ހޮލީވުޑް

މެޓް ސްމިތުވެސް ސްޓާ ވޯޒްއަށް

ޓީވީ ސީރީޒް "ޑޮކްޓާ ހޫ" އަދި "ދި ކްރައުން" އިން މަޝްހޫރުވި މޫނު، މެޓް ސްމިތުއަށް ސްޓާ ވޯޒްގެ ފިލްމު "ސްޓާ ވޯޒް: އެޕިސޯޑް ނައިން" އިން ރޯލެއް ލިބިއްޖެ އެވެ.

"ޑޮކްޓާ ހޫ" ގައި މެޓް މަސައްކަތްކުރީ 2010 އިން 2013 އަށެވެ. ނެޓްފްލިކްސްގެ "ދި ކްރައުން" ގައި މިހާރުވެސް އޭނާ ފެނިގެންދެ އެވެ. އެ ސީރީޒްގައި އޭނާ ކުޅޭ ޕްރިންސް ފިލިޕްގެ ރޯލުން، އަންނަ މަހު 17 ގައި ބާއްވާ އެމީ އެވޯޑަށްވެސް ވަނީ ނޮމިނޭޓުވެފަ އެވެ.

"ސްޓާ ވޯޒް: އެޕިސޯޑް ނައިން" ގެ ކާސްޓާ މެޓް ގުޅުނިއިރު، މި ފިލްމުގެ ކާސްޓުގައި މިހާރު ހިމެނޭ ތަރިންނަކީ ޑެއިޒީ ރިޑްލީ، އެޑަމް ޑްރައިވާ، ޖޯން ބޮއޭގާ، އޮސްކާ އިސާކް، ލުޕިތާ ޔޯންގް، ޑޮމްހްނަލް ގްލީސަން، ކެލީ މެރީ ޓްރަން، ޖޫނަސް ސުޓަމޯ އަދި ބިލީ ލޯޑް އެވެ.

މި ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތްތައް މި މަހު ވަނީ ފަށާފަ އެވެ. "ސްޓާ ވޯޒް" ގެ ފިލްމުތަކަށް މުޅިން އާ މޫނުތަކެއް ކަމުގައިވާ ނައޯމީ އަކީ، ރިޗާޑް އީ ގްރޭޓް، ކެރީ ރުސެލް އަދި ޑޮމިނިކް މޮނޮގަން ފެނިގެންދާނެ އެވެ. އަދި ކުރީގެ މޫނުތައް ކަމުގައިވާ މާކް ހެމިލް، އެންތޮނީ ޑެނިއެލްސް އަދި ބިލީ ޑީ ބްރައުން އެނބުރި އަންނާނެ އެވެ.

މި ފިލްމު ސީރީޒްގެ އެންމެ ލޯބި އެއް މޫނު ކަމުގައިވާ، މިހާރު މަރުވެފައިވާ އެކްޓްރެސް ކެރީ ފިޝާގެ ހާއްސަ ފުޓޭޖެއްވެސް މި ފިލްމުގައި ހިމަނާނެ އެވެ.

ޑިޒްނީ އަދި ލޫކަސް ފިލްމްސްގެ ކުޑައިގެ ދަށުން ގެނެސްދޭ މި ފިލްމު ޑައިރެކްޓުކުރަނީ ޖޭޖޭ އަބްރަމްސް އެވެ. ސިނަމާތަކަށް ފިލްމު ގެންނާނީ އަންނަ އަހަރު ޑިސެމްބަރު 20 ގަ އެވެ.