މެންޗެސްޓާ ސިޓީ

ސިޓީއަށް ބަދަލެއް ނާދޭ، އޮތީ ރަނގަޅު މިސްރާބެއްގައި!

ހަތަރު މެޗުން ތާވަލުގެ ތިން ވަނައިގައި އޮންނަން ޖެހުނު ނަމަވެސް ޓީމު އޮތީ ރަނގަޅު ހާލަތުގައި ކަމަށް އިނގިރޭސި ޕްރިމިއާ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 2-1 ކާމިޔާބު ހޯދައި، ސިޓީ ވަނީ އަލުން މޮޅުވުމުގެ ރޭހަށް އައިސްފަ އެވެ. އޭގެ ކުރީ މެޗުގައި ލީގަށް މުޅިން އައި ވޯލްވާހެމްޓަން އަތުން ސިޓީ ވަނީ އެއްވަރު ވެފަ އެވެ.

ތާވަލުގެ އެންމެ ކުރީގައި ހިފަހައްޓަނީ، ވާދަވެރި ލިވަޕޫލާއި ޗެލްސީ އެވެ. އެ ދެ ޓީމު ވެސް ވަނީ ކުޅުނު މެޗުތަކުން މޮޅުވެފަ އެވެ.

ލިވަޕޫލާއި އާއި ޗެލްސީ ވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފަ އެވެ. ދެ ޓީމަށްވެސް 12 ޕޮއިންޓެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ ޗެލްސީއަށް ވުރެ ފައިދާ ގޯލްގައި ކުރީގައި އޮތުމުންނެވެ.

"12 ޕޮއިންޓްގެ ތެރެއިން 10 ޕޮއިންޓް ލިބުމަކީ ވެސް އަހަރެމެންނަށް ރަނގަޅު ފެށުމެއް،" ބީބީސީއަށް ދިން އިންޓަވިއުގައި ގާޑިއޯލާ ބުންޏެވެ. "ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން އަހަރެމެންގެ ހާލަތު ރަނގަޅު ކުރަމުން ކުރިއަށް ދާނީ."

"ކުރިއަށް އޮތް އިންޓަނޭޝަލް ބްރޭކަށް ފަހު ދެން އެ ސީޒަން ފެށުނީ، ޗެމްޕިއަންސް ލީގާއި ކަރަބޯ ކަޕް، އިންޓަނޭޝަލް ބްރޭކަށް ފަހު އަނެއްކާވެސް ހަމަޔަކަށް އެޅޭނެ."