ހަބަރު

މެންބަރު ފަޒާދަށް އިދިކޮޅުގެ ހޫނު މަރުހަބާއެއް!

Sep 1, 2018
3

ފުވައްމުލައް މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު މިރޭ ފުވައްމުލަކަށް ވަޑައިގަތުމާއެކު އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ސަޕޯޓަރުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އަލީ ފަޒާދު، ޕީޕީއެމް ދޫކޮށް އިދިކޮޅާ ގުޅެން އުޅޭ ކަމުގެ އަޑުތައް މީގެކުރިން ފެތުރިފައިވެ އެވެ. ބައެއް މުހިންމު ބިލްތައް ފާސްކުރިއިރު ފަޒާދު ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގެންފައިވެ އެވެ. ނަމަވެސް މިހާތަނަށް އެކަމާ ގުޅިގެން ފަޒާދު އެއްޗެއް ވިދާޅެއް ނުވެ އެވެ.

މިރޭ ވެސް އިދިކޮޅުގެ ސަޕޯޓަރުން ފަޒާދަށް ހޫނު މަރުހަބާއެއް ރަށުން ކިޔައިފައިވީ ނަމަވެސް އޭނާ އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގެންނެވީ ކަމެއް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ޕީޕީއެމް ދޫކުރައްވައި އިދިކޮޅު ޕާޓީތަކާއެކު މަސައްކަތް ކުރައްވާތާ ވަނީ ދުވަސްތަކެއްވެފަ އެވެ. ދެން ފުވައްމުލަކު މެންބަރެއްގެ ގޮތުގައި ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހެވެ.