މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓަޑަށް ބޮޑު ލަދެއް، މޮރީނިއޯ ހިތްހަމަ ނުޖެހިތްޖެ

Aug 28, 2018

ޓޮޓެންހަމް ހޮސްޕާ އަތުން 3-0 ބަލިވެ މެންޗެސްޓާ ޔުނައިޓަޑަށް ބޮޑު ލަދެއް ކުރިމަތި ވެއްޖެ އެވެ. ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ވަނީ ޕްރެސްގެ ވާހަކަ ދަކަން ހުރުމަށްފަހު ޕްރެސް ދޫކޮށް ގޮސްފަ އެވެ.

ޓޮޓެންހަމްއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ލޫކަސް މޯރާ އެވެ. ޓޮޓެންހަމްގެ ފުރަތަމަ ލަނޑު މެޗުގެ 50 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހެރީ ކޭން އެވެ. އޭގެ ދެ މިނެޓްފަހުން ލޫކަސް މޯރާ ވަނީ ޓޮޓެންހަމްގެ ދެ ވަނަ ލަނޑު ޖާހަފަ އެވެ. ތިން ވަނަ ލަނޑު މޯރާ ކާމިޔާބު ކުރީ 84 ވަނަ މިނެޓްގަ އެވެ.

މެޗުގެ 3-0 ގެ ނަތީޖާ އާ ބެހޭގޮތުން ޕްރެސްގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ތިނެއް ގުޅެނީ އޭނާ ހޯދި ތިން ޕްރިމިއާ ލީގް ތައްޓާ ކަމަށެވެ.

"ނިންމާލުމުގެ ކުރިން، ކަލޭމެންނަށް އެނގޭތަ ނަތީޖާ އަކީ ކޮބައިކަން، 3-0، މި 3-0 އަކީ ކޯއްޗެއްކަން އެނގޭތަ،" ނޫސްވެރިންނާ މުހާތަބު ކުރުމުން މޮރީނިއޯ ބުންޏެވެ. "އޭގެ މާނައަކީ އަހަރެން ހޯދި ތިން ޕްރިމިއާ ލީގް، އަނެއް 19 ކޯޗުންނަށްވުރެ އަހަރެން ތިން ޕްރިމއާޝިޕް ހޯދައިފިން، އަނެއް 19 ކޯޗުން ދެ ޕްރިމިއާ ލީގް [މެނައުލް ޕްލެގްރިނީ، ޕެޕް ގާޑިއޯލާ] އަހަރެން އެކަނި ތިން ޕްރިމިއާ ލީގް، އެހެންވީމަ އަހަަންނަށް އިހްތިރާމު ކުރޭ، އިހްތިރާމް ދީ."

އެހާހިސާބުން މޮރީނިއޯ ވަނީ ޕްރެސް ދޫކޮށްލަފައި ގޮސްފަ އެވެ. މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗް މައުރީޝިއޯ ޕެޗެޓިނޯ ވަނީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސްއަށް އެޅި ފިޔަވަޅާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. ހަތަރު ދުވަސް ކުރިން ލޮރިސް ވަނީ ވައިން އިސްތިއުމާލު ކޮށްގެން ހުރެ ކާރު ދުއްވާފައެވެ. އެކަމާ ގުޅިގެން އޭނާއަށް ފިޔަވަޅު އެޅި އެވެ.

ޕޮޗެޓިނޯ ބުނީ ލޮރިސް އަށް އެޅި ފިޔަވަޅަކީ އެހެން ކުޅުންތެރިންނަށް ލިބުނު ފިލާވަޅެއް ކަމަށެވެ.