އެކަމަކު ހަށިގަނޑުގައި ކޮންމެވެސް ވަރެއްގެ ހަކަތަ ހުރެގެން ނޫނީ ހަރަކާތްތެރިވެ ނޫޅެވޭނޭކަން އެނގޭތީ ގަދަކަމުން ކަހަލަ ގޮތަކަށް އާފަލަކާއި ޖޫސްތަށްޓެއް ބުޔެވެ. އެއަށްފަހު އެނބުރި އައިސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތީ ނިދާށެވެ. ސިކުނޑިއާއި ހިތަށް ބުރަކަން ލިބެމުންދާ ޚިޔާލުތަކާ ދުރުވާނޭ އިތުރު ހައްލެއް ނިމްރާއަކަށް ނުވިސްނުނެވެ.
"ވައި އާ ޔޫ ޑުއިން ދިސް ޓު މީ... ތިހެން ސިއްރުން ނޫޅެ ތެދަށް އަހަރެން ގާތު ބުނީމަވީނު" އިރުކޮޅަކު ދެ ލޯ މަރައިގެން އޮވެފައި ފުންނޭވާއެއް ނިމްރާ ދޫކޮށްލީ ހިތަށް ހަމަޖެހުމެއް ނުލިބިގެން އުޅޭ މީހަކު ފަދައިންނެވެ. އަރިއަށް އޮވެފައި އުށްޑުން ޖެހިލިއެވެ. ބަނޑުގައި އެއްއަތް ބާއްވާލައިގެން އޮތްއިރު އަނެއްއަތް ނިތްކުރީ މަތީ ބާއްވާލިއެވެ.
އިރުއޮއްސުނު ފަހުން ނިމްރާގެ ފޯނަށް އަރްސަލްއާ ބެހޭ މަޢުލޫމާތު ފޮނުވާ ނަންބަރުން މެސެޖުތަކެއް ކުރިއެވެ. އަރްސަލްއާއި ކީފާ އިންނަން އުޅޭކަމުގައި އެ މީހަކު ބުންޏެވެ. ކިތަންމެ ފަހަރަކު ނަންބަރު ބްލޮކްކޮށްލަން ނިމްރާގެ ހިތަށް އެރިއެވެ. އަރްސަލްއާ މެދު އޭނާގެ ހިތާއި ސިކުނޑީގައި ވަހުމް އުފެއްދި ފަރާތަކީ އެ ގޮތް ނޭނގޭ ނަންބަރުން ފޮނުވާ މެސެޖުތަކާއި ފޮޓޯތަކެވެ. އެ މީހެއްގެ މަޤްޞަދަކީ އަރްސަލްއާއި ނިމްރާ ދުރުކުރުވުން ކަމެއް ނޫނީ އަރްސަލް ކަންކަން ސިއްރުކުރާކަން ނިމްރާއަށް އެންގުންކަމެއް ޚުދު ނިމްރާއަށް ވެސް ޔަގީނެއްނޫނެވެ. އެހެންވިޔަސް އެކަމުގެ ސަބަބުން ނިމްރާގެ ހަމަޖެހުން ގެއްލިއްޖެއެވެ. އަބަދުމެ ނުފިލާ ހުންނަ ބޮލުގައި ރިހުމެއް އުފެއްދިއްޖެއެވެ.
"ކީފާއާއެކު ޖުވެލެރީސް ވިއްކާ ތަނަކަށް އަރްސަލް ވަންނަންވީ ކީއްވެ؟ އަސްލަށް ވެސް އެ ދެމީހުން މެރީ ކުރަނީތަ؟ އަރްސަލް ބޭނުންވަނީ ކޮންކަމެއްތަ؟ އަހަންނަކަށް ނޭނގޭ އަރްސަލް އަހަރެންގެ ފުށުން ބޭނުންވަނީ ކޮންކަމެއްކަން، ކީފާއާ މެރީކުރަން ބޭނުންވަންޏާ އަހަރެންގެ ގާތަށް އެ އަންނަނީ ކީއްކުރަން؟... ކީއްވެތަ އޮޅުވާލުމެއްގެ ތެރޭގައި އަހަރެން ބަހައްޓަންވީ" ޖަޒުބާތުތައް ނުހިފެއްޓި ނިމްރާ ފެންކަޅިވިއެވެ. އަވަސްއަވަހަށް ދެ ލޯ ފުހެލައި އޮތް ގޮތް ބަދަލުކޮށްލަމުން ބާލީހުގައި މޫނު ފޮރުވާލިއެވެ.
