މެސީ

ރޮނާލްޑޯގެ ބަދަލުން ހައިރާންވި، ރެއާލަށް އަސަރު ކުރާނެ: މެސީ

ރެއާލް މެޑްރިޑް ދޫކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ، ޔުވެންޓަސްއަށް ބަދަލުވުމުން ވަރަށް ބޮޑަށް ހައިރާވި ކަމަށާއި، ރޮނާލްޑޯ ނެތުމުން އޭގެ އަސަރު ރެއާލްއަށް ކުރާނެ ކަމަށް ވާދަވެރި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ރޮނާލްޑޯ އާއި މެސީއަކީ، ވޭތުވެދިޔަ 10 އަހަރު ފުޓްބޯޅަ ނޮމިނޭޝަންގައި އެންމެ ވާދަވެރި ދެ ކުޅުންތެރިންނެވެ. ނަމަވެސް، ރެއާލް ދޫކޮށް ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވުމުން އެ ވާދަވެރިކަން މުޅިން ވަނީ ފަނޑުވެފަ އެވެ. މިދިޔަ ހަފުތާގައި ހޮވި ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް މެސީ ނޮމިނޭޓޭވެފައި ނުވާއިރު، ރޮނާލްޑޯއަށް އެ ވޯޑް ދިފާއު ނުކުރެވުނެވެ. އެހެންވެ އެވޯޑް ހަފުލާތަކުގައިވެސް ރޮނާލްޑޯ އާއި މެސީގެ ވާދަވެރިކަން ފަނޑުވެފައި ވާކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.

"ހަމަ ޔަގީން، އެ ޓީމު [މެޑްރިޑަކީ] ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއް، އެ މީހުންގެ ސްކޮޑުގައި އެބަތިބި ވަރަށް މޮޅު ކުޅުންތެރިންވެސް، ނަމަވެސް ކްރިސްޓިއާނޯ [ރޮނާލްޑޯ] އެ ޓީމުގައި ނެތުމުން ކޮންމެވެސް ވަރަކަށް އެ ޓީމު ބަލިވާނެ،" ރޮނާލްޑޯއާ ވާދަވެރި މެސީ ބުންޏެވެ. "އެކަން (ރޮނާލްޑޯ ބަދަލުވުން) މިހާރު ވާނެ ޔުވެންޓަސްއަކީ ޗެމްޕިއަންސް ލީގް ހޯދުމުގެ ފޭވަރިޓް ކަމަށް، އެ ޓީމުގެ އޭރުގެ ސްކޯޑް ވަރުގަދަ އޭނާ ދިއުމުން މިހާރުގެ ސްކޮޑުވެސް ވަރަށް ވަރުގަދަ،"

"އަހަރެން ހީނުކުރަން އޭނާ މެޑްރިޑް ދޫކޮށްލާފައި ދާނެ ކަމަކަށް، އަދި އަހަރެން ހީ ނުކުރަން އޭނާ ޔުވެންޓަސްއަށް ދާނެ ކަަމަކަށް، އެހެން ބައެއް ކުލަބުތަކުގެ ވާހަކަ މާ ގަދައަށް ދެކެވުނު، ޔުވެންޓަސްއާ ބެހޭގޮތުން އަހަރެން ވާހަކަ އެހީ ވަރަށް މަދުން، އެ ޓީމަކީވެސް ވަރަށް ވަރުގަދަ ޓީމެއް."

މެސީ، 31 ވަނީ މެޗުން ބަލިވުމުން އޭނާއަށް ކުރިމަތިވާ ހިތްދަތި ކަމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. މެޗަކުން ބަލިވެފައި އޮންނައިރު މެސީގެ ފަރާތުން މާޔޫސްކަން ފެނިގެން ދެ އެވެ. އޭނާ ބުނީ އޭނާގެ ފުރަތަމަ ދަރިފުޅު ލިބުނު ހިސާބުން ފެށިގެން އެކަން ކޮންޓްރޯލު ކުރުމަށް ވަރަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް މެޗަކުން ބަލިވެއްޖެނަމަ އޭނާއަށް ވަރަށް ބޮޑަށް މާޔޫސްކަން ކުރިމަތިވާ ކަމަށް މެސީ ބުންޏެވެ.

އޭނާ ބުނީ އުމުރުން 40 އަހަރު ވަންދެން ކުޅެން ގަސްތު ނުކުރާ ކަމަށާއި އަދި ކުޅުން ހުއްޓާލުމަށް ފަހު ކުރާނެ ކަމަކާ ބެހޭގޮތުންވެސް އޭނާ ވިސްނާފައި ނުވާ ކަމަށެވެ.