ވިޔަފާރި

ނަސަންދުރަ ތަރައްގީ ކުރާ ކުންފުނިން ރާއްޖޭގައި ރިސޯޓެއް ހުޅުވަނީ

Sep 6, 2018

ނަސަންދުރަ ތަރައްގީ ކުރާ ސްރީލަންކާގެ ލަންކާގެ ބްރައުން ގްރޫޕުން ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރަމުންދާ ކަމަށް ބުނެފި އެވެ.

ސްރީލަންކާގެ ބައެއްނޫސް ތަކުގައިވާ ގޮތުން ލަންކާގެ އެލްއޯސީ ކުންފުނީގެ މައި ހިއްސާ އޮންނަ ބްރައުން އިވެންޓްމަންޓުގެ މައި ހިއްސާ އޮންނަ ބްރުން ހޮޓެލް އެންޑް ރިސޯޓް ކުންފުނިންނެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މާމިިގިލި އެއާޕޯޓު ކައިރީގައި އޮންނަ ބޮޑުފަރުފިނޮޅުގައި ދަނީ ރިސޯޓެއް ތަރައްގީ ކުރަމުންނެވެ. ފަސް ހެކްޓަރުގެ ބޮޑުފަރުފިނޮޅުގައި ތަރައްގީ ކުރަމުން ގެންދަނީ 100 ކޮޓަރީގެ ރިސޯޓެއް ކަމަށް ބުނެފައިވެ އެވެ.

ސްރީލަންކާގެ ބްރައުން އިންވެސްޓްމަންޓަކީ ސްރީލަންކާގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމަށް އިންވެސްޓްކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ހަ ޕްރޮޕަޓީއެއް ހިންގަމުން ގެންދެ އެވެ.