* * * * *
"ނިދީތަ؟" އެނދުގައި ނުނިދިފައި އޮތް އަރްސަލް ފޯނުން މެސެޖުކޮށްލީ އޭނާ ގުޅުމުން ވެސް ނިމްރާ ފޯނަށް ޖަވާބެއް ނުދިނީމައެވެ. އިރުކޮޅަކު ފޯނަށް ބަލަން އޮތުމަށްފަހު މޭމަތީ ފޯނު ބާއްވާލީ ކުރި މެސެޖަށް ވެސް ނިމްރާގެ ފަރާތުން ޖަވާބެއް ނައީމައެވެ. ބޯދަށަށް ދެއަތްތިލަ ލައްވާލައިގެން އަރްސަލްއަށް އޮވެވުނީ ނިމްރާގެ ފިކުރުގައެވެ. ކީފާގެ އެދުމަށް އަނގޮއްޓިއެއް ހޯދުމަށް ސްޓޯންހާޓްގެ އިތުރުން ދެތިން ތަނެއް ބެލިއިރު ވެސް އަރްސަލްއަށް ކަމުދާ އަނގޮއްޓިއެއް ނުފެނުނެވެ. ލިބުނު މާޔޫސްކަން ނިމްރާއަށް ދައްކަން ބޭނުންނުވާތީ އަރްސަލް ގަސްދުކުރީ ގޭގައި މަޑުކޮށްލާށެވެ. ނިމްރާ ގުޅާތޯ ހުރެހުރެ ރޭގަނޑު އެގާރަޖެހުމުން އެންމެފަހުން އަރްސަލް އޭނާއަށް ގުޅީއެވެ.
"ވަޓްސް ގޮއިން އޮން ވިތް ޔޫ... ސްކާލެޓް ނުބުނަންޏާ އަހަންނަކަށް ވެސް ނޭނގޭނެ ދޯ އެއްވެސް ކަމެއް، މިހާރު ފެންނަނީ އަބަދު މޫޑީވެފައި ހުންނަތަން، އިންޓްރެސްޓް ގެއްލުނީތަ؟ އަހަރެން ކަމުނުދަނީތަ؟ ނޫނީ އަހަންނަށް ކަމެއް ގޯސްކޮށް ކުރެވެނީތަ؟" އަމިއްލަ ނަފްސާ އެކިއެކި ސުވާލުތައް އަރްސަލް ކުރިއެވެ.
"އައި ވޯންޓް ލެޓް ޔޫ ގޯ... ރިންގެއް ނެތަސް އަހަރެން ޕްރޮޕޯސްކުރާނަން، ޕްލީޒް ޑޯންޓް ރިޖެކްޓް މީ" އަރްސަލް މިހެންބުނެ ފުންނޭވާއެއް ލިއެވެ. އަދި އަރިއަށް ޖެހިލާ އެނދުގައި ހަމަޖެހިލިއެވެ. އެއްއަތުން ފޯނު ހިފަހައްޓައިގެން އޮވެ އޭގައި ރައްކާކޮށްފައި ހުރި ނިމްރާގެ ފޮޓޯތައް އަރްސަލް ބަލަންފެށިއެވެ. ގިނައީ ނިމްރާއަށް ނިދިފައި އޮއްވައި ނަގާފައި ހުރި ފޮޓޯތަކެވެ. ނޫނީ ނިމްރާ ނުދެނަހުއްޓާ އޭނާއަށް ނުވެސް އެނގި ނަގާފައި ހުރި ފޮޓޯތަކެވެ. އަރްސަލްއަށް ނިދުނީ ނިމްރާގެ ފޮޓޯތައް ބަލައި އެ ފޮޓޯތަކާ ވާހަކަދައްކަން އޮއްވައެވެ.
* * * * *
ހެނދުނު އީވާ އޮފީހަށް އައިއިރު ނިމްރާ ކެބިންގައި އިނެވެ. ހެދުނުގެ ސަލާމް ނިމްރާއަށް ކޮށްލުމާއެކު އީވާ ވެސް އޭނާގެ މޭޒުގެ ދޮށުގައި ހަމެޖެހިލިއެވެ. މަސައްކަތްތައް ފެށުމުގެ ކުރީން ނިމްރާގެ ގާތުގައި ކޮފީއެއް ބޭނުންތޯ އީވާ އެހީ އާދައިގެ މަތިންނެވެ. ނިމްރާ ބަސްމަދުވެފައި ހުންނަހެން އީވާއަށް ވެސް ވަނީ ފާހަގަވެފައެވެ. އެކަމާ ގުޅުވައިގެން ނިމްރާއާ ސުވާލެއްކޮށްލުމުން އޭނާ ދިނީ މާ އެދެވޭ ޖަވާބެއްނޫނެވެ. ހަލަފްއާ މަޝްވަރާކުރަން އީވާ ނިންމީ އެހެންވެއެވެ.
