ހޮލީވުޑް

ހަވާއީ ރަސްގެފާނުގެ ރޯލަށް ޑުވޭން

އެމެރިކާގެ ސްޓޭޓް، ހަވާއީގައި އެންމެ ފުރަމަތަ ރަސްކަންކުރި ރަސްގެފާނަށް ކިޔަނީ "ކަމެހަމީހާ" އެވެ.

ވޯނާ ބްރަދާސްއިން މިހާރު އަންނަނީ އެ ރަސްގެފާނުގެ މައްޗަށް ބިނާކޮށް ފިލްމެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމުގައި އެ ރަސްގެފާނުގެ ރޯލު ކުޅޭނީ ޑުވޭން ޖޯންސަން އެވެ.

މަޝްހޫރު "ބްރޭވްހާޓް" ވާހަކަ ލިޔުނު ލިޔުންތެރިޔާ ރެންޑާލް ވޯލޭސް ސްކްރިޕްޓު ތައްޔާރުކޮށްފައިވާ މި ފިލްމު ޑައިރެކްޓުކުރާނީ ރޮބާޓް ޒެމެކިސް އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ޑުވޭންގެ ސެވަން ބަކްސް ޕްރޮޑަކްޝަނުންނާއި ފްލިން ޕިކްޗާސް ކޯޕަރޭޝަނުންނެވެ.

"ކަމެހަމީހާ" ރަސްގެފާނަށް ފިލްމެއް ހެދުމަށް ޑުވޭން އުޅެމުން އަންނަތާއި 20 ވަރަކަށް އަހަރުވެއްޖެ އެވެ. މި ފިލްމުގެ މަސައްކަތްތައް ފަށާނެ އަދި ރިލީޒްކުރާނެ ތާރީހެއްވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ. ފިލްމުގެ ނަންވެސް އަދި ފައިނަލްކޮށްފައެއް ނުވެ އެވެ.

ޑުވޭން އެންމެފަހުން ފެނިގެންދިޔައީ އެކްޝަން ތްރިލާ ފިލްމު "ސްކައިސްކްރެޕާ" އިންނެވެ. އޭނާ މިހާރު މަސައްކަތްކުރަމުން އަންނަނީ ޑިޒްނީގެ ފިލްމު "ޖަންގަލް ކްރޫސް" ގަ އެވެ.