ފިނިޕޭޖް

އާއިލާއާއެކު ސައިފް ރާއްޖެ އަތުވެއްޖެ

އާއިލާގެ ގިނަ މެމްބަރުންނާއެކު ސައިފް އަލީ ޚާން ރާއްޖެ އަތުވެއްޖެ އެވެ.

މިއަދު ހެނދުނު އާއިލާއާއެކު ސައިފް ރާއްޖެއާއި ޗުއްޓީ ހޭދަކޮށްލުމަށެވެ. އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ބ އަތޮޅު ސޮނެވާފުށި ރިސޯޓުގަ އެވެ.

ސައިފްއާއެކު އޭނާގެ އަންހެނުން ކަރީނާ ކަޕޫރް ޚާން އާއި ހަގު ދަރިފުޅު ތައިމޫރްވެސް އައިސްފައިވެ އެވެ. ސައިފްގެ ކޮއްކޮ ސޯހާ އަލީ ޚާން އާއި އޭނާގެ ފިރިމީހާ ކުނާލް ކެމޫ އަދި ދަރިފުޅު އިނާޔާ ނައުމީ ކެމޫވެސް ރާއްޖެ އައިސްފައިވެ އެވެ.

ކުނާލް ވަނީ އިސްޓަގުރާމް މެދުވެރިކޮށް ރާއްޖެއައިސް އެމީހުން ނަގާފައިވާ ބައެއް ފޮޓޯތައް އާންމުކޮށްފަ އެވެ.