މެންދުރު ހަލަފް ހޮޓެލްއަށް އައީ އީވާގެ އެދުމުގެ މަތިން ނިމްރާއެއް ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވާށެވެ. އޭނާއަށް ވެސް ނިމްރާގެ ހާލު ބަލާނުލެވޭތޯ ދުވަސްކޮޅެއް ވެއްޖެއެވެ. އީވާއަށް ހިތްކީ ގޮތަށް ހަލަފްއަށް އުޅެވެނީ އަބަދުވެސް އީވާގެ ޚަބަރެއް ބަލާށެވެ. ނަސީބު ދިމާކުރި ގޮތުން ޝިހާނާ ވެސް އޮފް ދުވަހަކަށްވީމާ ހަލަފް އައީ އޭނާ ވެސް ގޮވައިގެންނެވެ.
"ނިމް! ބިޒީތަ؟... ނިމްއާ ބައްދަލުކުރަން ބަޔަކު އައިސް އެބަތިބި، ވައްދަންވީތަ؟" ނިމްރާއަށް ގޮވާލައިފައި އީވާ ބުންޏެވެ.
"ކޮންބައެއް؟ މިއަދު މީޓިންއެއް އެބައޮތްތައް؟" ނިމްރާ އަވަސްވެލީ އޭނާގެ ޝެޑިއުލް ބެލުމަށެވެ.
"އެޕޮއިންޓްމެންޓެއް ނެތި ބައްދަލުކުރާ ކަހަލަ ބައެއް އައިސްތިބީ؟ ބައްދަލުކުރީމަ އެކަން އެނގޭނެ؟... އެ މީހުން ވައްދަނީ އިނގޭ" ހިނިއައިސްފައި ހުރެ އީވާ ބުނެލިއެވެ. އެ ހީނލުމުން ނިމްރާއަށް ހީވީ އަރްސަލްއާ ގުޅުން ހުރި ކަމެއް ހިނގަނީ ކަމުގައެވެ. އީވާއަށް ބަލަން އިނދެފައި ނިމްރާ މަޑުމަޑުން ބޯޖަހާލީ ހުއްދަދިންކަން އަންގާލުމުގެ ގޮތުންނެވެ. އެއާއެކު އީވާ ގޮނޑިން ތެދުވެގެން ގޮސް ކެބިންގެ ދޮރު ހުޅުވާލައި ބޭރުގައި ތިބިބައެއްގެ ގާތުގައި ވަންނާށޭ ބުނި އަޑު ނިމްރާއަށް ވެސް އިވުނެވެ.
"ސަޕްރައިޒް" ހަލަފްއާއި ޝިހާނާގެ އަޑު ކެބިންގެ ތެރޭ ގުގުމާލިއެވެ. ނިމްރާގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވިއެވެ.
"ތީ ކޮންކަމެއް؟ ހަލަފްގެ ކަންތައް ދޯ... މީނަ މުޅިން ވެސް އަންނާނީ އޮފީސް ވަގުތު" ނިމްރާ ބުނެލިއެވެ. ގޮނޑިން ތެދުވެގެން އައިސް ކެބިންގައި ހުރި ސޯފާގައި ހަލަފްއާއި ޝިހާނާއަށް އިށީންނަން އިޝާރާތްކުރަމުން ނިމްރާ ވެސް އިށީނެވެ. އީވާ ދުރުގައި ހުއްޓިލައިގެން ހުއްޓެވެ.
"ލަންޗު ބްރޭކަށޭ މި އައީ، ހަމަ ބަރާބަރު ޓައިމަށް... ހިނގާ ދާން، އަހަރެން ވަރަށް ބަނޑުހައި" ހަލަފް ބުނެލިއެވެ.
"ތީ ޢާއިލީ ކަމަކީތަ؟ އަނެކާ ބޭނުންތޯ ނޫނީ ބޭނުންނޫންތޯ ވެސް އެހުމެއްނޯންނާނެ... ތިމާ ކަމެއް ބޭނުންވެގެން ބުނާއިރަށް އެބުނާކަމެއް އެބުނި ގޮތަކަށް އަނެކާ ކުރަން ޖެހޭނެ" ނިމްރާ ބުނެލިއެވެ. ޝިހާނާގެ ވަރުގަދަ ހުނުމުގެ އަޑު ފެތުރިގެންދިޔައެވެ.
