ބޮލީވުޑް

ދިލިޕް ކުމާރް ހޮސްޕިޓަލުގައި ބާއްވައިފި

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ދިލިޕް ކުމާރުގެ ހާލު ދެރަވެގެން، ހޮސްޕިޓަލުގައި ބާއްވައިފި އެވެ.

މުމްބާއީގެ ހޮސްޕިޓަލެއްގައި ދިލިޕް 95، ބާއްވައިފައިވާކަން އޭނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ ހޮސްޕިޓަލުގައި ބޭއްވީ މޭގައި އިންފެލްޝަނެއް އުފެދިގެން، މީހާގެ ހާލު ވަރަށް ދެރަވެގެންކަމަށް އާއިލާއިން ބުންޏެވެ.

ބޮލީވުޑްގެ "ޓްރެޖެޑީ ކިންގް" ގެ ގޮތުގައި މަޝްހޫރުވެފައި ދިލިޕް، ގާތްގަނޑަކަށް 60 އަހަރުވަންދެން ފިލްމީ ދާއިރާގައި މަސައްކަތްކޮށްފައިވެ އެވެ. އޭނާ ވަނީ 65 އަށް ވުރެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އޭނާގެ އެންމެ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "ދޭވްދާސް" (1955)، "މުގަލް އޭ އާޒަމް" (1960) އަދި "ގަންގާ ޖަމުނާ" (1961) ހިމެނެ އެވެ.

ދިިލިޕް އެންމެފަހުން ފެނިގެންދިޔައީ 1998 ގައި ނިކުތް ފިލްމު "ގިލާ" އިންނެވެ. އޭނާއަށް 1994 ވަނަ އަހަރު ދާދާސާހެބް ޕަލްކޭ އެވޯޑު ލިބިފައިވެ އެވެ. އަދި 2015 ވަނަ އަހަރު ޕަދްމާ ވިބުޝަން އެވޯޑުވެސް ލިބިފައިވެ އެވެ.