ވިޔަފާރި

ހުޅުލޭގައި އަލަށް އެޅި ރަންވޭ ދިއްލާލައިިފި

Sep 4, 2018
5

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް އެޅި، ރަންވޭގެ މަސައްކަތް ނިންމައި، ރަންވޭގެ ލައިޓްތައް ދިއްލާލައިފި އެވެ.

ރާއްޖޭގައި ދެކޮޅުގައި "އައިއެލްއެސް އެޕްރޯޗް" ހަރުކޮށްގެން ހެދި ރަންވޭގައި މި މަހު ވަނީ ތާރު އަޅައި ނިންމާލާފަ އެވެ. އަދި އަދި ރަންވޭ ކުރެހުމާއި ލައިޓްހަރުކޮށް މިހާރު ވަނީ ނިމިފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ބޯޓު ފަހަރަށް ޖެއްސޭ "ކޯޑް އެފް" ސްޓޭންޑަޑްގައި ހަދާ އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރ ހުން ރަންވޭ އެކެވެ. އެންމެ ބޮޑެތި ބޯޓު ފަހަރަށް ޖެއްސޭގޮތަށް ފަރުމާކޮށްފައިވާ މި ރަންވޭގެ ބޯމިނުގައި 200 މިލިމީޓަރު ހުންނާނެ އެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ. މި ލޯނު އެއްބަސްވުމުގައި ސޮއިކުރީ 8، ޑިސެމްބަރު 2015 ވަނަ އަހަރު އެވެ. އަދި ރަންވޭ އަޅާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 25، ޖުލައި 2016 ގަ އެވެ. މަސައްކަތް ފައްޓަވައި ދެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ. ރަންވޭ އަޅަން 60 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.

މި ރަންވޭގެ ތަފާތަކީ ކޮބާ؟

މައި އެއާޕޯޓުގެ 30 އަހަރަށްވުރެ ގިނަ ދުވަސްވީ ރަންވޭ ވަނީ "އެކްސްޕަޔާ" ވެފަ އެވެ. އެހެންވެ، އެކި ދުވަސްވަރުގެ މަތިން ރަންވޭ މަރާމާތު ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެހެންވެ، އާ ރަންވޭއެއްގެ މުހިންމުކަން މިހާރުން މިހާރަށްވެސް ރާއްޖެއަށް އޮތީ ބޮޑުވެފަ އެވެ. ސުވާލަކީ އާ ރަންވޭއެއް އަޅައި ހުޅުވާއިރު، މި ރަންވޭއާ ކުރީގެ ރަންވޭގެ ތަފާތަކީ ކޮބައި ހެއްޔެވެ؟

އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާ ވިދާޅުވެފައިވާ ގޮތުގައި އާ ރަންވޭގައި ބޯޓު ޖައްސާ ނަގަން، ހާއްސަ ދެ އިންސްޓޫމަންޓް ލޭންޑިން ސިސްޓަމް (އައިއެލްއެސް) ހަރުކޮށްފައި ހުންނާނެ ކަމަށެވެ. އައިއެލްއެސް ދެ ކޮޅުގައި ހަރުކުރުމުން މޫސުން ގޯސްވާ ދުވަސްވަރު ޖައްސައި ނެގުމާއި ރަންވޭގެ ދެކޮޅުން ބޯޓު ޖައްސަައި ނަގަަން ފަސޭހަ ވެގެންދާނެ އެވެ.

"މި ރަންވޭގައި ދެކޮޅުގައިވެސް އައިއެލްއެސް ބޭނުން ކުރެވިގެންދާނެ. މީގެ ސަބަބުން ކުރީ ރަންވޭ އަށް ވުރެން ވެސް ފުރިހަމަ ވެގެންދާނެ،" އާދިލް ވިދާޅުވި އެވެ.

އައިއެލްއެސް ދެ ކޮޅުގައި ހަރުކުރުމުން މޫސުން ގޯސްވާ ދުވަސްވަރު ޖައްސައި ނެގުމާއި ރަންވޭގެ ދެކޮޅުން ބޯޓު ޖައްސަައި ނަގަަން ފަސޭހަ ވެގެންދާނެ އެވެ. ދެން އޮތީ ފްލައިޓްގެ ޑިލޭ އާއި ނައްޓާލާ ގަޑި އަވަސްވުމެވެ. މިހާރު އާއްމު ގޮތެއްގައި 10 މިނެޓާއި 12 މިނެޓު ވަރު ފްލައިޓް ނައްޓާލުމުގެ ކުރިން ޖާގަ ނުލިބިގެން ކިޔޫގައި މަޑު ކުރަން ޖެހެ އެވެ.

މޯލްޑިވިއަންގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ޕައިލެޓެއް ކަމަށްވާ މުހައްމަދު ރަނޭޝް (ރަނޭ) އަވަސްއަށް ވިދާޅުވެފައިވާ ގޮތުގައި އައިއެލްއެސް އެޕްރޯޗެއް އާރަންވޭގައި އޮތުމުން ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ.

"ވިއްސާރަ ދުވަސް ދުވަހު ޖައްސަން އިތުރު ފަސޭހައެއް އާ ރަންވޭ ބޭނުން ކުރަން ފެށުމުން ލިބިގެން ދާނެ. އޭރުން ވިއްސާރަ ދުވަސް ދުވަހު ވެސް ޑިލޭތައް މަދު ވާނެ. މޯލްޑިވިއަން އަށް ބަލާނަމަ އާ ރަންވޭގެ ސަބަބުން ހަތަރު ގަޑިއިރު ސަލާމް ވެގެން ދާނެ. މި ސަލާމަތް ވަނީ ހަތަރު ގަޑިއިރުގެ ޑިލޭއެއް. މޯލްޑިވިއަންގެ ޑިލޭ އަށް ވެސް ބޮޑު ހައްލެއް ލިބިގެން ދާނެ،" ރަނޭ
ވިދާޅުވި އެވެ.