"ރެޑް! ޔޫ އެންގްރީ ވީތަ؟ ދޮންބެ ބުނާހެން ބުނީމަ އަހަރެން ހީކުރީ ރެޑް ހެޕީ ވާނެކަމަށް، ޔޫ ލަވް ހިޒް ސްޓައިލް" ހަލަފް ޅަވެލާފައި ބުނެލިއެވެ.
"ނިމް ބަލީތަ؟" ޝިހާނާ އަހާލީ ނިކަން ފަރުވާތެރިކަމާއެކު ނިމްރާގެ މޫނަށް ބަލަން އިނދެފައެވެ. ވަގުތުން ނިމްރާ ދެފަރާތަށް ބޯހޫރުވާލިއެވެ.
"މިސްވެގެން ރެޑްއާއެކު ޓައިމް ސްޕެންޑްކޮށްލަން އައީމަ ވެސް މީ ވާވަރަކީ" ހަލަފް ދެއަތް އުރާލަމުން ސޯފާއަށް ހަށިގަނޑު ދޫކޮށްލައި ދެފައި ކުރިއަށް ދަމާލިއެވެ.
"މެންދުރު ބްރޭކްވާނެއޭ ހަލަފް ބުނީމަ މި އައީ، ނުދާނަންތަ ލަންޗަށް، އެންމެން އެކުގައި ކަމެއްގައި ބައިވެރިނުވާތާ ކިހާ ދުވަހެއް، އަހަންނަށް ކޮންމެ ފަހަރަކު ޖެހެނީ ނިމްއަށް ގުޅަން ވެސް، ނިމް ގުޅާނުލާނެ އެއްފަހަރު ވެސް" ޝިހާނާ ޝަކުވާކޮށްލިއެވެ.
"ހިނގާ ލަންޗަށް، އެކަނި ކާންވީމަ އަހަންނަށް ވެސް ހުރެވޭނީ ނުކައި... ސޮރީ އާނާ، ގުޅަން ހިތަށް އަރާ އެކަމަކު ޔޫ ބިޒީވާނޭ ހިތަށް އަރާފައި ގުޅަން ނުކެރެނީ، އެއްގޮތަކަށް ނުގުޅާކަށެއްނޫން... އީވާ ވެސް އާދޭ އަހަރެމެންނާ ޖޮއިންވާން" ނިމްރާ ހިނިތުންވެލިއެވެ.
ނިމްރާގެ ކެބިންއިން ނުކުމެ ހޮޓެލްގެ ރެސްޓޯރެންޓާ ދިމާއަށް އެންމެން މިސްރާބުޖެހިއެވެ. މެންދުރުކަމަށްވާތީ ރެސްޓޯރެންޓުގެ ހުރިހާ މޭޒެއްގައި ކަހަލަ ގޮތަކަށް މީހުން ތިއްބެވެ. ނިމްރާ އައުމުން ރެސްޓޯރެންޓުގެ ސްޓާފަކު އޭނާއަށް މޭޒެއް ހަމަޖައްސައިދިނެވެ. އެވަގުތު ޝިހާނާ ހުރެފައި އެ މީހުންނާއެކު ކެއުމުގައި ރާދިންއާއި އަރްސަލް ބައިވެރިވާނޭކަމުގައި ބުންޏެވެ. އެހެންވެ އެއްމޭޒުދޮށުގައި އެންމެންނަށް ނުތިބެވޭނޭތީ ދެ މޭޒު ގުޅުވާލަން ޖެހުނެވެ.
"އަހަރެން ރާދު ގާތު ބުނީ... ދެން އެނގެއެއްނު އޭނާ ގާތު ބުނުމަކީ އަރްސަލް ގާތު ވެސް ބުނުންކަން" މޭޒުދޮށުގައި ހަމަޖެހިލެވުމުން ޝިހާނާ ބުންޏެވެ. ނިމްރާ އެއްވެސް ނުބުނެ ހަމައެކަނި ލުއި ހިނިތުންވުމެއް ބަދަލުކޮށްލީއެވެ.
