ދުނިޔެ

ބްރެޒިލްގެ ދެގަރުނުވީ ދާރުލް އާސާރުގައި ރޯވެ އަނދަނީ

Sep 3, 2018

ރިއޯ ޑިޖެނެރޯ (ސެޕްޓެމްބަރު 3) - ބްރެޒިލްގެ ވެރިރަށް ރިއޯ ޑިޖެނެރޯގައި ހުންނަ މައި ދާރުލް އާސާރުގައި ރޯވެ އަނދަމުންދާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިއަހަރު އެ ދާރުލް އާސާރަށް 200 އަހަރު ފުރުން ފާހަގަކޮށްފައިވާއިރު، އެތަނުގައި 20 މިލިއަން އައިޓަމް ހުރި ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އާދީއްތަ ދުވަހުގެ ރޭ އެތަން ބަންދު ކުރި ފަހުން ހިނގި އަލިފާނުގެ ހާދިސާއެއްގައި، ހުޅުގަނޑު މުޅި އިމާރާތަށް މިހާރު ވަނީ ފެތުރިފަ އެވެ. ނަމަވެސް، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށްވެ އެވެ.

އިގުތިސާދީ ގޮތުން ހީނަރުވެފައިވާ ބްރެޒިލްގެ މުއްސަނދި ތާރީހު ރައްކާކުރެވިފައިވާ އިމާރާތް އަނދަމުން ދާއިރު، އެތަނުގެ މަރާމަތަށް ބޭނުންވާ ފައިސާ ނުދެވި އެތަނުގެ ހާލަތު ހުރީ ވަރަށް ދެރަވަރުކޮށްކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.