ބޮލީވުޑް

އިމްތިޔާޒް ދެންވެސް ޑައިރެކްޓު ކުރާނީ ލޯބީގެ ފިލްމެއް

ލޯބީގެ ފިލްމުތައް ޑައިރެކްޓު ކުރުމުގައި އިމްތިޔާޒް އަލީ އަކީ ކުޅަދާނަ ޑައިރެކްޓަރެކެވެ.

މުސްކުޅި ލޯބީގެ ވާހަކަ "ލައިލާ މަޖްނޫ" ޒަމާނީކޮށްލައި މި މަހު އެ ވާހަކައަށް ފިލްމެއް ގެނެސްދިނުމަށް މިހާރު އޭނާ ހުރީ ތައްޔާރުގަ އެވެ. މި މަހު ހަތެއްގައި އެ ފިލްމު ޕްރިމިއާ ކުރާނެ އެވެ.

އެ ފިލްމަށްފަހު ދެންވެސް އިމްތިޔާޒް ގެނެސްދޭނީ ލޯބީގެ ފިލްމެކެވެ. ދެން ގެނެސްދޭނީ އިންޑިއާގެ މަޝްހޫރު ފޯކްލޯ، ލޯބީގެ ވާހަކައެއް ކަމުގައިވާ "ރާދާ ކްރިޝްނާ" ގެ ވާހަކައަށް ތައްޔާރު ކުރާ ފިލްމެވެ. އިމްތިޔާޒް ބުނާގޮތުގައި މިއީ އޭނާގެ "ޑްރީމް" ޕްރޮޖެކްޓެކެވެ.

ފިލްމު ގެނެސްދެނީ އިމްތިޔާޒްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ވިންޑޯސް ސީޓް ފިލްމްސްއާއި ރިލައެންސް އެންޓަޓެއިންމަންޓް ގުޅިގެންނެވެ.

ފިލްމު ޑައިރެކްޓުކުރުމުގެ އިތުރުން، އިމްތިޔާޒް ފިލްމު ކޯ ޕްރޮޑިއުސް ވެސް ކުރާނެ އެވެ. އިމްތިޔާޒްގެ އެންމެ ކާމިޔާބު ލޯބީގެ ފިލްމުތަކުގެ ތެރޭގައި "ޖަބް ވީ މެޓް"، "ހައިވޭ" އަދި "ތަމާޝާ" ފަދަ ފިލްމުތައް ހިމެނެ އެވެ.