ހެނދުނު ހޭލެވުނު އިރު އަރްސަލް ރޭގައި ގުޅާފައި މެސެޖު ވެސް ކޮށްފައި ހުއްޓާ ނިމްރާއަށް ފެނުނެވެ. އެކަމަކު އޭނާ އެ ހުންނަނީ އަރްސަލްއަށް ނުގުޅާށެވެ. އަރްސަލް ހެނދުނު ވެސް މެސެޖުކުރިއެވެ. ދެން ވެސް ނިމްރާ ޚަބަރެއްނުވީއެވެ. އަރްސަލް އޭނާގެ ފަރާތުން ޖަވާބެއް ހޯދަން ކިހާ ވަރަކަށް މަސައްކަތްކުރޭތޯ ބަލަން ނިމްރާ ބޭނުންވާ ކަހަލައެވެ. ނިމްރާއާއި އެހެން މެންބަރުން ކާއެއްޗެއް އޯޑަރު ދިން ފަހުން އަރްސަލްއާއި ރާދިން ވަދެގެން އަންނަތަން ފެނުނެވެ. ވަގުތުން ނިމްރާ އިސްޖަހާލީއެވެ. މޭޒުމަތީ އޮތް އޫ ނަގައިގެން އެ އާ ކުޅެލަކުޅެލާ އިނެވެ. އެހެން އިން އިރު ވެސް އަރްސަލްގެ ނަޒަރު ހުރީ ނިމްރާއަށް އަމާޒުވެފައިކަމުގެ އިޙްސާސް އޭނާއަށް ކުރެވެމުންދިޔައެވެ. އަރްސަލް އައިސް އިށީނީ ނިމްރާގެ ގާތުގައެވެ.
އެންމެން އެކި ވާހަކަތައް ދެއްކިއިރު ވެސް ނިމްރާ މާގިނަ ވާހަކައެއް ނުދެއްކިއެވެ. ކާއެއްޗެހި އައުމުން އެންމެން ވެސް އުޅުނީ ކެއުމައިގެންނެވެ. އަރްސަލް ނޭނގޭ ކަމަށް ހަދާފައި ނިމްރާގެ އަތުގައި ދޭތެރެއަކުން ޖެހިލައެވެ. އެކަން ފާހަގަނުކުރެވޭ ކަމަށް ހަދައި ނިމްރާ އިނީ އަރްސަލްއަށް ނުބަލާށެވެ. ކައި ނިމުމަކާއެކު އަނެއްކާ ވެސް މޭޒުދޮށުގައި އަޑު ގަދަވިއެވެ. ހަލަފް ބުނާ ކޮންމެ އެއްޗަކަށް އަރްސަލް ރައްދުދެއެވެ. ދެ މީހުން ހީވަނީ ވާދަކިޔާހެނެވެ. ރާދިން އިނދެފައި ކަމާ ނުވެސް ބެހޭ ވާހަކައެއް ފަށާފާނެއެވެ. ޝިހާނާ އެއްފަހަރު ހަލަފްއަށް އެއްޗެހި ކިޔައިގަތިއްޔާ އަނެއްފަހަރު އަރްސަލްއަށް އިންޒާރެއް ދެއެވެ. އެހެންވިޔަސް އެންމެންގެ މެދުގައި ރުޅިވެރިކަމެއްނެތެވެ. އަރްސަލް އިނދެފައި ކަރުކެހިލިއެވެ. އަދި އަތުން އިޝާރާތެއްކޮށްލާ އެންމެންގެ ސަމާލުކަން ހޯދިއެވެ.
"ސްޕީކިންގް އޮފް ޔޯ ވެލިއުޑް ޕްރިސެންސް، ލޭޑީސް އެންޑް ޖެންޓްލްމެން، އައި ހޭވް އެން އެނައުންސްމެންޓް ޓު މޭކް، ވެލް... އައި ހޭވް ނޯން ދިސް ސްޓްރޯންގް ވުމޭން ފޯ ކްއައިޓް ސަމްޓައިމް ނައު، އަހަރެންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ސިއްރުކުރަން ބޭނުންވިޔަސް މީ އެންމެންނަށް ވެސް ނޭނގި ނުދާނޭ ކަމެއްވީމަ ބުނެލަން ބޭނުންވަނީ، އައި ހޭވް ދިސް ސްޕެޝަލް ވުމެން އިން މައި ލައިފް، އައި ޖަސްޓް ފީލް ލައިކް އިޓްސް ނައު ދި ރައިޓް ޓައިމް ޓު ރިވީލް ހާ ޓު އޯލް އޮފް ޔޫ" އަރްސަލްގެ ވާހަކަތަކުން ނިމްރާގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. އޭރު ހިތުގެ ހިނގުން އަވަސްވެއްޖެއެވެ.
