ސާފް ސުޒުކީ ކަޕް

ސާފް ޗެމްޕިއަންޝިޕް ހުރިހާ މެޗެއް ދިރާގު ޓީވީން

ބަނގުލަދޭޝްގައި މިއަދު ފަށާ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ސާފް ސުޒުކީ ކަޕް ހުރިހާ މެޗެއް ދިރާގު ޓީވީން ދައްކާނެ ކަމަށް ދިރާގުން ބުނެފި އެވެ.

ސަރހައްދީ ހަތް ގައުމު ބައިވެރިވާ މުބާރާތުގެ ފުރަތަމަ މެޗު ފަށަނީ ރާއްޖޭ ގަޑިން މިއަދު 3:00 ގަ އެވެ. އެ މެޗުގައި ވާދަ ކުރާނީ ޕާކިސްތާނާއި ނޭޕާލެވެ. ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ދައްކާނީ ދިރާގު ޓިވީގެ 106 ނަންބަރު ޗެނަލު، (ޑީ ސްޕޯޓްސް) އިން އެވެ.

ދިރާގު ޓީވީ އެޕް މެދުވެރިކޮށް ސާފް ޗެމްޕިއަންޝިޕް 2018 ބައްލަވަން ބޭނުން ފުޅުވެލައްވާނަމަ ދިރާގު ޓީވީ އެޕްގައި ޔޫސާނޭމް އާއި ޕާސްވޯޑަށް "play" ޖެއްސަވައިގެން ބައްލަވާލެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

މިއަދު ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ދެ ވަނަ މެޗުގައި ރާއްޖޭގަޑިން ހަވީރު 6:00 ގައި ބަނގުލަދޭޝް ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ރާއްޖެ ހިމެނޭ މުބާރާތުގެ ގުރޫޕް ބީ ގެ މެޗުތައް މާދަމާ ފަށާނެ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ނިކުންނާނީ ލަންކާއާ ދެކޮޅަށެވެ.

ދިރާގު ޓީވީން ވަނީ މި އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑްކަޕް މެޗުތައްވެސް ވަގުތުން ދުރަށް ދައްކާފަ އެވެ. މާލޭގެ އިތުރުން ރާއްޖޭގެ 41 ރަށުގައި ދިރާގު ޓީވީ ހިދުމަތް ދެ އެވެ.

ދިރާގު ޓީވީގެ އިންޓްރޯ ޕެކޭޖުގެ އަގަކީ މަހަކު އެންމެ 300 ރުފިޔާ އެވެ. މި ޕެކްޖްގައި 60 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭ އިރު މީގެ ތެރޭގައި 4ކޭ ޗެނަލް ވެސް ހިމެނޭއެވެ.