ހަބަރު

ފުލުހުން ވާން ޖެހޭނީ ރައްޔިތުން ހިމާޔަތްކުރާ ބަޔަކަށް: ފައިސަލް

Aug 29, 2018
2

ސިޔާސީ ނުފޫޒު ނެތް ބަޔަކަށް ފުލުހުން ވުމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ގޮވާލައްވައިފި އެވެ.

ރޭ މާލޭގައި މާރާމާރީ ހިންގުމަށްފަހު ފިލަން ދުވި މީހެއް ހައްޔަރުކުރުމަށް ފުލުހުންތަކެއް ދެއްކި ހިތްވަރަށް ސާބަސް ދެއްވާ މިއަދު ފައިސަލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރޭ ފެނިގެން ދިޔައީ ފުލުހުންގެ ހަގީގީ ޒިންމާ އަދާކުރި މަންޒަރު ކަމަށެވެ.

"ފުލުހުން އަބަދުވެސް ވާން ޖެހޭނީ ގައުމާއި ރައްޔިތުން ހިމާޔަތް ކުރާ ބަޔަކަށް، ސިޔާސީ ނުފޫޒުން އެއްކިބާވެ ގައުމީ ޒިންމާ އަދާކުރާ މުއައްސަސާއަކަށް ފުލުހުން ހަދާނަން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް މިއަދު ވަނީ ކެމްޕެއިންގައި ކ. އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގެންފަ އެވެ. ދިއްފުއްޓާއި ހުރާ ހިންމަފުށި އަދި ތުލުސްދޫއިން އޭނާއަށް ހޫނު މަރުހަބާައެއް ކިޔެ އެވެ.