"ކީފާ... ކީފާގެ ވާހަކަ ބުނަންތަ ތިއުޅެނީ؟ މި އެންމެންގެ ތެރޭތަ؟" ނިމްރާގެ އަމިއްލަ ނަފްސުގެ އަޑު ގުގުމާލިއެވެ. ބޭއިޚްތިޔާރުގައި ނިމްރާއަށް ހިންދިރުވާލެވުނެވެ. ކިފާއާއި އަރްސަލްގެ ކައިވެނީގެ ވާހަކަ އަޑުއިވުމަށްވުރެ އެ ބަސްތައް ބޭރުވާ ވަގުތު ނިމްރާގެ ފުރާނަ ހަށިގަނޑާ ވަކިވެދާން އޭނާއަށް އެދެވުނެވެ. އެންމެން ތިބީ އަރްސަލްއަށް ނަޒަރު ހުއްޓާލައިގެންނެވެ. ނަމަވެސް ލިބުނު ނުތަނަވަސްކަމެއްގެ ސަބަބުން ނިމްރާއަށް ނަޒަރު ސީދާކޮށްލައިގެން ނީނދެވުނެވެ.
"އައި ވުޑް ލައިކް ޓު..." އަރްސަލް އަނެއްކާ ވެސް ކަރުކެހިލިއެވެ. މީގެ ކުރީން އެފަދަ ހާމަކަން ބޮޑު ގޮތަކަށް އަރްސަލް އަންހެން ކުއްޖެއްގެ ވާހަކައެއް ނުދައްކައެވެ. އެހެންވެ އޭނާ އިނީ ހިސާބަކަށް ޖެހިލުންވެފައެވެ. ނިމްރާއަށް ކެތްނުކުރެވިގެން ކޮޅަށް ތެދުވީ އެތަނުން އެވަގުތަށް ދާށެވެ. ނަމަވެސް އަރްސަލް ކުއްލިއަކަށް ނިމްރާގެ އަތުގައި ހިފަހައްޓައިފިއެވެ. އަދި އޭނާ ވެސް ކޮޅަށް ތެދުވިއެވެ.
"އައި ވުޑް ލައިކް ޓު އިންޓްރޮޑިއުސް ޓު އޯލް އޮފް ޔޫ، މައި ފިއަންސީ... މައި ސްކާލެޓް" ނިމްރާގެ ކޮނޑުގައި ހިފައި އަރްސަލް ގާތްކޮށްލިއެވެ. ލިބުނު ހައިރާންކަމުގެ އިތުރުން އަރްސަލް ބުނި އެއްޗެއް ވެސް ނިމްރާއަށް ޤަބޫލެއްނުކުރެވުނެވެ.
"ފިއަންސީ" ނިމްރާއަށް ތަކުރާރުކޮށްލެވުނެވެ. އަރްސަލް ބަލާލީ ހިނިތުންވެލައިގެން ހުރެއެވެ. ޝިހާނާއާއި ހަލަފް އަތްތިލަބަޑި ޖަހަންފެށުމުން އެ މީހުންނާ އީވާ ވެސް ބައިވެރިވިއެވެ. ރާދިން ވެސް އިނީ ދަތްތައް ފެންނަ ވަރަށް ހިނިތުންވެލައިގެންނެވެ. އަރްސަލްއަށް ބަލާލަމުން އޭނާ ބޯޖަހާލީ ރުހުމުގެ އިޝާރާތެއްގެ ގޮތުން ކަހަލައެވެ. ނަމަވެސް ނިމްރާއަށް ހުރީ ހަރަކާތެއްކޮށްލަން ނޭނގިފައެވެ.
"ޔެސް، ނައު ވީ އާ އެންގޭޖްޑް، ލޭޓާ އައި ވިލް މޭކް ދިސް އޮފިޝަލް ބައި ސީލިންގް ދިސް ވިތް އަ ކިސް" ނިމްރާގެ ކަންފަތް ދޮށުގައި އަރްސަލް ސިއްރުން ބުނެލިއެވެ.
"ޔޫ އާ އަ ލަކީ މޭން" ހިނިއައިސްފައި އިން ހަލަފް ބުނެލިއެވެ.
"އައި އޭމް ވެރީ ލަކީ އިންޑީޑް... އައި އިންޑީޑް ޕޮސެސް ދި މޮސްޓް ބިއުޓިފުލް ގާލް އިން ދި ވޯލްޑް" އަރްސަލްގެ އަޑުގައި ފަޚުރުވެރިކަމާއި ޔަގީންކަންވިއެވެ. އެ ދެ ލޮލުން ހަޤީޤީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ވިދުން ފާޅުވޭވޭ ހުއްޓެވެ.
