ސާފް ޗެމްޕިއަންޝިޕް

ފުރަތަމަ ފަހަރަށް ނޭޕާލް ފައިނަލަށް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ބައްދަލުކުރާ ނޭޕާލް ޓީމު --ފޮޓޯ: އުރީދޫ
50%
50%
0%

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އާއި އެއްވަރުކޮށް ނޭޕާލުން މުބާރާތުގެ ފައިނަލުގެ ޖާގަ ފުރަތަމަ ފަހަރަށް ކަށަވަރު ކޮށްފި އެވެ.

މިއަދު ހަވީރު ނޭޕާލާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުން ނިމުނީ 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.

މިއީ ނޭޕާލުން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުޅުނު 12 މުބާރާތުގައި ވެސް އެޓީމަށް ފައިނަލަށް ދަތުރު ކުރެވިފައެއް ނުވެ އެވެ.

ނޭޕާލަށް ފައިނަލުގެ ޖާގަ ކަށަވަރުވީ ހަތް ޕޮއިންޓާއި އެކު އެވެ. މި މެޗުން މޮޅުވެގެން ނޫން ގޮތަކަށް ބަންގްލަދޭޝަށް ފައިނަލަށް ދެވެން ނެތް އިރު އެއްވަރު ކޮށްގެން ވެސް ނޭޕާލަށް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތެވެ. އެޓީމުން ވަނީ އޭގެ ބޭނުން ވަރަށް ރަނގަޅަށް ހިފާފަ އެވެ.

ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުން ދަނޑަށް ވަދެ ކުރަމުންދިޔަ ސަޕޯޓުން ހިތްވަރު ހޯދައި އެޓީމުން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ ނުވަ ވަނަ މިނެޓުގަ އެވެ. މި ގޯލަކީ ޖަމާލް ނަގައިދިން ހިލޭ ޖެހުމެއް ބޮލުން ޖަހައި ގޯލަށް ވައްދާލައިގެން ސުމަން ރިޒާ ކާމިޔާބު ކޮށްދިން ގޯލެކެވެ.

އޭގެ އިރުކޮޅެއް ފަހުން ނަތީޖާ ހަމަހަމަ ކުރަން ނޭޕާލުގެ ރޯހިތު ޗާންދަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ. ފުރަތަމަ ހާފު ނިމެނިކޮށް އަޔޫޝް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މި މެޗުގެ 78 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ކީޕަރަށް ރަތް ކާޑު ދެއްކުމާއި އެކު މެޗުގެ އޮއެވަރު ބަދަލުވެގެން ދިޔަ އެވެ. އޭނާއަށް ރަތް ކާޑު ދެއްކީ އޭރިއާ ބޭރުން ބޯޅައިގައި އަތް ލުމުންނެވެ.

ނޭޕާލުން ގޯލު ޖެހީ ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައި އެޓީމު ކުޅުންތެރިއަކަށް ބަންގްލަދޭޝް އޭރިއާ ތެރެއިން ބަންގްލަދޭޝް ކުޅުންތެރިއެއް ފައުލް ކުރުމުން ލިބުނު ޕެނަލްޓީ އަކުންނެވެ. މި ގޯލު ނޭޕާލަށް ޖަހައިދިނީ އަންޖަން ބިސްޓާ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުުގެ ފަހު މެޗުގައި މިރޭ ނުވައެއް ޖަހާއިރު ބައްދަލު ކުރާނީ ރާއްޖެ އާއި އިންޑިއާ އެވެ. އިންޑިއާއަށް ފައިނަލަށް ދެވޭނީ މި މެޗުން މޮޅު ވެގެންނެވެ. ރާއްޖެއިން މި މެޗުގައި މޮޅު ނުވަތަ އެއްވަރު ކޮށްގެން ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކަމޯންއިން

ނޭޕާލު ފައިނަލަށް ދިއުން އެއީ ދިވެހިގައުމީ ޓީމަށް ރަނގަޅު ފާލެކޭ އެއިން އަންގާދެނީ މިރޭ ގައުމީ ޓީމް ބައްދަލުކުރާ މެޗުން ޖެހޭނެއޭ ގައުމީ ޓީމް މޮޅުވާން މަރަށް ފުރާނައަށޭ ކުޅެން ޖެހޭނީ ދިވެހި ގައުމުގެ މިނިވަން ކަން ދިފާއު ކޮށް ދެމެހެއްޓުމަށް ޓަކައި އެބަޖެހޭ ގައުމީ ޓީމް އިންޑިއާ ކޮޅަށް 5 ލަނޑު ތަޅާލަން ދިވެހިގައުމީ ޓީމް ޖެހޭނީ މިރޭ މޮޅުވާށޭ ލެޓްސް ގޯ ކުދިންނޭ ދަނޑަށް ކަމޯން އެވްރީ ބޮޑީ އެވްރީ ބޮޑީ ސްޓެޕް އަޕް ފާސްޓް ގެޓް އަޕް ޕުޓް ޔުއަރ ހޭންޑްސް އިން ދި އެއަރ އެން ސަޕޯރޓް ދަ ނެޝަނަލް ޓީމް...

May
SunMonTueWedThuFriSat
27282930123456789101112131415161718192021222324252627282930311234567