އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާ =ބެހޭ ގޮތުން ޝޭހް އިލްޔާސް ހުސެއިން ދެއްކެވި ވާހަކަތަކަކާ ގުޅިގެން، އެ މައްސަލައިގައި އޭނާއާ ސުވާލު ކުރުމަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ފުލުހުން އޭނާއަށް އަންގައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވެފައި ވަނީ އަފްރާޝީމްގެ މަރާ ގުޅުން ހުރި، ނުވަ ގަތުލެއް މިހާތަނަށް ރާއްޖޭގައި ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެ ތުހުމަތުތައް ކުރެވޭ އިރު ފުލުހުން އެ ކަންކަން ތަހުގީގު ނުކޮށް އަދި އެކަންކަމަށް އެދެވޭ ޖަވާބެއް ނުދެވި އޮތީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވި އެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އަފްރާޝިމްގެ މަރާ ގުޅޭ ގޮތުން އެފަދަ މައުލޫމާތެއް ފުލުހުންގެ ތަހުގީގަށް މިހާތަނަށް ވެސް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި އިލްޔާސްއާ ސުވާލު ކުރުމަށް އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ. ތަފްސީލް އަންނަނީ..