"ވައި ޔޫ ސެޑް ދެޓް؟ ޔޫ ޑިޑިންޓް ޕްރޮޕޯސް މީ... ވަޓް އާ ޔޫ ޑުއިން އަރްސަލް؟ ދިސް ނޮޓް ފަނީ، އައި އޯލްރެޑީ ޓޯލްޑް ޔޫ ދެޓް އައި ލަވް ޔޫ... އައި އޭމް ރިއަލި އިން ލަވް ވިތް ޔޫ... ޑެމިޓް އަރްސަލް" ނިމްރާގެ ބޭރުފުށުން ހިމޭންކަމުގެ ފަށަލައެއްލެވިފައި ހުރި ކަހަލައެވެ. ޖެހި ބުދެއްހެން ހުއްޓުން އަރާފައި ހުރީއެވެ. އެންމެން އެކުގައި ރެސްޓޯރެންޓުން ނުކުންނަން މޭޒު ދޮށުން ތެދުވިއެވެ. ނިމްރާ ކުރިއަށް ފިޔަވަޅު އަޅާލީ އަރްސަލްގެ ބާރުގައި ކަހަލައެވެ. އަރްސަލްގެ އަތް ނިމްރާގެ އުނަގަނޑާ ދިމާއިން ފުރަގަހުގައި ޖައްސާލައިގެން ހުރެ ކުރިއަށް އައެވެ.
"އަހަރެމެންނަށް ޕެންޓްހައުސްއަށް ވަދެވޭނޭ ގޮތް ހަދައިދީބަލަ.... ނިމް އޮފީސް ނިންމާފައި އަންނަން ދެން އަހަރެމެން މަޑުކުރާނަން" ޝިހާނާ ބުނެލިއެވެ. އެއާއެކު އަރްސަލް ޕްރައިވެޓް އެލެވޭޓާއަށް އެރީ ނިމްރާ ވެސް ގޮވައިގެންނެވެ. އީވާ އެނބުރި އޮފީހަށް ދިޔައީއެވެ. ޕެންޓްހައުސް އެޕާޓްމެންޓުގެ ތެރެއަށް ރާދިންއާއެކު ހަލަފްއާއި ޝިހާނާ ވަނެވެ.
"އަހަރެމެން މި ދަނީ އޮފީހަށް" އެޕާޓްމެންޓުގެ ދޮރުމަތީ ހުރެފައި އަރްސަލް ބުނެލިއެވެ. އަދި ނިމްރާ ގޮވައިގެން އައިސް އެލެވޭޓާއަށް އެރިއެވެ. ދޮރުލެއްޕުމާއެކު ނިމްރާގެ ތުންފަތުގައި އަރްސަލް ބޮސްދިނެވެ.
"ނައު އިޓްސް އޮފިޝަލް، ވީއާ ގެޓިން މެރީޑް" ނިކަން ފުޅާ ހިނިތުންވުމަކާއެކު އަރްސަލް ބުނެލިއެވެ. ނިމްރާއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ.
"ޔޫ އާ ކިލިން މީ ވިތް ދިސް ކޯލްޑް ޝޯލްޑާ ޔޫ އާ ގިވިން މީ، އައި އޭމް ގޮއިންޓު ކިސް ޔޫ އަގައިން އިފް ޔޫ އާ ނޮޓް ގޮއިން ޓު ސޭ ސަމްތިންގް" އަރްސަލް އަބަދުމެ ދޭ ފަދަ އިންޒާރެއް އޭނާ ދިނެވެ.
"ޑެވިލް" ނިމްރާ މަޑުމަޑުން ބުނެލިއެވެ. އަދި އަރްސަލްގެ މޭގައި ތަޅައިގަތެވެ. އަރްސަލްއަށް ނިމްރާ ބުނި އެއްޗެއް އިވުމުން ހީނލެވުނެވެ.
"ޔޫ ލުކް ކިއުޓް ލައިކް ދެޓް" ނިމްރާއާ ގާތަށް ޖެހިލައި އަރްސަލް ބުނެލިއެވެ. ނިމްރާއަށް ހިނިތުންވެލަން މަޖުބޫރުވިއެވެ. އަރްސަލްގެ މޫނުމަތިންނާއި އޭނާގެ ހަރަކާތްތަކުން އޮޅުވާލުމުގެ އަސަރެއް ނެތެވެ. ހަޤީޤަތުގައި ވެސް އޭނާ އުފަލުން ހުރި ކަހަލައެވެ. ތެދުވެރި ލޯތްބެއް އެ ހިތުގައި އުފަންވެއްޖެކަމުގެ އިޝާރާތްކުރާ ކަހަލައެވެ.
