ހޮލީވުޑް

ޑެނިއެލް އާއި ރޭޗަލްއަށް ކުއްޖަކު ލިބިއްޖެ

ޖޭމްސް ބޮންޑް އެކްޓަރު، ޑެނިއަލް ކްރެގް އާއި އޭނާގެ އަންހެނުން ރޭޗަލް ވީޒްއަށް ކުއްޖަކު ލިބިއްޖެ އެވެ. އެ ދެމަފިރިންނަށް ލިބުނީ އަންހެން ކުއްޖެކެވެ.

މި ދެ މީހުން ކައިވެނިކުރީ 2011 ވަނަ އަހަރު އެވެ. މިއީ މި ދެމަފިރިންގެ ފުރަތަމަ ދަރިފުޅެވެ.

އޮސްކާ އެވޯޑު ހޯދާފައި ޑެނިއެލް އާއި ރޭޗަލްއަށް ކުއްޖެއް ލިބެން އުޅޭކަން ހާމަކުރީ މިދިޔަ އޭޕްރީލް މަހު ނިއުޔޯކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގަ އެވެ.

ޑެނިއަލް 50، އާއި ރޭޗަލް 48، މީގެ ކުރިން އެހެން ކައިވެންޏެއްކޮށް ކޮންމެ މީހަކަށް ވެސް ކުއްޖެއް ލިބިފައި ވެއެވެ. ޑެނިއެލްގެ ހުންނަނީ 26 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި ރޭޗަލްގެ ހުންނަނީ 12 އަހަރުގެ ފިރިހެން ކުއްޖެކެވެ.

"ބޮންޑް 25" ފިލްމަށް ޑެނިއެލް މިހާރު ތައްޔާރުވަމުން އަންނައިރު، ރޭޗަލްގެ ފިލްމު "ދި ފޭވަރިޓް" މިހާރު އަންނަނީ ވެނިސް ފިލްމް ފެސްޓިވަލްގައި ސްކްރީން ކުރަމުންނެވެ.