"ތެންކިއު... ހިނިތުންވެލީމަ، އަހަރެންގެ ހިތްހަމަޖެހުންވަނީ ތި ހިނިތުންވުމާ ގުޅިފައި" ނިމްރާގެ ކޯތާފަތުގައި އަރްސަލް ފިރުމާލިއެވެ. ނިމްރާގެ ހިތާއި ސިކުނޑީގައިވި ހުރިހާ ވަހުމެއް ފިލައިދިއުމަށް އަރްސަލް ފާޅުކުރި ޝުޢޫރާއި އޭނާގެ ކުޑަކުޑަ ބީހުން ފުދުނެވެ. އަރްސަލްގެ ލޮލުގައި ކެހިވެރިކަމުގެ ހިޔަންޏެއް ނެތެވެ. އެއަށްވުރެ އެ ދެ ލޮލުގެ ވިދުން ގަދަވެފައި އެ ވިދުމުގައިވަނީ ހިތްއުފާވާ ކަހަލަ ފިނިކަމެކެވެ.
އަރްސަލް އެނބުރި އޭނާގެ ކެބިންއަށް ދިޔައީ ނިމްރާ އިންނަ ކެބިންއަށް އޭނާ ގެނެސް ލައިދީފައެވެ. ނިމްރާއާއި އީވާ އެކަނިވުމުން ހޫނު ތަހުނިޔާއެއް ކިޔެވެ. ނިމްރާ މަސައްކަތަށް އެނބުރިލީ ހިތްހަމަޖެހިފައި އިނދެއެވެ. އެ ހިތްހަމަޖެހުން ނިމްރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.
ވަގުތު ދިޔަ ގޮތް ނޭނގިފައި އިން ނިމްރާ ފޯނުގެ މަތިން ހަނދާންވީ އީވާ ގަޑިން ވީއިރު ބުނީމައެވެ. އަރްސަލް ގުޅާ ފާނޭތީ އޭނާ މެންދުރު ކާން ދިޔައީ މޭޒު ވަތްގަނޑުގައި ފޯނު ބާއްވާފައެވެ. އަވަހަށް ނިމްރާ ފޯނު ނަގައި ބަލާލިއެވެ. ސައިލެންޓަށް ލާފައި އޮތް ފޯނަށް ދެ މިސްކޯލަކާއި ވައިބަރ މެސެޖެއް އައިސްފައި އޮތެވެ. ގުޅާފައި އޮތީ ނުދަންނަ ނަންބަރަކުންނެވެ. ނަމަވެސް ވައިބަރ މެސެޖު ކިޔާލުމުން ނިމްރާއަށް ގުޅީ ކީފާކަން އެނގުނެވެ. އޭނާއަށް ގުޅުމުގެ ޝައުގުވެރިކަމެއް ނިމްރާގެ ނެތެވެ. ނަމަވެސް މެސެޖު ބެލިކަން ކީފާއަށް އެނގުމާއެކު އޭނާ ނިމްރާއަށް ގުޅީއެވެ.
"ނިމްރާ" ކީފާގެ އަޑު ނިމްރާގެ ކަންފަތުގައި ޖެހުނެވެ.
"ކީއްކުރަން ބައްދަލުކުރަން ބޭނުންވަނީ" ކިފާ ފޮނުވާފައި އޮތް މެސެޖަށް އިޝާރާތްކުރާހެން ނިމްރާ ބުނެލިއެވެ.
"ވާހަކައެއް ދައްކާލަންވެގެން، ފޯނުން އެ ވާހަކަދެއްކެންނެތީމަ... އެހެން މީހެއްގެ ފަރާތުން އަޑުއިވުމުގެ ކުރީން ޚުދު އަހަރެން އެ ވާހަކަތައް ކިޔައިދޭން ބޭނުންވާތީ" ކީފާ ބުންޏެވެ.
"ކޮންވާހަކަތަކެއް" ނިމްރާއަށް އަހާލެވުނެވެ.
"މި ބުނީނު ފޯނުން ދައްކާ ކަހަލަ ވާހަކައެއްނޫނޭ އެއީ، ނިމްރާ ބައްދަލުކުރަން ބޭނުންނުވާނޭކަން އަހަންނަށް އެނގޭ، އަޑުއަހަން ބޭނުންނޫނިއްޔާ ނަޔަސް އެންމެ ރަނގަޅު، އެ އިޚްތިޔާރު އެބައޮތް ނިމްރާއަށް" ކީފާ އެބުނާ ވާހަކަތަކެއް އަޑުއެހުމަކުން ވާނޭ ގެއްލުމެއްނޯންނާނޭކަމުގައި ނިމްރާއަށް ވިސްނުނެވެ.
"ކޮންތާކަށް ދާންވީ؟" އިރުކޮޅަކު އެއްޗެއް ނުބުނެ މަޑުކޮށްލުމަށްފަހު ނިމްރާ ބުނެލިއެވެ.
"މި މެސެޖުކުރަނީ" ކީފާ މިހެންބުނެ ފޯނުކޯލު ކަނޑާލީއެވެ. (ނުނިމޭ)